ޚަބަރު / މަޖިލިސް އިންތިހާބު 2024

ކުޅުދުއްފުށީގެ ދެ ގޮނޑި ވެސް އެމްޑީޕީ އަށް ގެއްލި، ޕީއެންސީ އަށް

ކުޅުދުއްފުށީ ދެ ދާއިރާއަށް އިންތިހާބުވި ޕީއެންސީގެ ދެ ކެންޑިޑޭޓުން ކަމަށްވާ މުހައްމަދު ދާއޫދު އަދި ފަރުހަތު މުހައްމަދު --

އެމްޑީޕީ އަށް ތާއިދު ގެއްލި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ވަހީދާ ވާދަކޮށް، ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދެވެ.

އެ ދާއިރާގެ މިހާރުގެ މެންބަރަކީ އެމްޑީޕީގެ ޖަމްޝީދު މުހައްމަދެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެ ދާއިރާގެ މިހާރުގެ މެންބަރު އަދި އެމްޑީޕީގެ ކެންޑިޑޭޓް ޔާސިރު އަބްދުއްލަތީފާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ދާއޫދެވެ. ދާއޫދަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރެކެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި، ފެހި ގާނޫނުއަސާސީ އެކުލަވާލިފަހުން އެމްޑީޕީ އަށް ގެއްލުނު މިއީ ފުރަތަމަ ފަހަރެވެ. މީގެކުރީ ތިން ދައުރުގައި ވެސް ބޮޑު އަޣުލަބިއްޔަތަކުން އެ ދާއިރާގެ ގޮނޑި ދިފާއު ކުރަމުން ދިޔައީ އެމްޑީޕީންނެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބުގައި މިހާރު މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބޮޑު މެޖޯރިޓީއެއް ހޯދާފައިވާއިރު މާލެ އާއި އައްޑޫގެ ގިނަ ގޮނޑިތައް ވެސް ހޯދީ ޕީއެންސީންނެވެ.

އައްޑޫ އާއި މާލެއަކީ އަބަދުވެސް އެމްޑީޕީން މެޖޯރިޓީ ހޯދާ ދެ ސިޓީ އެވެ. ފުވައްމުލައް ސިޓީގެ ގޮނޑިތައް ވެސް ހޯދާފައި ވަނީ ޕީއެންސީންނެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން2265

22 April 2024

ކުޅުދުއްފުށީ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވީތީ ޝުކުރު ކުރަން... މަރުހަބާ އާއިއެކު އިތުރު ކުރިއެރުން ލިބޭނެކަމަށް އެދެން... އިރާދަކުރެއްވިޔާ ރަގަޅު ވާނެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454