ސަން ސިޔާމު ރޭ ސަރުކާރުން ބޭއްވި ހާއްސަ ޖަލްސާގައި-- ފޮޓޯ: މިހާރު
23 އެޕްރީލް 2024 - 13:24
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ރިސޯޓެއްް ހަދަން 165 މިލިއަން ޑޮލަރުގެ ލޯނަކަށް އަނެއްކާ ވެސް ސަރުކާރުގެ ގެރެންޓީ ހޯދަން އެދިވަޑައިގެންފި އެވެ.
'މިހާރު' އަށް ލިބިފައިވާ ޑޮކިއުމެންޓުގައިވާ ގޮތުން މި މަހުގެ ހަތް ވަނަ ދުވަހު ލޯނު ގެރެންޓީއަަށް އެދިވަޑައިގެން ފިނޭންސް މިނިސްޓްރީއަށް ވަނީ އޭނާ ވަނީ ލިޔުން ހުށަހަޅުއްވައިފަ އެވެ.
އެ ލިޔުމުގައިވާ ގޮތުން މާލެ އަތޮޅުގެ އެމެރާލްޑް ލެގޫން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ރިސޯޓުގައި 1،500 އެނދު ތަރައްގީ ކުރަން ޕްލޭން ކޮށްފައިވާ އިރު އެ ކަމަށް 165 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.
އެމެރާލްޑް ލެގޫން ތަރައްގީ ކުރުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕާ އެކު މަޝްވަރާތައް ކުރެވިފައިވާ އިރު ޗައިނާގެ ބޭންކެއް މެދުވެރިކޮށް ލޯނު ހަމަޖެއްސެން އޮތީ ސަރުކާރުން ގެރެންޓީ ދީގެން ކަމަށް އެ ލިޔުމުގައިވެ އެވެ.
އެހެންވެ އެކަމަށް ސަރުކާރުން ގެރެންޓީ ދިން ކަމުގެ ލިޔުމެއް ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ހޯދައިގެން ލޯނެއް ނެގި އެވެ. އެއީ ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. ކޮވިޑު ދުވަސްވަރުގައި ލޯނަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެ، އެ މައްސަލަތައް ފެންމަތިވި އެވެ. ނަމަވެސް ފަހުން ސިޔާމް ވަނީ ނުދެއްކި ޑިލޭވި ޕޭމެންޓްތައް ދައްކަވައިފަ އެވެ.
އަލަށް ސޮވެރިން ގެރެންޓީ ހޯދާ ޕްރޮޖެކްޓަކީ ޖެނުއަރީ 23، 2018، ވަނަ އަހަރު ވެސް ސޮވެރިން ގެރެންޓީ ދޭން ސަރުކާރުން އެއްބަސްވެފައިވާ ލޯނެއް ކަމަަށް އެ ލިޔުމުގައިވެ އެވެ. އެކަމަށް އަލުން ލިޔުން ބޭނުން ވަނީ މިހާރު ވެސް ސަރުކާރުން އެކަން ކުރުމަށް ބޭނުންވޭތޯ ޔަގީން ކުރުމަށެވެ.
ސިޔާމް ސޮއިކުރައްވައި އެމެރާލްޑް ރިސޯޓްސްގެ ނަމުގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވި ލިޔުމުގައި އިތުރަށް ބުނެފައިވަނީ ސޮވެރިން ގެރެންޓީ ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އާންމުކޮށްފައިވާ ބަޔާނުގައި ހަތަރު ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ދޫކުރާ އިންވެސްޓްމެންޓް ލޯނުތަކަށް ސަރުކާރުން ގެރެންޓީ ދޭނެކަމަށް ބުނެފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، ސަން ސިޔާމުގެ ކުންފުންޏަކުން ލޯނަށް ގެރެންޓީ ދިނުމަަށް އެދިފައިވާ ކަމަށާއި އެކަން ރިވިއު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީކޭ
24 April 2024
ސިޔާމަށް އެކަނި ދީގެން ނުވާނެ. މަވެސް ވޯޓުދިނިން
އިސްމާލި
24 April 2024
އަހަރެމެންގެ ގެ ވެސް ވަރަށް ބާވެ ތަޅާލައި އަލުން ހަދަން ޖެހިފައި ހުރީ. ސަރުކާރުގައި އެދެންވީ ލޯނު ގެރެންޓީ އެއް ދޭން.
