މިނިސްޓަރު އައިޝަތު ޝިހާމް: ޔޫއޭއީއަށް އާސަންދަ ފުޅާކުރިޔަސް ހިދުމަތް ލިބޭ މީހުންގެ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި.
27 މާޗް 2024 - 12:10
ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާގެ ހިދުމަތް ދޭ، އެކަމަކު ސިއްހީ ހިދުމަތުގެ އަގު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާކުރިޔަސް ހިދުމަތް ލިބޭ މީހުންގެ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރޮޒައިނާ ސުވާލުކުރީ ދެ ގައުމުން ލިބޭ ހިދުމަތްތަކުގެ ތަފްސީލް ހޯދާށެވެ. އަދި އިންޑިއާ އިން ހޯދާ ހިދުމަތްތަކުގެ އަގަށް ވުރެ ބޮޑުކޮށް ހިދުމަތް ހޯދަން ނިންމާފައިވޭތޯ އާއި އެހެންކަމަށްވާ ނަމަ ހިދުމަތް ލިބޭ މީހުންގެ އަދަދު މަދުވެދާނެތޯ ވެސް އޭނާ އެއްސެވި އެވެ.
އާސަންދައާ ގުޅޭ ގޮތުން މެންބަރު ރޮޒައިނާ މިނިސްޓަރާ ސުވާލުކުރައްވަނީ -- ފޮޓޯ: މަޖިލިސް
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރަށް އާސަންދައަށް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން މެނޭޖުކުރެވޭނެ ގޮތަށް މި ސިޔާސަތު އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ބަދަލާ އެކު ހިދުމަތްދޭނެ މޮޑެލްތަކާއި ކަވަރު ކުރާނެ ހިދުމަތްތަކާއި ހަރަދު ހަމަޖައްސާނެ ގޮތް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މި ކަންކަން ނިމުނުހާ އަވަހަކަށް އާންމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހިދުމަތް ދެވޭ މީހުންގެ އަދަދު އެއް ގޮތަކަށް ވެސް އުނި ނުވާނެ ގޮތަށް އަނެއްކާ ވެސް މިހާރު އެ ލިބޭ ފެންވަރު ވެސް އުނި ނުވާނެ ގޮތަށް ހިދުމަތް ދެވޭނެ ކަމަށް ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ބަދަލު ގެނައުމަށް މަސައްކަތް ކުރަނީ މިހާރު އާސަންދަ ނިޒާމުގެ ތެރެއިން އިސްރާފުވަމުން އަންނަ ހަރަދުތައް ކުޑަކޮށް، ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ.
މިނިސްޓަރުގެ ސުވާލާ ގުޅިގެން ގިނަ މެންބަރުން ވަނީ މި ދެ ގައުމަށް ބޭސްފަރުވާއަށް ދެވެން ފަށާނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ. ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ ދެން ބަދަލު ކުރަން ނުޖެހޭނެ ފަދަ ސަސްޓެއިނަބަލް ނިޒާމެއް ގާއިމް ކުރުމަށެވެ. ވީ އެންމެ އަވަހަކަށް އެ ތަފްސީލްތައް އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާސަންދަ ހިދުމަތް ފުޅާކުރައްވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. ސަރުކާރުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު، އާސަންދައަކީ "ހަމައެކަނި ވަކި ދިމާއެއްގައި" އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ އަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
27 March 2024
ކިތަންމެ ބޮޑު ބައްޔެއްވެގެން އެމެޖެންސީކޮށް ރާއްޖެއިން ބޭރަށް ފުރަންޖެހުނަސް ހުރުމާ ކެއުން ހަމަޖައްސަންޖެހެނީ ސަލާންޖަހައިގެން. އެކަމަކު އަގުބޮޑު އައިވީއެފް ހެދޭ.
ޓިނު
27 March 2024
ވޯޓާއެކު ތި އާސަންދަވެސް ނިމޭނެ
ހުސައިން803
27 March 2024
އިންޑިޔާގެ އަސްލުމަޤުސަދު މިއަދުމިވަނީ ދިވެހިންނަށް އެގިފައެވެ. ދިވެހިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ބާރުވެރިކަމުގައި ތިބޭބަޔަކަށްވާންޖެހެއެވެ. ހުރިހާ ކަމެއްގައި ހަމައެކަނި އިންޑިޔާއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހެއެވެ. އައިލަވް ޖީއެމްއާރު ޖަހައިގެންވެސް ޓީސާޓްލައި އުޅުނީވެސް ހަމަ އަހަރެމެންގެ ތެރެއިން ދިވެހިންނެވެ.
