ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރި އިބްރާހިމް މަފާޒް.
27 މާޗް 2024 - 10:57
މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް، އެ އިދާރާ އަށް މިދިޔަ 27 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ އިބްރާހިމް މަފާޒް އިއްޔެ އައްޔަންކޮށްފި އެވެ.
މަފާޒް އަކީ މި ސަރުކާރުން ކަސްޓަމްސް އަށް އައްޔަންކުރި ހަތަރު ވަނަ ޑެޕިއުޓީ ކޮމިޝަނަރެވެ.
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަފާޒް އައްޔަންކުރައްވާފައިވާ ކަމަށެވެ.
މަފާޒް ވަނީ އޮސްޓްރޭލިއާގެ ކެންބެރާ ޔުނިވާސިޓީން ކަސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވައިފަ އެވެ.
އޭނާ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެއްގެ މަގާމުގަ އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ދެން ތިއްބަވަނީ ފާތިމަތު ދިޔާނާ އާއި އަބްދުﷲ ވަހީދު އަދި މަހުމޫދު ރިޔާޒެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިމާލް މުހައްމަދު
28 March 2024
މަރުހަބާ އިބްރާހިމް މަފާޒް. ގާބިލް ބޭފުޅެއް.
އަހަންމަދާ
27 March 2024
މި ބޭފުޅަ ރަނގަޅި ބޮޑެތި ބޯޓްތަކުގެ ކެޕްޓަން ކަން ކުރަން ވަރަށް ފާދު އެބަހުރި އެކަމުގައި. ސޮރީ އެއްޗެސް ހީފުޅު ނުކުރައްވާތި.
ބޮކި
27 March 2024
އަމާޒަށް ލާހޫރެނީ.....
ތިމާވެށި
27 March 2024
ވޯޓަށް ސިޔާސީ މަގާމް ތައް ގިނ ކުރީމަ ލިބޭ ވޯޓް ވެސް ގިނަ ވާނެ ކަމަށް ބަލާފަ އެވެ.
ވާވާ
27 March 2024
ޑެޕިއޓިންގެ ރާއްޖެދޯ!
ދޭވާނީ
27 March 2024
މިދާ މިސްރާބު ހަމަ މަގަށް އަޅުވަން މަޖިލީހުގެ ވޯޓް ވަރަށް މުހިއްމެވެ.
ޖެއްސު
27 March 2024
އެމްޑީޕީން 5 އަހަރު މަޖިލިހާ ހުރިހާ ބާރަކާ އެއްކޮއް މުޅިދައުލަތުން ކޮރަޕްސަން ހިންގީ އެހެންވެ ލިބޭ އެއްޗަކުން ނުވެގެން ރުފިޔާ ޖަހާ ލޯނުނަގާ ވަނީ ހުސްކޮއްލާފަ. ރިޔާސީ އިންތިހާބުގަވަނީ ރިސްވަތުވަޒީފާ އާ ރިސްވަތު ބެހީ ހުވާވެސް ކުރުވާފަ. މިއީ ހަގީގަތަކީ. އެމިސްރާބު ބޭނުންތޯ
ވަލީދުޖ
27 March 2024
މި ބޭފުޅުންނަށް ވަޒީފާ ދެއްވުމާއެކު ކުލަތައް ބަރިބަރިއަށް އަރައިގެން މިދަނީ ކިހިނެތްބާ؟ މިއީ ޚިދުމަތެއް ކުރިޔަސް ނުކުރިޔަސް ލިބޭ އެއްޗެއްތޯ؟
މުއީނާ
27 March 2024
އެއީ ކުރިންވެސް ވަޒީފާ އަދާ ކުރަމުންދިޔަ މީހެއް މަގާމު ކުރިއެރުން ލިބުނީ
ފޮނިޓައްޕު ހަސަނު
27 March 2024
ލޯންޗު ފަހަރު ގެންގުޅޭ މީހުން ލޯންޗުގެ ސްޕީޑު މަތިކުރަން އިންޖީނު އިތުރު ކުރަމުން ގޮސް މިހާރު އެބަ ގެންގުޅޭ 5 އައުޓްބޯޑު އިންޖީނު އެޅި ލޯންޗު ވެސް ހަމަ އެގޮތަށް ކަސްޓަމްސްގެ ވެސް ޑެޕިއުޓީން އިތުރުކުރިވަރަކަށް ކަސްޓަމްސްގެ ސްޕީޑު ރަނގަޅުވާނެ ކަން ޔަގީން.
އިލި
27 March 2024
ހާދަ ކޮށި ވިސްނުމެއްގެ ވެރިޔެކޭ ދޯ މީ
މީހެއް2024
27 March 2024
ސާބާހޭ ސީދާ މުޢީޒް ސްޕީޑްގައި ދެން ކަސްޓަމްސްވެސް ހިންގާނީ، މިއީ އެންމެ މަތި ލުއި ސަރުކާރު، ސިޔާސީ މަޤާމްތައް އެހާމެ މަދު، މަދު ކަމުން ދެން ގެންނަންވީ އެތަންތަނަށްވެސް އިންޑިއަރ މީހުން، މިހާރު ދިވެހިން ގިނާން ތިބީ ޔޫރަޕްގައި ، ދުބާއީގައި ބޭސްފަރުވާއަށްގޮސް، މަވެސް މި ނައްޓާލަނީ ތުރުކީއަށް ޕްލާސްޓިކް ސާރޖަރީއެއް ހަދާލަން.
ގުއިޒު
27 March 2024
އިތުރު 2 ކޮމިޝަނަރުންވެސް ލާންވީނު
ހަމަދު
27 March 2024
ވަޒީފާގެ ކުރިއެރުން ދިނަކަސް އެއީ މައްސަލައެއް ނޫން އަދި ބެސް 1200 އާ 300. މަދުވާނީ 300
ޙައް ހާ
27 March 2024
ޙުވާ ތެދެއް ތީ