ޚަބަރު / ސްޕޯޓްސް މިނިސްޓްރީ

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ޕީއެންއެފަށް ދޫކުރެވިދާނެކަން އަންގައިފި

ސްޕޯޓްސް މިނިސްޓަރު ރާފިއު

09 އެޕްރީލް 2024 - 23:44

8 comments

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ބޭނުން ނަމަ ސޯޝަލް ސެންޓަރުގެ ހޯލް ލިބޭނެ މަގު ހުޅުވިފައިވާ ކަމަށާއި އެކަން އެ ޕާޓީގެ އިސްވެރިންނަށް ވެސް ދަންނަވާފައިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވިއިރު، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މިރޭ 9:00 ގައި މާލޭގެ އަމިއްލަ ސްކޫލެއް ކަމަށްވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވުމަށް ތާވަލްކުރި އެވެ. އެކަމަކު، ލޮޖިސްޓިކް ބައެއް ސަބަބުތަކާ ގުޅިގެން، ޕީއެންއެފަށް ހޯލް ދޫކުރުމުގެ އެއްބަސްވުން މިއަދު މެންދުރުފަހު ވަނީ ބާތިލްކޮށް، އެކަން އީމެއިލްގެ ޒަރީއާ އިން ޕީއެންއެފަށް އަންގައިފަ އެވެ.

ހޯލް ދޫކުރުމުގެ އެއްބަސްވުން ބާތިލްކުރި ކަމުގެ އީމެއިލް ޣިޔާސުއްދީން ސްކޫލުން ޕީއެންއެފްގެ އިސްވެރިންނަށް ފޮނުވީ މެންދުރުފަހު 3:11 ގަ އެވެ.

އެކަމަކު، ޣިޔާސުއްދީން ސްކޫލުން އެކަން އެންގި ނަމަވެސް އެ އަށް ބެލުމެއް ނެތި އެ ސްކޫލްގެ ހޯލުގައި މިރޭ ޖަލްސާ ބާއްވަން އުޅުމުން ވަނީ ފުލުހުންނާއި ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ކުރުމަތިލުމެއް ހިންގައިފަ އެވެ. އެ ކުރިމަތިލުން ހިނގީ ޣިޔާސުއްދީންގެ ހުއްދަ ނެތި އެ ސްކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ޕީއެންއެފުން މަސައްކަތް ކުރުމުން ރައްކާތެރިކަމަށް އެދި ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ހުށަހެޅުމާ އެކު، ފުލުހުން ސްކޫލްގެ ގޭޓް ބަންދު ކުރުމުންނެވެ.

މި ކަންކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ޕީއެއެންފަށް ދޫކުރެވިދާނެކަން އެ ޕާޓީގެ އިސްވެރިންނަށް އޭނާ ގުޅުއްވައި މިރޭ ދެންނެވި ކަމަށެވެ.

"އަޅުގަނޑު މަލީހް އަށް ގުޅާފައި ދެންނެވިން އެ ވާހަކަ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ދޫކުރެވިދާނެ ކަމަށް. އެއީ އަބަދުވެސް ސިޔާސީ ކަންކަމަށް ދޫކުރާ ތަނެއް. އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ތެރެއިން އެ ގޮތަށް ދޫކުރަނީ އިންޑޯ ހޯލް އެކަނި،" ރާފިއު ވިދާޅުވި އެވެ.

ނަމަވެސް ޕީއެންއެފުން މިހާރު މަސައްކަތް ކުރަނީ ނިއު ޕޯޓު ކުރިން ހިންގި ސަރަހައްދުގައި އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާށެވެ.

8 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 9%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުުުުުުުުން

10 April 2024

ދުލެއްނުކުރެވޭނެ ހަމައެކަނި ކުޅެން އޮތް އިންޑޯ އަކީ ތިތަން!!!

The name is already taken The name is available. Register?

އީދު މުބާރިކު

10 April 2024

ޑރ ގެ ސަރުކާރަށްވުރެ އެމްޑީޕީ ސަރުކާރު ގެ ރަނގަޅު ކަން އެ ބޭފުޅުން ވެސް ރޭގައި ފާހަގަ ކުރައްވައި ޕާޓީ އުފައްދަން ހުރަސް އެޅުވި ޖަލްސާ ރޭގައި ބޭއްވިގެން ދިޔައީ ވެސް އެބޭފުޅުންގެ އެދިވަޑައިގަތް ސިނަމާލެ ބްރިޖު ޕްލެޓްފޯމު މާލޭ މޭޔަރު ވަގުތުން ހަމަޖައްސަވައި ދެއްވުމުން

The name is already taken The name is available. Register?

ކިންގް ޗާރލްްސް 10

10 April 2024

އަޅުގަނޑުމެންގެ ޓެރަސް ލިބިދާނެ، އެކަމް އިވެންޓް ބާއްވަން ކުއްޔަށް ނެގިތަނުގައި ބެކްޑްރޯޕް ހަދާ ނިމި ޖަލްސާ ފަށަން 5 މިނަޓައް ވީމާ ދެވޭނީ، އަސްލު ރިއަލިޓީ އަކީ މިސަރުކާރުން ހީކުރީ ރައީސް ޔަންޓޭއަކަައް 300 މީހުން ކީއްކުރަން 30 މީހުން ވެސް ހަމައެއް ނުކޮށްލެވޭނެއޭ، ޕީޕީއެމް ޕީއެންސީގެ ސެނެޓް ގަނެވުނަސް އާންމު ރަޔިއްތުންގެ ހިތެއް ނުގަނެވޭނެ ކަން މިކަމުންވެސް އިގޭ ސުކުރިއްޔާ ހިއްވަރުގަދަ ރަޔިއްތުން

The name is already taken The name is available. Register?

ރސ މިހާ

10 April 2024

ކޮންމެހެން ފަހުވަގުތު މެޑަލް ޖަހަން ނޫޅޭ

The name is already taken The name is available. Register?

ރިޔާޒު ރަށީދު

10 April 2024

ޖަލްސާއަށް އަންނަންވީ ތަނާއި އެތަނުގެ އަޑު ސިސްޓަމާއި ބެކްޑްރޮޕާއި މިއީ ހަމަ ކުއްލިއަކަށް ބަދަލްކުރެވޭ ކަންކަން؟

The name is already taken The name is available. Register?

1235

10 April 2024

ނޯ ތޭންކްސް، ފުދިއްޖެ.

The name is already taken The name is available. Register?

ބޯ ހަރު

10 April 2024

އަޅުގަނޑު ގޯތި ޓެރަސް ވެސް އެބަހުރި އެ ބޭފުޅުން ޖަލްސާ ބާއްވަން ބޭނުންފުޅުވެލައްވާ ނަމަ ހިލޭ ލިބިވަޑައިގެންނަވާނެ

The name is already taken The name is available. Register?

ސ×ފތެރެފ

10 April 2024

ރަށުގައި ރާ އަތޮޅުގައި އެބަހުރި އަޅުގަނޑުގެ ހުސް ގޯއްޗެއް. ބޭނުންތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454