ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދީ ސުންނާފަތިކޮށްފައިވާ އިމާރާތްތަކެއްގެ ކައިރިން ބަޔަކު ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ
28 އެޕްރީލް 2024 - 05:52
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ހަލާކުވެފައިވާ ތަންތަނުން 37 މިލިއަން ޓަނުގެ ގާކުނޑި ނަގަން އެބަހުރި ކަމަށާއި އެ ތަކެތި ނަގައި ސާފުކުރުމަށް އެތައް އަހަރެއް ހޭދަވާނެ ކަމަށް އދ. އިން ހުކުރު ދުވަހު ބުނެފި އެވެ.
ޔޫއެން މައިން އެކްޝަން ސާވޭ އިން އިރާގު ފަދަ ގައުމުތަކުގައި މައިނު ހޯދައި ނައްތާލުމުގެ ޕްރޮގްރާމްތައް ހިންގި ޕޭރް ލޮދަމާރް ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ގާކުނޑި ނަގަން ހުރި އިރު އެކަން އިތުރަށް އުނދަގޫވެ ނުރައްކާ ވަނީ ނުގޮވާ ހުރި ބޮން ފަދަ ތަކެތި ވެސް ގާތަކުގެ ދަށުގައި ހުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ޣައްޒާއިން އިޒްރޭލު ސިފައިން ފޭބި ދުވަހަކުން އެތަން ސާފުކުރަން ޖެހޭނެ ކަމަށާއި އެކަމަކު އެތަނުގައި ބޭނުންކުރި ގޮވާތަކެތީގެ ތެރެއިން ނުގޮވައި ގާތަކުގެ ތެރޭގައި ހުރީ ކިހާ އެއްޗިއްސެއްކަން ވެސް ނޭނގޭނެ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދީ ސުންނާފަތިކޮށްފައިވާ އިމާރާތްތަކެއް. -- ފޮޓޯ: އޭއެފްޕީ
"އަޅުގަނޑުމެންނަށް އެނގޭ ވަރަކީ ބިމުގައި ބޭނުންކުރާ ގޮވާތަކެތީގެ ތެރެއިން ފެއިލްވެ ނުގޮވާތަކެތީގެ ރޭޓަކީ 10 ޕަސެންޓުކަން،" ޖެނީވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޮދަމާރް ވިދާޅުވި އެވެ.
"ޔަގީންވާ ކަމަކީ 37 މިލިއަން ޓަނުގެ ގާކުނޑި އެބަހުރިކަން. މިއީ ގާތްގަނޑަކަށް ކޮންމެ އަަކަމީޓަރަކަށް 300 ކިލޯގެ ގާކުނޑި،" އޭނާ ވިދާޅުވި އެވެ.
ޣައްޒާ ސާފުކުރުމަށް ހޭދަވެދާނެ މުއްދަތު އަންދާޒާކުރައްވަމުން އޭނާ ވިދާޅުވީ 100 ޓްރަކް ބޭނުންކޮށްގެން ކުރާ ނަމަ މި ހުރިހާ ކުންޏެއް ހުސްކުރަން 14 އަހަރު ހޭދަވާނެ ކަމަށެވެ.
އޮކްޓޫބަރު 7، ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި ބަޔަކު ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުން ވަނީ އާންމުންގެ ގެތަކަކާއި މަގުތައް ވެސް ސުންނާފަތިކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
29 April 2024
ސާފުކޮށް އަލުން މަރާމާތު ކުރަންވެސް 3 ވަރަކަށް އަހަރުން މިތަހުޒީބު ޒަމާނުގަ ތިކަންވެދާނެއެވެ. ފެއިލް ވެފަތިބޭ ބަޔަކަށް ކެނޑޭނީ ތާކުން ތާކުނުޖެހޭ ފޮންޏެވެ. އަދި އަލުން ބަޔަކު މަރަން އާބާދު ކުރުމުގެ ޕްލޭންވެސް ދޭނީ އެމެރިކާއިންނެވެ.
ބަކުރުބޭ
28 April 2024
ހަމާސުން ފެށީ ހަނގުރާމައެއް. ހަނގުރާމަ ނުފަށަން ޖެހެނީ މިހެން ވެގެން
ބަކުރާ
28 April 2024
މީހަކު އައިސް ކަލޭ ކަރުގަ ހިފީފަ އޭނަ އަތުގަ ހިފާފަ ދުރުކުރާނެ. ޣައްޒާއަށް އޮތީ މިއޮށް ހުރިހާ ދުވަހު ހިސޯރުކޮށްފަ. އެމީހުން މިނިވަންވާން މަސައްކަތް ކުރާނެ. މީ އިންސާނީ ތޮބީއަތް. އެހެން ނޫނަސް އެއީ ފަލަސްތީނުގެ ބިން.
ތުރާލެއް
28 April 2024
ހަނގުރާމަ ފެށީ އިޒުރޭލުން ގަތުލުޢާއްމު ހިންގާތީ..75 އަހަރުވ ވެއްޖެ ފަލަސްތީނުގެ ރައްޔިތުންގެ ގެތަކުން އެމީހުން ނެރެ ގަތައް ތަޅާ ސުންނާފަތި ކުރާތާ.ދެން ހަމާސްއިން ހަނގުރާމަ ފެށީމަ 10 ގުނަ ތަންތަން ހަލާކު އެބަކުރޭ..އެއްވެސް ހައްގަކާ ނުލާ ކުޅިވަރަކަށް މީހުން މަރާ ހަދާ..މަރާލާފަ ހަމައެކަނި ދޫކޮށް ނުލާ ގުނަވަންތައްވެސް ވަގަށް ނަގަނީ..މިވަރުގެ ފަސާދަކުރާ ބަޔަކު ނޫޅޭނެ މިދުނިޔޭގަވެސް..މި ނުބައި ބައިގަނޑު މައިތިރި ވާނީ އިލާހީ ކޯފާއެއް އައިމަ.
އަލިފް ހ
28 April 2024
މިގޮލާ މީ އަދި ހާދަ ޔަހޫދީ ގޮލައެކޭ ދޯ
ކަތްދައްތަ
28 April 2024
ޢަރަބިން ނުވަތަ މުސްލިމުން ފަލަސްތީން ފަތަހަކުރުމުގެ 1 ހާސް އަހަރު ކުރިން ވެސް އެ ބިމަށް ކިޔަނީ ފަލަސްތީން. އޭރު އެތާގައި އުޅެނީ ޔަހޫދީން. މުސްލިމުން އެ ބިން ހިފުމާއި ހަމައަށް އެ ބިމުގައި އުޅެނީ ޔަހޫދީން. ކަލޭގެ ޢިސްލާމީ ތާރީޚްގެ އެންމެ ފޮތެއް ވެސް ނަގާގެން ކިޔާބަލަ މައްކާއާއި މަދީނާގެ ޢަރަބިން ފަލަސްތީނަށް އައި އިރުގައި ޢަރީހާޔާއި ޤުދުސާއި ހިބްރޯނާއި ނާބުލްސްއާއި އެހެނިހެން ވެސް ފަލަސްތީންގެ ރަށްތަކުގެ 100% ރައްޔިތުނަކީ ޔަހޫދީން.
ރާއްޖެގެނޭ
28 April 2024
އަހަރުން މިއުޅެނީ ރަށްރަށް ހިއްކަން ފަސް ނުލިބިގެން. ރާއްޖެގެނޭ ތިޔަ ގާކުނޑިތައް