24 އެޕްރީލް 2024 - 10:08
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ބާއްވަން ބޭނުންވާ އަދަދަ މެމްބަރުން ހަމަނުވުމުން އެ ޖަލްސާ ކެންސަލްކޮށްފި އެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާތައް ފަށަން ތާވަލް ކޮށްފައި އޮތް ނަމަވެސް މިއަދުގެ ޖަލްސާގެ ލައިވް ފެށީ 9:30 ވީ ފަހުންނެވެ. ލައިވް ފެށުމާ އެކު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ޖަލްސާގެ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލީ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން ތިން ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، މަޖިލިހުގެ ފުރަތަމަ ޖަލްސާ ބޭއްވީ އިއްޔެ އެވެ. އިއްޔެގެ ޖަލްސާގެ ކޯރަމް ހަމަވެ، ބައެއް މައްސަލަތަކުގައި ބަހުސް ވެސް ކުރިއަށް ގެންދިޔަ އެވެ.
މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ މި ދައުރު ނިމެނީ އަންނަ މަހު 15 ގަ އެވެ. ނަމަވެސް އަންނަ މަހު 13 އާ ހަމައަށް ޖަލްސާތައް ކުރިއަށް ގެންދާނެ ކަމަށާއި މަސައްކަތްތައް ހިނގާނެ ކަމަށް މަޖިލިހުގެ ރައީސް އަސްލަމް އިއްޔެ ވިދާޅުވި އެވެ.
އާ މަޖިލިހަށް 19 ވަނަ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލެއްވި ނަމަވެސް 20 ވަނަ މަޖިލީހަށް އިންތިހާބުވެފައި ވަނީ މިހާރުގެ އެންމެ 11 މެމްބަރެކެވެ.
އާ މަޖިލީހަށް އިންތިހާބުވި ޖުމްލަ 93 މެންބަރުން ހުވާ ކުރުން ބާއްވާނީ އަންނަ މަހުގެ 28 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
25 April 2024
ހުރިހާ އަޑުގަދަ ކޯރަމްތައް ލިބުނު ލަގާއެއްގެ ބޮޑުކަމުން އެތިބީ ކޯމާގަ، ދެންކޮން ކޯރަމެއް ހަމަވާނީ؟.
ނޫހް އިބްރާހީމް
24 April 2024
ރައީސް މުއިއްްޒް ގެ ކެނޑިޑޭޓުން ނަމޫނާ ދައްކާނެ. ބަލަން ތިބޭ
އަފްޒަލް ހާމިދު
24 April 2024
މިހެންވެ ބުނަނީ ސަރުކާރުގެ ކެނޑިޑޭޓުން ހޮވާށޭ. އެމްޑީޕީ އަށް ނުވާނެޔޭ
އިދްރީސް
24 April 2024
މިއީ އެމްޑީޕީ އަށް މިފަހަރުވެސް ވޯޓް ނުދިން ސަބަބު. ކަމެއް ނުވާނެތީ
ތިބިޔާން
24 April 2024
ދެން އޮތް ދައުރުން ތަފާތު ދައްކާނެ. ބަލަން ތިބޭ
އަލިނީ
24 April 2024
ހަރާންކޯރުވެގެން ޖަލްސާނުބޭންވުނޯ
ރިމާހް
24 April 2024
މުއިއްޒުގެ ސަރުކާރައް ރައްޔިތުން އެވަރުގެ މެޖޯރިޓީއެއް ދިނީ މިކަހަލަ ކަންކަމަށް ހިތްވަރު ނުދޭތީ.. އެމްޑީޕީ އަކީ ގައުމެއް ހެވެއް އެދޭނެ ބައެއްނޫން، މިކަންކަން ބަދުލުވެގެންދާނެ ކަމަށް އުއްމީދުކުރަން
ނުއުމާން
24 April 2024
އެމްޑީޕީ އަކީ ފެއިލްވެފަ އޮތް ޕާޓީއެއް، ކަމެއްވީމަ ދޯ ބޮޑުތަފާތަކުން މިފަހަރުގެ މަޖިލީހުން ބަލިވެގެން އެދިޔައީ
ސުފްޔާން
24 April 2024
އާ މަޖިލީހުން މިކަމަށް ހާއްސަ ސަމާލުކަން ދީގެން ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. އަދި މަޖިލީހަށް ހާޒިރު ނުވާ މެމްބަރުންނައް މުސާރަ ކެނޑޭނެ ފަދަ ބިލެއް ހުށައަޅާނެ ކަމައް އުއްމީދު ކުރަން
މިޝާން
24 April 2024
ހާސްނުވޭ 20 ވަނަ މަޖިލީހަކީ ތަފާތު މަޖިލީހަކަށް ވެގެންދާނެ، ޑރ. މުއިއްޒުއަކީ އެހާ ދޯދިޔާކޮށް ކަންތައް ކުރައްވާނެ ވެރިއެއްނޫން.. މިފަދަ މަންޒަރެއް ފެނިގެންނެއް ނުދާނެ