ޚަބަރު / ރާއްޖެ-ސައުދީ

ރާއްޖޭގެ ހަތަރު މިނިސްޓަރަކު ސައޫދީގައި

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ސައޫދީ ފަންޑުގެ އިސްވެރިންނާ ސައޫދީގައި ބައްދަލުކުރައްވަނީ.

28 އެޕްރީލް 2024 - 09:42

26 comments

ރާއްޖޭގެ ހަތަރު މިނިސްޓަރަކު ތަފާތު މުހިންމު ބައްދަލުވުންތަކަށް ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.

މިނިސްޓަރު ޑރ. ޝަހީމް ސައޫދީ އަަށް ވަޑައިގަތީ މުސްލިމް ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. މުސްލިމް އެކި ގައުމުތަކުގެ ދީނީ އިލްމުވެރިން ތިއްބަވާ އެ ޖަމާއަތުގެ ސުޕްރީމް ކައުންސިލަށް ޑރ. ޝަހީމް އައްޔަންކުރީ ވަރަށް ފަހުންނެވެ. މިއީ ދިވެއްސަކަށް އެ ޝަރަފު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

މުސްލިމް ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ.

ޑރ. ޝަހީމް ވަނީ ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީއާ ވެސް ބައްދަލުކުރައްވައި، ރާއްޖޭގެ ޒަކާތު ހައުސް ކުރިއަރުވަން މުވައްޒަފުންނާއި ޝަރީއާ ބޯޑު ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުއީ މިންގަނޑުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ސައޫދީގެ އިސްލާމިކް މިނިސްޓަރާ ވެސް ޑރ. ޝަހީމް ބައްދަލުކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ސައޫދީ އަށް ކުރައްވާ ދަތުރުގައި ވަނީ ވަނީ ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވައިފަ އެވެ. އޭގެ ތެރޭގައި އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިން ހިމެނެ އެވެ. އެ ބައްދަލުވުންތަކުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވެސް ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓަރު ޒަމީރާއި އިކޮނޮމިކް މިނިސްޓަރު ސައީދު ސައޫދީ އަށް ވަޑައިގަތީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ހަކަތައާ ގުޅޭ ކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ބާއްވާ އެ ބައްދަލުވުމުގައި އެކި ގައުމުތަކުން 700 އަށް ވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ޒަމީރުގެ ދަތުރުގައި އެކި ގައުމުތަކުގެ ވެރިންނާއި އެހެން ބައެއް އިސްވެރިންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

26 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޓަމަސް

30 April 2024

ދިވެހިންނަށް އެނގެނީ މީހުން ލާންވާ ހެދުންވެސް

The name is already taken The name is available. Register?

ނާރޭ

30 April 2024

ކީއްވެތަ ޓުައަރިޒަމް މިނިސްޓަރ ނުދިޔައީ

The name is already taken The name is available. Register?

ގުގުރާ ބެއްޔާ

29 April 2024

ފަލަސްތީން ވާހަކަ އަހާލިޔަސް އޯކޭ! ނަމަނަމަ ޔަމަނުގަ ހިންގާ ޖަރީމާ ވާހަކަ ނާހައްޗޭ! ދެން އަހާލަބަލަ ކޮރަޕްޝަން ގެ ވަބާ އައް ދޭނެ އެންމެ ލުއި އަދަބަކީ ކޮބައިތޯ! މިގައުމުގެ ވެރިންނައް ނޭނގޭ ހެން ހީވަނީ!

The name is already taken The name is available. Register?

ބީސްޓް11

29 April 2024

ސަލާން ޖަހަނީ

The name is already taken The name is available. Register?

ދަރިވަރެއް

29 April 2024

ޝެއިޚް ވަރަށް ސްމާރްޓް ކޮށް ފެންނަނީ، އަދި ރައީސެއްގެ ކޮލެޓީ އަދި ވައްޓަފާޅު ހުރި ކަމަށް މިބަލަނީ، ބަޔެއް ފަހަރު ބަސްމަގު ތަންކޮޅެއް ހަރުކަށިވާ ކަން ވެސް ފާހަގަ ކުރެވޭ؟ ޝެއިޚް އަށް ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

ސުލައިމާނު އަބުދުލް ބާގިރު އިބުނު ރެކިމަނިކު

28 April 2024

ޑރ ޝަހީމަކީ ވަރަށް ކަމަށް ގާބިލު ހީވާގި މިނިސްޓަރެއް. އެކަމަކު ބަދަލު ކޮށްލަންޖެހޭ ކުޑަކަމެއް އަހަންނަށް ވިސްނޭގޮތުން އެބަވޭ. އެއީ ތިޔަ ތުރުކުރައްވާ އަރިކަށި ކުލަޔާ ލޭކުލަޔާއި ފާޑުފާޑުގެ ކުލަކުލައިގެ ކޯޓުފަޓުލޫނުތަށް ސީދާ ކަޅާއި ގަދަ ނުލަށް ބަދަލު ކޮށްލުން. މިހާރު ތިޔަ ގެންގުޅުއްވާ ކުލަތަކަކުން ފުއްލާދުލިއެއް ތުރުކުރައްވާހެން ވެސް އެބަހީވޭ.

The name is already taken The name is available. Register?

ގފދސ

28 April 2024

ހުސް ކަދުރު ކޮޅެއް ހިފައިގެން ނާންނާތި.

The name is already taken The name is available. Register?

ފިކުރު

28 April 2024

މުސްލިމް ވޯލްޑް ލީގްގެ ސުޕްރީމް ކައުންސިލުގައި އެތައް ދުވަހަކު ރައީސް މައުމޫން އިންނެވި. ޑރ. ޝަހީމަކީ، އެ ޝަރަފު ލިބުނު ފުރަތަމަ ދިވެއްސޭ ލިޔެފައި އޮތީ، ހަގީގަތް އޮޅުވައިލަން ނޫނީ، މައުލޫމާތު ނެތިގެން، ވަރަށް ދެރަ

The name is already taken The name is available. Register?

ޓެރޭސްސް

28 April 2024

މައުމޫނު އިނީ ރައީސް އޮފީހުގައި... މައުމޫނު ކަމެއް ކުރިނަމަ އެކަން ރެޑިއޯ ޓީވީން ގޮވާނެ ކޮންމެ ޚަބަރެއްގައި.

The name is already taken The name is available. Register?

ކެނެޑީ

28 April 2024

ޝަހީމު ހާދަ ކުލަކުލައިގަ އަނެއްކާ ވެރިކަމަށް އޮޑިބަންނަނީތަ؟

The name is already taken The name is available. Register?

އަހަންމަދާ

28 April 2024

މި އަންނަ ދައުރެއްގައި އަޅުގަނޑުގެ ތާއިދު ރައީސުލުޖުމުހުރިއްޔާ ކަމުގެ މަގާމަށް ޑރ. ޝަހީމު. އޭނަ ވަރުގެ ގާބިލު ހިންގުންތެރި އިންސާނަކު ނެތް މި ގައުމުގަ ވެސް. ވަރަށް އުފާވޭ އެބޭފުޅާގެ ހިންގުންތެރިކަން ފެނިފަ. އަދި މިހާރު އެންމެ ސްމާޓްކޮށް ރައީސް އެއްގެ ސިފަ ވެސް ހުރީ ހަމަ ޑރ. ޝަހީމު. އަޅުގަނޑުގެ އުއްމީދު 2028

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454