ފަލަސްތީނުގެ ރަފަހްގެ މަގެއް: އިޒްރޭލުން ބުނަނީ ހަމާސް އިން އިޒްރޭލުގެ ރަހީނުން ރަފަހްގައި ގެންގުޅޭ ކަމަށް. -- ފޮޓޯ: ހަމާސް
16 އެޕްރީލް 2024 - 05:17
ޣައްޒާގެ ދެކުނުގެ ރަފަހްގައި ހަމާސްއިން ރަހީނުން ފޮރުވައިގެން ގެންގުޅޭ ކަމަށް އިޒްރޭލުން ބުނެފި އެވެ.
ރަފަހް އަކީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުން ސަލާމަތްވުމަށް އެ ތަނުގެ އާންމުން މިހާރު ގޮސް ތިބި ސަރަހައްދެވެ. އެތަނަށް އިޒްރޭލު ސިފައިން އަރާނެ ކަމަށް ބުނަމުން ދާއިރު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެކަން އެގޮތަށް ނުކުރަން އެދެމުންނެވެ. އެކަމަކު އިޒްރޭލުން ތަކުރާރުކޮށް ބުނަމުންދަނީ ރަފަހް އަށް ނާރައި ހަމާސްއާ ދެކޮޅު ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ހަމާސް އިން އަދިވެސް އަހަރެެންގެ ރަހީނުން ޣައްޒާގައި އެބަ ގެންގުޅޭ. ރަފަހްގައި ވެސް ރަހީނުން އެބަތިބި. އެހެންވެ އެ މީހުން ސަލާމަތްކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއެލް ހަގާރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.
އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި، ޣައްޒާގެ އަސްކަރީ ކަންކަމަށް ރިޒާވް ސިފައިންގެ އިތުރު ދެ ބްރިގޭޑް ބޭނުންވާ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. އެކަމަކު މި މީހުން ޣައްޒާއަށް ފޮނުވާނެ ކަމެއް ނުވަތަ ނޫން ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
މިކަން އިއުލާނުކުރީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސް އިން އިޒްރޭލު ސިފައިން ފޭބިތާ ދެތިން ދުވަސް ފަހުންނެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާ ދެމުން ގެންދާތާ ހަ މަސް ވެފައި ވާއިރު މިހާތަނަށް ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާހިރު
16 April 2024
ތިޔައީ ރަފަހަށް އަރައިގަންނަން ދައްކާ ބަހަނާއެކެވެ. މާ މޮޅުބަޔަކަށް ހެދިގެން އުޅުނަސް މުޅި ޣައްޒާ ސުންނާފަތި ކޮށްލައިގެންވެސް އެއުޅެނީ ރަހީނުން ސަލާމަތް ނުކުރެވިގެންނެވެ. މަތިންދާބޯޓަށް ހަމަލާދެވޭނެގޮތެއް ނެތް ތަނަކަށް މަތިންދާބޯޓުގައި ގޮސް ބޮންއަޅާ ތަން ސުންނާފަތިކޮށް އެތަނުގައި އުޅޭ ހުރިހާއެންމެން މެރިޔަކަސް އިޒްރާއީލަކީ ސުމެއްގެ ބައެއްކަން މިހާރު އެނގިއްޖެއެވެ. މުސްލިމް ޤައުމުތައް އެކަތިގަނޑަކަށް ވެއްޖެނަމަ އިޒްރާއީލް ބަލިކުރެވޭނެއެވެ.
މަލްމަލް
16 April 2024
ތިޔައީ ޝިފާ ހޮސްޕިޓަލަށް އަރައި ގަންނަންވެސް ދެއްކި ބަހަނާ..މުޅި ތަން ހަފުސްކޮށްފަ އެއޮތީ..ދެން ރަފަހަށް އަރަންވެސް ތިކިޔަނީ ހަމަ އެއް ލަވައެއް.
ރަދީފު ބިން ރަފައިދާ
16 April 2024
ތިއުޅެނީ އޭއްޗެކޭމީއްޗެކޭ ކިޔައިގެން ރަފަހަށް އަރާ ގަތުލްޢާމެއް ހިންގާން.