މި ބާވަތުގެ އޯޝަނިކް މަންތާ ރޭ އަށް ހާއްސަ ދިވެހި ނަމެއް ވެސް ވަނީ ދީފައި. އެއަށް ކިޔާ ނަމަކީ "އަނބު".
އޯޝެނިކް މަންޓާ ރޭއެއް ކައިރީގައި ދޯންޏެއް މަޑުކޮށްލައިގެން.-- ފޮޓޯ: ސައިމަން ހިލްބޯން
24 އެޕްރީލް 2024 - 13:49
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 1،000 ވަނަ "އޯޝަނިކް މަންތާ ރޭ" ފެނުން މިދިޔަ ހަފުތާގައި ފާހަގަކޮށްފި އެވެ.
މަންތާ ހިމާޔަތްކުރުމަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަންތާ ޓްރަސްޓްއާ ގުޅިގެން ރާއްޖޭގައި ހިންގާ "މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް (އެމްއެމްސީޕީ)" އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 1،000 ވަނަ އޯޝަނިކް މަންތާ ރޭ އެންމެ އާންމުކޮށް ފެނިފައި ވަނީ ފުވައްމުލަކު ކައިރިން ކަމަށެވެ. އަދި މިކަން ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގެ ކައުންސިލާ ގުޅިގެން ހާއްސަ އިވެންޓެއް ބޭއްވި ކަމަށް ވެސް އެމްއެމްސީޕީ ބުންޏެވެ.
އެ އިވެންޓުގައި ވަނީ މި ބާވަތުގެ އޯޝަނިކް މަންތާ ރޭ އަށް ހާއްސަ ދިވެހި ނަމެއް ވެސް ދީފަ އެވެ. -- އެއަށް ދިން ނަމަކީ "އަނބު" އެވެ.
"މި މަންތާ ރޭ ދެނެގަނެވުމަކީ މަންތާ ހިމާޔަތްކުރުމަށް ގުޅިގެން މި ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް އަދި ކުރިއެރުމެއް ކަމަށް ވެސް ގަބޫލުކުރަން،" އެ ބަޔާނުގައިވެ އެވެ.
ރާއްޖޭން 1،000 ވަނަ އޯޝަނިކް މަންތާ ރޭ ފެނުން ފާހަގަކުރުމަށް ފުވައްމުލަކުގައި ބޭއްވި އިވެންޓު.-- ފޮޓޯ: ޖޭސްމިން ކޯބެޓް
އެމްއެމްސީޕީން ބުނީ މި 1،000 ވަނަ މަންތާ ރޭ އައިޑެންޓިފައިކޮށްފައި ވަނީ އެމްއެމްސީޕީން ރިސާޗުތަކާއި އާންމުން ހުށަހަޅާފައިވާ މައުލޫމާތާއި ޑައިވް ސެންޓަރުތަކުން ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.
އޯޝަނިކް މަންތާ ރޭ އަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެ ދުނިޔޭގެ ރެޑް ލިސްޓުގައި ވެސް ހިމަނާފައިވާ ދިރުމެކެވެ.
އެހެންވެ، އެމްއެމްސީޕީން ބުނި ގޮތުގައި، ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ އޯޝަނިކް މަންތާ ރޭގެ އިތުރު އެއްޗެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުމަކީ މި ދިރުން ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި އުއްމީދު އާވި ކަމެކެވެ.
"ރާއްޖެ އަކީ މިހާރު ރީފް މަންތާ ރޭގެ ބާވަތްތަކުގެ އެންމެ ބޮޑު އާބާދީއެއް އޮތް ގައުމު. އަދި ދުނިޔޭގެ ތިންވަނަ އަށް އެންމެ ގިނަ އޯޝަނިކް މަންތާ ރޭގެ އެކި ބާވަތްތަކުގެ އާބާދީގެ ރެކޯޑް ވެސް ދަމަހައްޓާ ގައުމު،" އެމްއެމްސީޕީން ބުންޏެވެ.
