ދިރާގުން މަމްސް އެއިޑުގެ "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމަށް ވަނީ އެހީ ފޯރުކޮށްދީފައި -- ފޮޓޯ: ދިރާގު
22 މެއި 2024 - 14:58
މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.
"ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ.
އެ މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނެ އެވެ.
އެ ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް ސްކޫލަށް ބޭނުންވާ ބޫޓާއި އިސްޓާކީނު، ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އެހީއާ އެކު މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް)ގެ ކުދިންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަމްސް އެއިޑާއެކު ދިރާގުން ކުރިއަށް ގެންދާ މި ޕާޓްނަޝިޕްގެ ބޭނުމަކީ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެއްބާރުލުންދީ، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންގާސަނާ
23 May 2024
ކޮބާހޭ އޯޑިޓް ރިޕޯޓް، އަބަދުވެސް އެހީލިބޭތަން ފެންނަނީ، އެޙަރަދުކުރާގޮތެއް ފެންނަނީ މަދުފަހަަރަކު