ފަހި ދިރިއުޅުން ފްލެޓެއްގެ މަސައްކަތް ކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 އެޕްރީލް 2024 - 10:22
ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފަހި ދިރިއުޅުން ފްލެޓުގެ މަޝްރޫއުގައި މުހިއްމު ބައިތަކެއް ހިމަނާފައިނުވާތީ އެ ކަންކަން ފުރިހަމަކުރަން އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހަމްދާން "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުރީގެ ސަރުކާރުން 4،000 ފްލެޓުގެ މަސައްކަތް ފެށުމަށް ފަހު، 22 މަސް ދުވަހުގެ ތެރޭގައި 216 ސްލެބު ޖަހާފައިވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރަށް މި ވީ ފަސް މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 192 ސްލެބު ޖަހައި، މަސައްކަތްތައް އަވަސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަހަކު އެވްރެޖްކޮށް 10 ސްލެބުން، މަހަކު އެވްރެޖްކޮށް 48 ސްލެބް އަންނަނީ ބަހައްޓަމުންނެވެ.
އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގަ އެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.
Update 2/2 on the status of the construction of FDCs 4000 housing units.
— Hamdhan Shakeel (@HamdhanShakeel) April 17, 2024
The scope of the project decided by the President Ibrahim Mohamed Solih’s government does not include key services and facilities including connection of the towers to the power grid, security systems, GPON…
އިންޑިއާގެ އެގްޒިމް ބޭންކުގެ ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ އެ ގައުމުގެ ޖޭއެމްސީއާ އެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.
ނަމަވެސް، ހަމްދާން ވިދާޅުވީ އެ މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާ ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕީއޯއެން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ފަދަ މުހިންމު ވަސީލަތްތައް ހިމަނާފައި ނުވާ ކަމަށެވެ.
އެހެންވެ، އެ މަސައްކަތްތައް ނިންމުމަށް 454.5 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާތީ ސަރުކާރާ ގުޅިގެން އެކަމަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ސޮއިކުރި އެއްބަސްވުމުގައި ހިމަނާފައިވަނީ ހަމައެކަނި ކޮންސްޓްރަކްޝަން، ދޮރު، ފަންކާ، ފަޔާ ސޭފްޓީ އަދި ޓޮއިލެޓް ފިކްސްޗާ އެކަނި." ހަމްދާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފާފް ސައީދު
18 April 2024
ފްލެޓްވެސް އަޅާނީ މި ސަރުކާރުން. ވަރަށް ސާފް
ނިމްޝާ މުހައްމަދު
18 April 2024
އެއްމެ ބޭސިކް ކަންކަން ނުހިމަނާ މިއޮތީ ފްލެޓް އަޅާފަ. މިއީ ހަމަ މަގުތަކުން ގޯތި ދިން އުސޫލުން ކޮށްފަ އޮތް ކަމެއް. ލަދުވެތި
އަހްމަދު ހަސީން
18 April 2024
މޮޅު ކުރެހުމެއް ދެއްކިޔަސް ނުވާނެ. ސޯލިހް މަރިޔަމް ނިޝާ ލައްވާ މޮޅު ޑްރާމާ ކުޅެގެން ދެއްކި ފްލެޓްތަކުގެ ހާލަތު. ކީކޭ ބުނާނާ ދެން
ރިމާހް މުހައްމަދު
18 April 2024
ކޮންތާކު މިޖެހުނީ؟ އަޅެ މި އެމްޑީޕީ މީހުން ނޫންތަ ހިޔާ ފްލެޓްތަކުގެ ފިނިޝިން ނުނިންމައޭ ކިޔާފަ ވަހަކަ ދެއްކީ؟ ތިމާމެން އަޅާ ފްލެޓްގެ ހާލަތު ނިކަން ދެކިބަލަ
އަމްނު މުހައްމަދު
18 April 2024
ހިޔާ ފްލެޓް ތަކުގެ ފިނިޝިންގ އޭ ކިޔާފަ އަގަތެޅި އެމްޑީޕީ ކުދިން ކޮބާ؟
މިއުވާން މުހައްމަދު
18 April 2024
މިކަހަލަ ކަންކަމަށްވެސް ނުވިސްނާތަ ސޯލިހް މިކަން ކުރީ؟ ޕިސް ޕިސް
ނަންރީތި ހުސޭނު
17 April 2024
ބަލަ ހިޔާ ފްލެޓްތައް 16 ބުރިޔައް ނެގީމާ އެކަން ވަރަށްއަބުއި ވެގެން މިދިސަރުކާރުގަ ވަރައްއަޑުގަދަވި! އެކަމު ހަމައެމީހުން 16 ބުރިއައް ޓަވަރެއް ނަގަންވީމަ؟
މައުލޫމާތެއް
17 April 2024
ހިޔާ ފުލެޓުތަކުގައި ހުންނަނީ 25 ބުރި. މިހާރު ހަދަނީ 16 ބުރިއަށް.
މަނޭ
17 April 2024
16 އާ 25 ވަކިކުރައްވަން ނޭނގުނީމާ އަބުއި ވީ ކާކުކަން އޮޅިއްޖެ
މަރޭ
17 April 2024
ކަންކަން އަޅާ ކިޔުމުގެ އާދަ ދޫކޮށް ނިންމާ ފަ ވާހަކަ ދެއްކުން ރަގަޅު.
ބެއްޔާގެ ދަރި
17 April 2024
މުއިއްޒު ޑިޒައިން ފާސްކޮށްގެން ހެދި ހިޔާގައި ދޮރެއް ދޮރު ކަންޏެއް ތަށިމުއްޓެއް، ބޮއްކެއް ފަންކާއެއް ވެސް ނެތް. އެކަމަކަށް ސަރުކާރުން ލޯ ލާރި ވެސް ނުދިން. އެ ހަރަދު ކުރީ އެތަން ލިބުނު މީހުން. ދެ ލައްކަ ދޭނަމޭ ކިޔާފައި ހެދި ދޮގު. އަގުން ކަނޑައެއް ދިނީކީ ނޫން. މުއްދަތު ދިގު ކޮށްލީ. ދޮރާއި ދޮރު ކަންޏާއި ތަށި މުއްޓައި ބޮކި ހަރުކުރަން ނެގިލޯނާއި އިންޓަރެސްޓް އެހަރަ ހިނގަނީ
ދެރަސޮރު
17 April 2024
ފުރަތަމަ 4 ޓަވަރުގައި ލިފުޓު ހަރުކުރަނފެށިފަހުން 1 މަސް ފާއިތުވީ, ނިމުނު ތަންތަން ހަވާލު ކުރަން ފަށަނީ ކޮން ދުވަހަކުން ތޯ, އަދި ހަވާލު ކުރީމަދޯ ބަދިގެ ކަބަޑު ވެސް ހަދަން ފެށޭނީ