އެމްއެމްސީޕީ އަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން ހިންގާ "ރަށްވެހި ޕްރޮގްރާމް"ގެ ކޯޑިނޭޓަރު ފައުޒް ފަތުހީ ބުނީ މަންތާ ރޭގެ ބާވަތްތައް ވަކިކުރުމަށް ބަލަނީ އޭގެ ބަނޑުގައި ހުންނަ ޕެޓާނަކަށް ކަމަށެވެ. އިންސާނުންގެ އިނގިލީގެ ނިޝާނާ އެއްގޮތަށް ކޮންމެ މަންތާ ރޭއެއްގައި ވެސް މި ޕެޓާން ތަފާތުވާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން ސްކޫބާ ޑައިވްކޮށްގެންނާއި ފްރީ ޑައިވްކޮށްގެން މަންޓާ ރޭގެ ބަނޑުގައި ހުންނަ މި ޕެޓާންތަކުގެ ފޮޓޯ ނަގައި ޑޭޓާބޭސްއެއް ހަދައިގެން މި 1،000 ވަނަ އޯޝަނިކް މަންތާ ރޭ އައިޑެންޓިފައި ކުރީ،" ފައުޒް ބުންޏެވެ.
އޯޝެނިކް މަންޓާ ރޭއެއް ކައިރީގައި މީހަކު ފީނަނީ.-- ފޮޓޯ: ސައިމަން ހިލްބޯން
ފައުޒް ބުނީ އޯޝަނިކް މަންތާ ރޭ އަށް ރާއްޖެ ހާއްސަވާ ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އޯޝަނިކް މަންތާ ރޭ އާންމުކޮށް ފެންނަ ދުނިޔޭގެ އެހެން ސަރަހައްދުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މި އެއްޗެހި އުޅޭ ގޮތް ވެސް ވަރަށް ތަފާތު ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަންނަ އޯޝަނިކް މަންތާ ރޭ އާންމުކޮށް ފެންނަނީ ދުވަހެއް ނުވަތަ ދެ ދުވަހެއް ވަންދެން ކަމަށް ވެސް އޭނާ ބުންޏެވެ.
"...އެހެންވެ، ބެލެވޭ ގޮތުގައި ރާއްޖެއަކީ އޯޝަނިކް މަންތާ ރޭ ޓްރާންސިޓްކުރަން އަންނަ ސަރަހައްދެއް. މި އެއްޗެހި ރާއްޖެ އަންނަނީ ކޮން ސަރަހައްދަކުން ކަމާއި ރާއްޖެ ދޫކޮށް ދެން ދަނީ ކޮން ސަރަހައްދަކަށް ކަމެއް އެއީ އަދިވެސް ނޭނގި އޮތް ކަމެއް،" ފައުޒް ބުންޏެވެ.
ސްރީ ލަންކާ އަކީ ދުނިޔޭގައި މަންތާގެ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ގައުމެވެ. ލަންކާގައި އަހަރަކު 1،000 އަށް ވުރެ ގިނަ ބާވަތުގެ މަންތާ ބާނާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްއެމްސީޕީ އާއި ފައުޒް ވެސް ފާހަގަކުރި އެއް ކަމަކީ ލަންކާގައި ކުރާ މަންތާގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގައި އޮތް މަންތާ ރޭގެ އާބާދީއަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރެވެ.
އޯޝެނިކް މަންތާ ރޭއެއް ކައިރީގައި މީހަކު ޑައިވް ކުރަނީ.-- ފޮޓޯ: ސައިމަން ހިލްބޯން
ފައުޒް ބުނީ އޯޝަނިކް މަންތާ ރޭ އަކީ ކާނާ ހޯދުމަށާއި މޭޓްކުރުމަށްޓަކައި ވަރަށް ދުރަށް ދަތުރުކުރާ އެއްޗެއް ކަމަށެވެ.
"ރާއްޖެ އާއި ލަންކާއާ ދެމެދު 1،000 ކިލޯމީޓަރުގެ ދުރުމިނެއް މި ހުންނަނީ. އެހެންވެ ފުރުސަތު ވަރަށް ބޮޑު މި ދެމެދުގައި އޯޝެނިކް މަންތާ ރޭ ދަތުރުކޮށްފާނެ ކަމުގެ،" އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކެކެކެކެ
25 April 2024
އަނބު! ދެންނެއް އިތުރު އެއްޗެކޭ ލިޔެވޭކައް~
ސަނަފ
27 April 2024
މަގޭ ރައްޓެއްސެއް އޭނާ ގެންގުޅޭ ބުޅަލަށް ކިޔަނީ ލަނޑާ! މަވެސް އިތުރު އެއްޗެކޭ ނުލިޔާނަން.
ސޭކުބެ
25 April 2024
ތީ 1000 ވަނަައެތިކަން އެގުނީ ކޮންމެ އެއްޗެއްގަ ނަންބަރުޖަހައިގެންތަ ނޫނީ ދިވައިޒްއެއް ހަރުކޮއްގެންތަ. ނޫނީ ފެންނަ އެއްޗެހި ބަންދުކޮއްގެންތަ؟ އެކަތި ދެފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރުވެސް އެކި ތަންތަނުން ފެނިދާނެ.
ބަރަ ބޯ
27 April 2024
މަވެސް ގަބޫލެއް ނުކުރަން އިަށްދުވަހު ބިލްޑިންވެއަރ ފިހާރައަން ގޮސް ކައުންޓަރުގައި މީގެން 80 ގަންުޑު މުށި ބޭނުމޭ ބުނީމަ ސޭޓް ބާކޯޑް ސްކޭންކޮށްލާފައި ސޮރީއޭ ސްޓޮކްގަ އިނީ 66 ގަނޑޭ ބުނީމާ. މަ ބުނިން އެތަނަށް ގޮސް ގުނީމާ ނޫނީ ނޭންގޭނެއޭ، ތީ ހަމަ ބޮލުން ބާލަން ހެދިދޮގެކޭ. ޔަގީންތާ!
ކުށް
25 April 2024
މައުލޫމާތުގެ ކުށެއް އެބައުޅޭހެން ހީވަނީ. އެބާވަތުގެ މަންތާއަށް ކިޔާނަމުގެ ބަދަލުގައި 1000ވަނަ އަށް އައިޑެންޓިފައި ކުރި މަންތާއަށް ދީފަވާނަންހެން ހީވަނީ ‘އަނބު’ އެއީ. އައިޑީ ކުރާ މަންތާއަށް އެގޮތަށް ނަންދޭނެ
ބޮއިލަކޯ
25 April 2024
މިތާ ކޮމެންޓު ކުރާމީހުންނަށް ބުނެލަން އެ މަންތާ އަށް އަބު ގެ ނަން އެދިނީ ތޫފާން ތަކަށް ވެސް ނަން ދޭ އުސޫލުން. އޭރުން ސީދާ މި މަންތާގެ ވާހަކަ ދައްކަންޏާ އަބޭ ކިޔައިގެން ވާހަކަ ދެއްކައި ލިޔެ ހެދޭނެ.
އެން މަނޑި
25 April 2024
އެން މަނޑި އަހަރަމެން ކިޔަނީ
އޮނަރަބްލް އަފީފު ދީދީ
24 April 2024
ކ.އަތޮޅު މާލެ ސަރަޙައްދުގެ މަރުވެ ތަޢައްޔަރުވެފައިވާ ކަނޑު ފަޅުތަކާއި ޤުދުރަތީ ރީތިކަމެއްނެތް "ޖައްރާފާއިން ކަނޑު ފަޅު ކޮނެގެން ޖަހާފައިވާ ވެލިފުނިތަކުގައި ހަދާފައިވާ ދިވެހިވަންތަކަމެއްނެތް" ރިސޯޓް ތަކުގެ ބަދަލުގައި ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ރީތިރަށްތަކާއި ކަނޑުފަޅުގެ ދިރުންބަލާލަން ބޭނުން ފަތުރުވެރިންނަށް އެފުރުސަތު ދިނުމަށްޓަކާ SVADIVE ATOLLS އަށް ދަތުރުކުރުމަށް ފުރުސަތު ހުޅުވާލާ ގޭން އެއަރޕޯޓްގައި އަޅުވާފައިވާ "މަރުތަޅު" ނައްޓާލަން ޖެހޭ.
ހަސީނާ އާދަމް
24 April 2024
ތިތަޅު ނައްޓައިދޭނީ ރައީސް މުއިއްޒު.
ތުނޑުހަސަނު
24 April 2024
SVADIVE ATOLLS އަށް ފަތުރުވެރިން ގެންދާކަށް އައްޑޫ އެއަރޕޯޓު ބޭނުމެއްނޫން. ބޭނުމީ ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް އެއަރޕޯޓެއް އަޅަން. އައްޑޫއަށްޓަކައި ހުވަދުއަތޮޅު ގުރުބާން ކުރެވޭކަށްނެތް.
ސްވާދީވް ނޮސްޓަލްޖިއާ
25 April 2024
ސްވަދީވް ކިޔައިގެން މި ޤައުމު ބައިކޮށް ވަކި ދައުލަތެއް ހަދަން ތިޔަ ވިސްނާ ވިސްނުން ވަރަށް ކޮށި. އެންމެފަހުންވެސް ބަޔަކު ކަލޭމެން ބޮލަށް އެރިގެން ވަކިވާން އުޅުނީމަ ވީ ގޮތް ހަނދާންކޮށްލާ. މި ޤައުމުން އެންމެ ތަންކޮޅެއްވެސް ވަކިކޮށްލަން މަސައްކަތް ކުރަންޏާ، ދެންތިބި އެންމެންގެ ތެރެއިން ކޮންމެ މީހަކީވެސް އިބްރާހިމް ނާޞިރަކަށް ވެ ޤައުމު ދިފާޢު ކުރާނެ
ކުޑަސީދީ
25 April 2024
އެހެންޏާ މަމެން ކުޑަހުވަދޫ މީހުން މީ ބޯޑަރުތާ، ތަމެންޏާ މަމެން ވަކިކުރަން ތިބޭ...
މާކުރަތު އައްޔައް.
25 April 2024
މަށަށްވެސް ފެނޭ ކޮންމެވެސް ވަރަކަށް އިދާރީ ބާރުތައް ވަކިކޮށްލާފައި ދޫދީގެން ނަމަވެސް ރާއްޖެ އެކިސަރަހައްދުތައް ކުރިއަރައިގެންދާން. އަފީފަށް މިކަމުގައި މަވެސް ތާއީދު.
އަފީފުގެ ބޭބެ.
25 April 2024
އައްޑޫ އެއަރޕޯތްގައި އެމްޑީޕީ މީހުން އެޅުވި ތަޅު ނައްޓާލާ އައްޑޫހުޅުމީދޫ މީހުން ރަށު ބައްނދުން ވީއްލުމަށް ރައީސް ޑރ މުއިއްޒު އެދަނީ މަސައްކަތް ކުރަމުން. މިއަހަރު އެމަސައްކަތް ފައްޓާ ބުރިޖް އަޅާތަން އަފީފު އަށްވެސް ފެންނާނެ. 2028 ގެ އިންތިޙާބަށް ރައީސް އައްޑުއަށް ވަޑައިގަންނަވާނީ ސީދާ ލަންޑަނުން މޯލްޑިވިއަންގެ ފުލައިޓެއްގަ.ބަލަން ހުރޭ.
ސޭކުބެ
25 April 2024
އައްދޭ ހާދަ ވަކިބެގަންނަން ބޭނުން ބައެކޭދޯ. ސްވަދީވޭ. މިކަހަލަ ކޮމެން ޝާއިރު ކޮއްގެންވެސް ނުވާނެ. މީ އެއްގައުމެއް. ހަމަ އެއްބައެއް. ތިފާޑަށް އުޅެންޏާ ޕިރާޑް ޑީ ލަވާލްގެ ތާރީޚީ ފޮތުގަ ހުވަދޫ މީހުން ސިފަކޮއްފަ އޮންނަގޮވެސް ލިޔެލެވިދާނެ.
މޮޔަބެ
25 April 2024
އައްޑޫ އޮތީ ހިއްކާ އެއްކޮށް ސުންނާފަތިކޮށްފަ ނޫންބާ؟
ތުނޑުހަސަނު
24 April 2024
މިކަހަލަ އެއްޗެއް ފެންނައިރަށް އަމިއްލަ އަމިއްލައަށް ނަންދީގެން ވަޔަކު ނުހިފާނެ. ނަން ދެވޭނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން. ތިއަށް އަނބު ކިޔައިގެން ވަޔަކު ނުވެސް ހިފާނެ. ތިޔަށް ދިވެހި ނަމެއް ނުކިޔާކަން ވެސް އެނގޭނެ ހަމައެއް ނެތް. އަނބު އެއީ ތިޔަކަހަލަ ދިރުމަކާ ގުޅޭ ނަމެއް ވެސްނޫން. މަންތާރޭ އަކީ އެންމަޑި. އޯޝަނިކް މަންތާރޭ އަށް ނަމެއް ކިޔަންވާނީ އެންމަޑިއާ ގުޅުވައިގެން ނުވަަތަ ގުޅޭ ނަމެއް.
މަންތާ އަނބު
24 April 2024
"އަނބު" މިއީ އޯޯޝެނިކް މަންތާ ރޭ އަށް ކިޔާފައި އޮތް ދިވެހި ނަމެއް ނޫން. އެއި އެ ފެނުނު މަންތާ ރޭ އަށް ކިޔާފައި އޮތް ނަމެއް. އެސޮރުމެން ވަކި ކުރަނީ ބަނޑުގައި ހުންނަ ނިޝާންތަކަކުން (އިންސާނުންގެ ފިންގަރޕްރިންޓް ގޮތަށް އެސޮރުމުންގެ އެކަތި އަނެކަތި ވަކި ކުރެވޭނެ ބަނޑުގައި ހުންނަ މި ނިޝާންތަކުން) މިއީ ދުނިޔެއިން ފެނުނު 1000 ވަނަ މި ބާވަތުގެ އެންމަޑި. ކޮންމެ އެއްޗަކަށް ނަމެއް ދެމުން އެއަންނަނީ. ރާއްޖެއިން މިގޮލާ ފެނުނީނަމަ ދިވެހި ނަމެއް މި ކީ
ބރޮލ
25 April 2024
އަބު އެކީ 1000 ވަނަ އެއްޗައް. އެ ލިސްޓުގައި ވާ 1000 އެތީގެ ކޮންމެ އެއްޗަކަށް ވެސް ވަކި ނަމެއް ދީފަ އިންނާނެ. އެއީ ދެން އަބު ރާއްޖެ އައިއްސިއްޔާ އެގޭނެ އަދި ލިޔާނެ އަބު މިވެނިތާކުން ފެނުނޭ.
ކުންނެ
24 April 2024
ދިވެހި ބަހަކީ މުއްސަދިބަހެކޭ މިކިޔަނީ އެކަމަކު ބަސްހުސްވެއްޖެ ތިޔައްވެސް ތިކިއީ އަނބު ...ގަަހުގަވެސް އަނބު ....
ކުރިސްމާ
24 April 2024
އަނބަކީ ދިވެހިން ގެ ޚާއްސަ ގަދަރެއް ދެވިފައިވާ މޭވާއެއް. ދެން ސީ ލާފަ އެޔަށްވެސް އަނބުކީމާ ކަމަކުނުދާނެ.
ކޮރަލް
24 April 2024
ރާއްޖެ އެތެރެ ވާ ބޭރުގެ ސަފާރީ ތަކުން މިފަދަ މަނާ ތަކެތި ސްމަގުލް ކުރޭތޯ ބަލަން ވާނެ އެވެ.