29 އެޕްރީލް 2024 - 10:46
ބޮލީވުޑް އެކްޓަރު ސޯނަމް ކަޕޫރު ވިހައިގެން ހަށިގަނޑަށް އައި ބަދަލުތަކުގެ ވާހަކަ އަނެއްކާވެސް ދައްކައިފި އެވެ.
ފެޝަނަބްލީ ޕާނިއާސްގެ "ދަ ސްޓައިލް" ޕޮޑްކާސްޓުގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ސޯނަމް ބުނީ އޭނާ ވިހައިގެބް 32 ކިލޯ ބަރުވި ކަމަށެވެ. އެކަމާ ވަރަށް ބިރުން އުޅެން ޖެހުނު ކަމަށް ވެސް ބުންޏެވެ.
ސޯނަމް އޭނާގެ އަލަތު ދަރިފުޅު ވަޔޫ 2022 ވަނަ އަހަރު ވިހެއުމަށް ފަހު ހަށިގަނޑަށް އައި ބަދަލުތަކާ ބެހޭ ގޮތުން ދެއްކި ވާހަކާގައި ބުނީ އެ ދުވަސްވަރު ދަރިފުޅުގެ ކަންކަމާ އުޅެފައި އެހެން ކަމަކަށް ވިސްނަން ބޭނުން ވެސް ނުވާ ކަމަށެވެ.
އޭރު ކަސްރަތުކުރަން ވަގުތު ހުސް ނުކުރާ ކަމަށާއި ރަނގަޅު ކާނާ އަށް ވެސް އިސްކަން ނުދެވޭ ކަމަށް ބުންޏެވެ.
ސޯނަމް ބުނި ގޮތުގައި ހަށިގަނޑު ކުރިން ހުރި ގޮތަށް ބަދަލުކޮށްލަން ވަގުތު ބޭނުންވާނެ އެވެ.
މި އިންޓަވިއުގައި ސޯނަމް ބުނީ، ކޮންމެ މީހަކު ވެސް ވިހެއުމަށް ފަހު، ދިރިއުުޅުމުގެ ހުރިހާ ކަމެއް ބަދަލު ވާނެ ކަމަށެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކަށް ތައްޔާރުވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ސޯނަމް ވަނީ އިންސްޓަގްރާމް ސްޓޯރީގައި، އޭނާގެ ބަރުދަން ލުއިކުރަން ކުރަމުން އަންނަ މަސައްކަތް ފެންނަ ފޮޓޯއެއް ޕޯސްޓު ކޮށްފަ އެވެ. އަދި ސްޓޯރީ ކެޕްޝަންގައި 20 ކިލޯ ލުއިވެއްޖެ ކަމަށާއި އަދި އިތުރު ހަ ކިލޯ ލުއި ކުރަން ޖެހޭ ކަމަށް ލިޔެފައި އޮތެވެ.
ބަރުދަން ލުއި ކުރުމުގެ އެކި ވާހަކަތަކާއި ފޮޓޯތައް އޭނާ ވަނީ މީގެ ކުރިން ވެސް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
05 May 2024
ސޯނާ ތި ބުރަކަށި ނުދައްކަބަލަ.... ބޮއިހަލަކި
ސަނީސައިޑްބޮންޑް
30 April 2024
ފިޓްފަޒީލްގެއެހީހޯދިނަމަ ސޯނަމް 2 ދުވަހުންހިއްކާލީސް
ކިމް
30 April 2024
ދެން އޭގެން ފޮޓޯއެއްވެސް ޖަހާލިނަމަ