ޖަލީލީ
24 April 2024
ސަން ސިޔާމްގެ އިތުރު 4 ރިސޯޓް އޮންނައިރު ދައުލަތަށް ބުރަ އުފުލަން ނުޖައްސާ މި ރިސޯޓްތަށް ރަހުނުގެ ގޮތުގައި ހަމަ ޖައްސާ ލޯނު ނެގީމަ ރަނގަޅުވާނެ
ދޮންބެ
24 April 2024
އެއްމެ 165 މ ޑޮލަރު, ތީ އެއްޗެއްނުނޫނެތްނޫން, ކެންޕޭނަށް ތަޅާލި ރުފިޔާ އަޅާ ބަލާއިރު
ސާލމް
24 April 2024
ސަތޭކަ ޕަސެންޓަ ތެދެއް. ފައިސާގެ ފަންޑިތަ.
ބަދުރީ
24 April 2024
ސަންސިޔާމު ޓެކްސް ދައްކާތަ.
ކާސިމްސޭޓު
24 April 2024
ގައުމު ތަރައްގީވާނީ އެ ދީގެން ދޯ ބޭބޭ. ރަންބިސް އަޅާކުކުޅުގެ ދަރަނިވެރި މަހުޖަނުން އެއްޗަކީ.
ޖުލައި2021
24 April 2024
މިކަހަލަ ކަންތަށް ކުރަން ފަށައިފިއްޔާ ، ސަރުކާރުގެ ދުވަސް ތި ދިޔައީ، ރައްޔިތުންގެ ނަފްރަތު ދުވަހުން ދުވަހަށް ލިބެން ފަށާނެ. މިކަހަލަ ޅައެއްޗެއް ނާޅާނެކަމަށް އުންމިދު ކުރަނީ.
މޙއމދ ޝ
24 April 2024
އަޅާނެ. ސަރުކާރަކަށް އޮވެވޭނީ ގައުމުގަ ތިބި މުއްސަނދިން ރުއްސުވައިގެން.
ދިވެއްސެއް
24 April 2024
ތިޔަ ކަމުގައި މަގޭ ހައްގުވެސް އޮންނާނެ! ތިޔަ ގަރަންޓީ ދޭން ކަނޑައެޅިގެން ދޮކޮޅު! އެއީ، އަހަރުމެން އާދައިގެ މީހުން ރަނގަޅަށް އަނގަ އާއި އަތާ ދިމާނުވެގެން އުޅޭއިރު ތިޔަކަހަލަ މަހުޖަނުން އިތުރަށް މުއްސަދިކުރަން އަހަރުމެން އެންމެންގެ ނަމުގައި ގަރަންޓީ ނުދޭތި! ތީނަ އެކަންޏެއް ނޫން! ތިޔަ ގިންތީގައި ހިމެނޭ އެއްވެސް މީހަކަށް ތިޔަ ފާޑުގެ ގަރަންޓީ ދީފިއްޔާ، މަޙުޝަރު ދުވަހު ދައުވާ ނުކުރާނެކަމަށް ހީނުކުރައްޗޭ! އާނ! އަދި އިހަށް ދުވަހުއޭ ސިންގަޕޫރުގެ އާބިޓްރޭޝަން އަށް ފިލައިގެން ތީނަ އުޅެނިކޮށް ހިފައިގަތީމަ، މާމުއި ރައީސް ޖާމިނުވެގެން ދޫކޮށްލީ!
ދެކޮޅޭ11
24 April 2024
ބޭފުޅާ އެކަނި ދެކޮޅުވެގެން ވާނެ ކަމެއް ނެތް. ކަންކަން ކުރާއިރު ވަކިވަކި މީހުން ދެކޮޅުތޯ އެއްކޮޅުތޯ ބަލައިގެނެއްނޫން ގައުމު ހިނގަނީ. އެހެންވެ ވެރިން އިންތިޚާބު ކުރަނީ. ދެކޮޅިއްޔޭ ދެން އަންނަ އިންތިޚާބަކަށް މަޑުކޮށްލާ. ދައުވާއެއްވެސް ނުކުރެވޭނެ ތިހީކުރާ ގޮތަކަށް.
ރިމަގަލަން
24 April 2024
ޖެހޭނީ ދޭން ، މަޖުލިސްހޯދަދޭން މަސައްކަތްކޮށދީފައެއޮތީ. އެއީޝަރުތެއް. ދެންމަޖުލިސްފެށޭތަނުން ކިޔަންފަށާނެ ފިނޭންސްމިނިސްޓަރު ގައުމުގަފައިސާއެއްނެތޭ ، ބަރުރޫޓުވަނިއްޔޭ. ދެންތައްޔާރުވޭއެންމެން ހުރިހާ ވިޔަފާރިންނަށް ސޮވެރިންގެރެންޓީ ދޭންޖެހޭނީ ސިޔާމުއެކަންޏެއްނޫން. މަޖުލީސް ތިޔަތީތަބަކަށްލާފަދީފަ ވިޔަފާރިވެރިން.