ކޮރަލް
27 March 2024
އާސަންދަ އަކީ ކުދި އަދި މެދު ފަންތީގެ މީހުންނަށް ލިބެން ޖެހޭ އެއްޗެކެވެ. އެއީ މުއްސަނދިންނަށް ދޭންޖެހޭ އެއްޗެއް ނޫނެވެ. ދެ އިންޝޫރަންސް ޕޮލިސީ އޮންނަ މީހުންނަށް އާސަންދަ ކަނޑާލަން ވީ އެވެ. ސަރުކާރުން އާސަންދަ ދޭން ބޭނުންވަނީ މަހުޖަނުންނަކަށް ނޫނެވެ. އޭގެ ބޭނުން ޖެހިފައިވާ މީހުންނަށެވެ. މަޖްލިސް މީހުންނަށް މިހާރު ވެސް އަގުބޮޑުކޮށްބޭސްކުރެވޭ އިންޝޫރަންސް ޕޮލިސީ އެއް އޮއްވަ އަދި އާސަންދަ ވެސް ދީފަ އެވެ.
ޑރ. ރާމީ ޙަސަން މަނިކު ޕީ.އެން.އެފް
27 March 2024
ބެންކޮކް އަށާއި ދުބާއީ އަށް "އާސަންދަ" ގެ ދަށުން ފޮނުވާނެ ވާހަކަ މުޢިއްޒު ވިދާޅުވި. ބެންކޮކް އަދި ދުބާއީ ގެ ހޮސްޕިޓަލް ތަކުގެ އަގު މުޢިއްޒަށް އެނގިވަޑައި-ނުގަތް މިކަހަލަ ވާހަކަ ދައްކަވާ-ކަށް ނުވާނެ! ނެޓު ގަ ވެސް އެހެރީ އަގުތައް. މިއީ "އާސަންދަ" އަށް، "އަތް-ފޯރާނެ" އަގު ތަކެއް ނޫން. މިކަހަލަ ވާހަކަ މުޢިއްޒު ދެއްކެވީމަ، ވެއްޓޭނީ އަގު!
މޯޑް
27 March 2024
ހޮޅިވާހަކަ ނުދަށްކާ ވައުދު ފުއްދަބަލަ.
ފޫނު
27 March 2024
އެބަކުރަމުންދޭ 3 މަހުން އަދި މިހާތަނަކައް އެއްވެސް ސަރުކާރަކައް ނުވާވަރު އެބަ ކުރޭ. އެމްޑީޕީގެ 100 ދުވަހުގެ ވައުދު ވެސް ވަނީ ނުފުއްދި 5 އަހަރު ނިމުނުއުރު. ބަލަން އުޅޭ ބަޔަކައް ފެންނާނީ. ވަކި ކޮޅަކައް ނުޖެހި ބެލީމަ ފެންނާނީ
ވާހިދުބެ
27 March 2024
ހިދުމަތް ފުޅާވަނީ އާއުސްމިންތަކާއެކު. ޢައިޖީއެމްއެޗެ އީއެންޓީ 14 ނަންބަރު ބެޑްގާއޮތް ޕޭޝަންޓު ހިރިނުލެވޭ ނުމެއްކެވޭ ފާހާނާނުކުރެވޭ 7 ދުވަސް ވާގޮތެއް ނޭނގޭ. ތަދުކަނޑުވާ އިންޖެކްޝަން ޖަހަޖަހާ ތިބެނީ. ބޭރަށް ފޮނުވާކަށް ނޫޅޭ. މެމްބަރެއް ނުބުނާތީ.
މުއީނާ
27 March 2024
މިއޮއްފަދަ ރޯދަމަހު ދޮގު ނުހަދާ ތިވަރުކަމެއް ވާނަމަ ނޫސްތަކުގައާ ހުރިހާ އެއްޗަކުން ފެންނާނެ މިހާރު. ސިޔާސީ މަންފާއައް ރޯދަމަހު ދޮގުހެދުން ރަނގަޅެއް ނުވާނެ
އަލިހާޖީ
27 March 2024
މި މަޖިލިހުގަ މިތިބީ އަޅެ އިންޑިއާ ރައްޔަތުންތަ؟ ހީވަނީ މި މީހުން ރާއްޖެއާއި ރާއްޖޭގެ ރައްޔަތުންނަށް ވުރެ އިންޑިއާ ދެކެ ލޯބިވާހެން.
ގަމާރ
27 March 2024
މުސްކުޅިނަބުނެ އުޅޭ އެކަކުންޔެއްގެ ވަރަކުންނޭ އެކަކުންޔެއް ހަރުކޮަންނާނީ އަދި ދައުލަތުގެ ބަޖެޓުގާ އެހާ ފަންވަރެއްނެތް އަގުބޮޮޑެތި ތަންތަނުން ހިތުމަތްހޯދާހާ
މިޔާމީ
27 March 2024
އެމީހުން ފޮނުވަންވީ އިންޑިޔާގެ ސްޓޭޓަކައް ވެރިކަން ކުރަން އޭރުން ރަނގަޅުވާނެ