"ހީރާމަންޑީ"ގެ މަންޒަރެއްގައި އަދިތީ.
14 މެއި 2024 - 07:34
ނެޓްފްލިކްސް އިން މި މަހު ގެނެސްދިން އިންޑިއާގެ ސީރީޒް "ހީރާމަންޑީ"ގެ މުހިންމު ރޯލެއް ކުޅުނު އަދިތީ ރާއޯ ހައިދަރީ އަށް ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ލިބިއްޖެ އެވެ.
"ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރް" އަކީ އިންޑިއާ އާއި ޕާކިސްތާން ވަކިކުރުމުގެ ކުރިން، އެ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި އޮތް ހީރާމަންޑީ ކިޔާ އަވަށެއްގައި އޭރު އުޅުނު ޖާރިޔާއިންގެ ދިރިއުޅުމަށް ބިނާކޮށް، އިންޑިއާގެ ޑައިރެކްޓަރު، ސަންޖޭ ލީލާ ބަންސާލީ އުފެއްދި ސީރީޒެކެވެ. މި މަހު އެކެއްގައި މި ސީރީޒް ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށުމާ އެކު ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.
އެ ސީރީޒްގެ މުހިންމު ރޯލުތައް ކުޅުނީ ސޮނާޝްކީ ސިންހާ، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ޝާމިން ސީގަލް، ރިޗާ ޗައްޑާ އަދި ސަންޖީދާ ޝެއިހް އެވެ.
އޭގެ ތެރެއިން އަދިތީ އަށް ވަނީ ހާއްސަ ސަމާލުކަމެއް ލިބިފަ އެވެ. އޭނާގެ މޮޅު އެކްޓިން އާއި ރީތި ކަމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ. އަދި އެ ސީރީޒްގެ ލަވައެއް ކަމަށްވާ "ސައްޔާ ހަޓޯ ޖާއޯ"ގައި އޭނާ ނަށަމުން ޖެއްސި ބައެއް ސްޓެޕްތަކަށް ނުވަތަ ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ "ސްވޯން ވޯކް" ސްޓެޕް އަށް ގިނަ ބައެއްގެ ސަަމާލުކަން ވަނީ ލިބިފަ އެވެ.
obsessed!! this gajgamini walk by aditi rao hydari is for the history books — i love how the feminine beauty is celebrated… so effortless, pure talent.. bibbo jaan you will always be famous @aditiraohydari pic.twitter.com/CIqB5Bhaa0
— 🏇 (@nightgarfield) May 10, 2024
"ހީރާމަންޑީ" އަށް ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު އަދިތީ މިހާރު ތައްޔާރުވަމުން އަންނަނީ މި މަހު ބާއްވާ މިއަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގެ ރެޑްކާޕެޓް އިވެންޓަށް ދިއުމަށެވެ.
އަދިތީގެ އިތުރުން މި ސީރީޒްގައި މުހިންމު ރޯލުތައް ކުޅުނު މަނީޝާ އާއި ރިޗާ އަދި ސަންޖީދާ އަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ. އަދި ޑައިރެކްޓަރު ބަންސާލީގެ މަސައްކަތް ވެސް ފާހަގަކޮށް، ތައުރީފު އޮއްސާލާފައިވެ އެވެ.
މި ސީރީޒްގައި ލަހޯރްގެ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭއިރު، ލަހޯރް ސިޓީއަކީ މިހާރު ޕާކިސްތާނުގެ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
19 May 2024
މި ސީރީޒް ގައި ދައްކަނީ ޖާރިޔާއިންނެއް ނޫން. ޖާރިޔާއަކީ އަޅު އަންހެނުން. މީގައި ދައްކަނީ އިންޑިއާގައި ކިޔާ ގޮތަށް ނަމަ ތަވާއިފުންނޭ ކިޔާ ބައެއް. މިއަށް ދިވެހިން ކިޔަނީ ރަންޑީންނޭ. ތަވާއިފު ނުވަތަ ރަންޑި އަކީ ފައިސާއަށް ފިރިހެނުން ހިތްހަމަޖައްސާއިދޭ ބައެއް. މި މީހުން ލަވަ ކިޔައި ނަގައި ވެސް ހަދަނެ. މިއީ ކަސްބީ ވިޔަފާރީގެ ވައްތަރެއް. ނުވަތަ ވަކި ބާވަތެއްގެ ޕްރޮސްޓިޓިއުޓުން.