އެމްޓީސީސީއިން ހެދި ފެންއަރުވާ ވަޑާން. އެތަން ވަނީ އަލުން މަރާމާތުކޮށް ބޭނުން ކުރަން ފަށާފައި -- ފޮޓޯ: އެމްޓީސީސީ
09 އެޕްރީލް 2024 - 19:47
ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން މަރާމާތުކޮށް، ރޭ އަލުން ބޭނުންކުރަން ފެށީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ މައިދާނުގައި ހެދި ފެންއަރުވާ ވަޑާން ނުވަތަ "ޖުމްހޫރީ ފަށްވާރާ" ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން މި ހުޅުއްވައި ދެއްވީ އެ ތަން ބޭނުން ނުކުރާތާ ވަރަށް ގިނަ ދުވަސް ވީ ފަހުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ތަނާ އެއްވެސް ވަރަކަށް އަޅައެއް ނުލައި އޮތީ ދޫކޮށްލައިފަ އެވެ. އެހެންވެ، އަލުން އެ ތަން ބޭނުންކުރަން ފެށީ ވެސް މަރާމާތުތަކަކަށް ފަހު އެވެ.
އެމްޓީސީސީ އިން ބުނީ، ފެންއަރުވާ ވަޑާން މަރާމާތު މަރާމާތު ކުރުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. ވީރާނާވަމުން ދިޔަ ފެންއަރުވާ ވަޑާން ރައީސް މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތުކޮށް، މާދަމާ ފާހަގަކުރާ ކުޑަ އީދަށް އެތަން އަލުން ހުޅުވުމުގެ މަސައްކަތް އެމްޓީސީސީ އިން ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އެމްޓީސީސީއިން ހެދި ފެންއަރުވާ ވަޑާން. އެތަން އަލުން މަރާމާތު ކުރަން މަހެއްހާ ދުވަސް ނެގި -- ފޮޓޯ: އެމްޓީސީސީ
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށް ފުރަތަމަ ހުޅުވުނީ 2015 ވަނަ އަހަރު ފާހަގަކުރި "މިނިވަން 50" މުނާސަބަތާއި ގުޅިގެންނެވެ. އެތަން ޑިޒައިން ކުރުމުގައި އިސްދައުރެއް އަދާކުރެއްވީ މިހާރުގެ ރައީސް އަދި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒެވެ. ފެންއަރުވާ ވަޑާން ޑިޒައިންކުރީ ރާއްޖޭގައި ކުރީ ޒަމާނުގެ ރަސްރަސްކަލުން ފެންވަރުމަށް ބޭނުންކުރާ ވެވު ރަމްޒެއް ކަމަށް ބަލައިގެންނެވެ. އެ މަސައްކަތް އޭރު ވެސް ކުރީ އެމްޓީސީސީއިންނެވެ.
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމުގައި ކުޑަކުދިންތަކެއް. އެތަން މަރާމާތު ކުރީ އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ
އެ ކުންފުނިން ބުނީ، ފެންވަރުވާ ވަޑާން ހަދާފައިވަނީ އާންމު ސިއްހަތާއި ރައްކާތެރިކަމަށް ބަލައިގެން ކަމަށެވެ. އެ ތަނުގެ ފެން ފިލްޓަކުރާ ނިޒާމް ހަދާފައިވަނީ ފެން ސާފުކުރެވޭނެ ގޮތަކަށެވެ. ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ފެންއަރުވާ ވަޑާމުގެ ނިޒާމު އެއްކޮށް ނިވޭނެ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖީ
09 April 2024
މީ ކޮންވަޑާމެއް؟
އަލީ ބާއީ
09 April 2024
ސީއެސްއާރު ޕުރޮޖެކްޓުގެ ދަށުން ބައިބަލާ ގޭންގުތައްވެސް ސްޕޮންސަކުރޭ.
އެހެންނޭ
09 April 2024
ބަލަ އެންމެންވެސް ދައްކަނީ ތިވާހަކައޭ. ތިތަން މަރާމާތުކުރަން ބަޔަކާއި ހަވާލުކޮށްފައި މަސައްކަތްކުރަނީ ސަރުކާރު ކުންފުންޏެއްގެ ސީއެސްއާރުގެ ދަށުން އެތަނުގެ މުވައްޒަފުންނޭ. މީގެން މައްސަލައެއް ފާހަނގަނުވޭތަ!