04 އެޕްރީލް 2024 - 06:47
މެޑްރިޑް (އޭޕްރީލް 4) – ކޮރަޕްޝަންގެ ތުހުމަތުގައި، ސްޕޭންގެ އެފްއޭގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް ހައްޔަރުކޮށްފި އެވެ.
މެޑްރިޑްގެ އެއާޕޯޓުން އޭނާ އިއްޔެ ހައްޔަރު ކުރީ ގައުމުން ބޭރަށް ކުރި ދަތުރަށް ފަހު އެނބުރި ސްޕޭނަށް ދިޔަ ތަނުންނެވެ. އޭނާގެ އެނބުރި ދިޔައީ ޑޮމިނިކަން ރިޕަބްލިކަށް ކުރި ދަތުރަށް ފަހު އެވެ.
ރުބިއަލެސްގެ މައްޗަށް ތުހުމަތު ކުރެވެނީ، ސްޕެނިޝް ސުޕަ ކަޕް ސައުދީ އަރަބިއާގައި ބާއްވަން ނިންމުމުގައި ކޮމިޝަނުގެ ގޮތުގައި އަމިއްލަ ބޭނުމަށް ފައިސާ ނަގާފައިވާ މައްސަލަ އެވެ.
އެކަމަކު އެ ތުހުމަތުތައް، މިހާރު ވެސް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ރުބިއަލެސް ދޮގު ކުރެ އެވެ.
ސްޕޭންގެ ސިވިލް ގާޑްގެ ކަޅު ވޭނަކަށް ރުބިއަލެސް އަރުވާ މަންޒަރުގެ ވީޑިއޯ ސްޕޭނުގެ މީޑީއާތަކުން ދަނީ ދައުރު ކުރަމުންނެވެ. އޭނާ އާ ސުވާލު ކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ސްޕޭންގެ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ ޖެނީ ހާމޯސޯ އަށް ބޮސް ދިން މައްސަލާގައި ދެ އަހަރާ ބައިގެ މުއްދަތަކަށް ޖަލު ހުކުމެއް ޖަހައި ދިނުމަށް ސްޕޭންގެ ޕްރޮސިކިއުޓަރުން ވަނީ ކޯޓްގައި އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy