ސިމްޑީގެ ތިން ވަނަ ހަފްތާގެ ގުރުއަތުން އިނާމުތައް ލިބުނު ފަރާތްތައް. -- ފޮޓޯ: ސިމްޑީ
01 އެޕްރީލް 2024 - 14:13
ސިމްޑީގެ ފިހާރަތަކުގައި މިހާރު ކުރިއަށްދާ ރޯދަ ޕްރޮމޯޝަނުގެ ތިން ވަނަ ހަފްތާގެ ގުރުއަތު ނަގައި، ނަސީބުވެރިންނަށް އިނާމުތައް ދީފި އެވެ.
އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ރޯދަ މަހުގެ ހަތަރު ހަފްތާއަށް ތިން އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. ތިން ވަނަ ހަފްތާގައި ހޮވި ލަކީޑްރޯއިން އެއް ވަނައަށް ހޮވުނު ނަސީބުވެރިޔާ އަށް ލިބުނީ ސްޓިކް ވެކިއުމް އަކާއި ހޭންޑް ވެކިއުމްއެއް ހިމެނޭ ގޮތަށް އިލެކްޓްރޮލަކްސްގެ ހޯމްއެޕްލަޔަންސް ކްލީނިން ބަންޑަލްއެކެވެ. ދެ ވަނަ އަށް ހޮވުނު ފަރާތަށް ލިބުނީ ކެނޮން ޖީއެކްސް 6070 އިންކް ޖެޓް ޕްރިންޓަރެކެވެ. އަދި ތިން ވަނަ އަށް ހޮވުނު ފަރާތަށް ލިބުނީ އެކި ވައްތަރުތަކުގެ އެކި ފްލޭވާތައް ހިމެނޭ ދިލްމާ ޓީ ބަންޑްލްއެކެވެ.
މި ޕްރޮމޯޝަނުގައި ކުރިއަށް އޮތް ހަފްތާއަށް ހުށަހަޅާފައި ވަނީ އެއް ވަނަ އިނާމަކަށް ގޭތެރެއަށް ބޭނުންވާ ޕްރޮޑަކްޓުތަކާއި ކާބޯތަކެތި އަދި ޕާސަނަލް ކެއާގެ ޕްރޮޑަކްޓުތައް ހިމެނޭ ސިމްޑީގެ ސީޕީޑީ ބަންޑްލްއެކެވެ. ދެ ވަނަ އަށް ލެނޯވޯ ބްރޭންޑްގެ އެމް10 ޓެބްލެޓެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ރިންކް ރެސިޕީ ފޮތަކާ އެކު އިލޮކްޓްރޮލަކްސްގެ ބްލެންޑަރަކާއި މޮނިން، ސިރަޕް، ޕިއުރީޒް، ސިރަޕް އަދި ފްރެޕްސް ހިމެނޭ ބަންޑަލްއެކެވެ.
މި ޕްރޮމޯޝަނުގެ އެންމެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ އެއް ލައްކަ ރުފިޔާ އެވެ.
މި ޕްރޮމޯޝަނަކީ ސިމްޑީގެ ފިހާރަތަކުންނާއި މޮބައިލް އެޕް މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް ހޫނު ތަރުހީބެއް ލިބެމުންދާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy