ވާރޭވެހި ފޭދޫގައި ފެންބޮޑުވުމުން އެމްއެންޑީއެފުން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް
27 އެޕްރީލް 2024 - 12:33
އައްޑޫއަށް އިއްޔެ ކުރި ވިއްސާރައިގައި ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓްއިން ނެރެފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި އިއްޔެ އައްޑު އަށް 167.7 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އެ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.
އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި ފެންބޮޑުވެ އައްޑޫ ފޭދޫ އަވަށުގެ ފަސް ދިރިނުޅެވޭ ވަރަށް ފެންބޮޑުވެ، އެ ގޭގައި ދިރިއުޅޭ އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުވެފައިވާ ކަމަށެވެ.
އިއްޔެ ވެހުނު ވާރޭގައި އައްޑޫގެ ގެއެއްގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ
އޭގެ ތެރެއިން ދެ ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި އަދި ތިން ގެއެއްގެ މީހުން އެ މީހުންގެ އާއިލީ ގެތަކަށް ބަދަލުވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އިއްޔެ ވެހުނު ވާރޭގައި އައްޑޫގެ ގެއެއްގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ
މެޓުން މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އައްޑޫއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އުތުރުގެ ރަށްތަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރި ނަމަވެސް ކަނޑުތައް މަޑު ވާނެ ކަމަށާއި ވައި ޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ލަފާކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ބްރިޖް
27 April 2024
ފެން ހިއްކުމުގެ ކަންތައް ހަމަނުޖައްސާވެސް ބްރިޖެއް އެޅޭތޯ ބަލާތި. މާލޭ އަމީނީ މަގުވެސް ވަރަށް މޮޅަށް ތާރު އަޅާ ހަދާ ނިމުނު އިރު ކުޑަކޮށް ވާރޭ ވެހުނަސް ކޯރަކަށް ބަދަލުވެފަ އޮންނަނީ.
ސިފޯން
27 April 2024
އަދިވެސް ގިނަ މީހުން ގަބޫލް ނުކުރޭ ދުނިޔޭގެ މޫސުމް ކޮންޓްރޯލްއިން ނައްޓާލަލިގެން ދާކަމަކަށް.
ގަރުބަޗޯފު
27 April 2024
ދޭތެރެއަކުން ވާރޭ ވެހިލުމަކީ ދުނިޔޭގެ މޫސުންގ ކޮންޓުރޯލުން ނެއްޓުންތަ.
މެމްބަރ
27 April 2024
ޢައިބީމެން ތިކަން ހައްލުކޮށްފާނެ. ހާސްވާކަށް ނުޖެހޭނެ