ކުޅިވަރު / އެތުލެޓިކްސް އެސޯސިއޭޝަން

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައްދު؛ އޮލިމްޕިކްސް އަށް ފޮނުވުމުގައި ބޭއިންސާފެއް ނުވަން

އެތުލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިން: އެ އެސޯސިއޭޝަނުން ބުނީ އޮލިމްޕިކްސް އަށް ފޮނުވުމުގައި ބޭއިންސާފެއް ނުވާ ކަމަށް

23 މެއި 2024 - 11:44

5 comments

އޮލިމްޕިކްސް އަށް އެތުލީޓުން ފޮނުވުމުގައި މިއަދާ ހަމައަށް، އެއްވެސް ބޭއިންސާފެ ވެފައި ނޯންނާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

ފްރާންސްގެ ޕެރިހުގައި މި އަހަރު ބާއްވާ އޮލިމްޕިކްސް އަށް ފޮނުވަން އެންމެ ހައްގު އެތުލީޓަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހްމަދު ކަމަށް، އޭނާގެ ކޯޗު ނަސްރުﷲ އަހްމަދު ފާޅު ކުރި ހިޔާލުތަކަށް ރައްދު ދެމުން އެތުލެޓިކްސް އެސޯސިއޭޝަނުން، މީޑިއާ އަށް ފޮނުވި މެސެޖްތަކުގައި ބުނީ އޮލިމްޕިކްސް އެތުލެޓިކްސްގެ އެތުލީޓުން ފޮނުވަނީ ވަކި މުއްދަތެއްގައި ވަކި ޓައިމިންއެއްގައި ރޭސްތައް ނިންމައިގެން ކަމަށެވެ.

"މިހާރު" އަށް ދިން އިންޓަވިއުގައި ނަސްރު ބުނީ، މި ފަހުން ޝަމްހާ ހޯދާފައިވާ ކުރިއެރުންތަކާއި ހަދާފައިވާ ރެކޯޑްތަކަށް ބަލައިފިނަމަ، އޭނާ ނޫން އެހެން އެތުލީޓަކު އޮލިމްޕިކްސް އަށް ފޮނުވާނަމަ އެއީ ބޭއިންސާފެއް ކަމަށެވެ.

"މި އިން ކޮންމެ ގޮތަކަށް ބެލިޔަސް ޝަމްހާ ކަޓުވާލާފަ އެހެން މީހަކަށް ޖާގަ ދެވޭނެ ގޮތެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. އެހެން ގޮތަކަށް ނިންމައިފިނަމަ އެވާނީ ބޭއިންސާފަކަށް،" އިންޓަވިއުގައި ނަސްރު ބުންޏެވެ.

ނަސްރު އާއި ޝަމްހާ: ނަސްރުގެ ވާހަކަތަކަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ރައްދު ދީފަ

ނަސްރުގެ އެ ކޮމެންޓް ވަކިން ސްކްރީންޝޮޓް ނަގައި، އެސޯސިއޭޝަނުގެ މީޑީއާ ގުރޫޕްގައި ހިއްސާ ކުރުމަށް ފަހު އެ އެސޯސިއޭޝަނުން ބުނީ، އެތުލީޓުން އޮލިމްޕިކްސް އަށް ފޮނުވުމުގައި މިއަދާ ހަމައަށް އެއްވެސް ބޭއިންސާފެއް ވެފަ ނޯންނާނެ ކަމަށެވެ.

"އޮލިމްޕިކްސް އަށް ފޮނުވުމުގައި މިއަދާ ހަމައަށް އެއްވެސް ބޭއިންސާފު ކަމެއް އެސޯސިއޭޝަނުން ނުކުރޭ،" މީޑިއާ ގުރޫޕަށް ފޮނުވި މެސެޖްގައި އެ އެސޯސިއޭޝަނުން ބުންޏެވެ.

އޭގެ ކުރިން ފޮނުވި މެސެޖްތަކުގައި އެ އެސޯސިއޭޝަނުން ވަނީ، އެތުލީޓަކު މެރަތަން ދުވަން އޮލިމްޕިކްސް އަށް ފޮނުވާނަމަ، އެ ފުރުސަތު ދެވޭނީ (ވަކި މުއްދަތެއްގެ ކުރިން) ބާއްވާ މެރަތަން ނިންމަން ޖެހޭ ޓައިމިންގްސް ހިއްސާކޮށްފަ އެވެ.

އަންހެން އެތުލީޓަކު، އޮލިމްޕިކްސް އަށް ފޮނުވާނަމަ، މެރަތަން ނިންމަން ޖެހޭ އެންމެ ލަސް ވަގުތަކީ 2 ގަޑިއރާއި 48 މިނެޓާއި 11 ސިކުންތު ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

ފިރިހެން އެތުލީޓަކު، އޮލިމްޕިކްސްގައި މެރަތަން އަށް ފޮނުވާނަމަ އެ އެތުލީޓަކު މެރަތަން އަށް ޖާގަ ދެވޭނީ 2 ގަޑިއިރާއި 19 މިނެޓް 39 ސިކުންތަށް ވުރެ ލަސް ނޫން ވަގުތެއްގައި ރޭސް ނިންމައިގެން ކަމަށް މެސެޖްތަކުގައި ވެއެވެ.

ޝަމްހާ

އެ ދެ ޓައިމިން އަކީ ވެސް ރާއްޖޭގެ އަންހެން އަދި ފިރިހެން ރެކޯޑަށް ވުރެ ވެސް އަވަސް ވަގުތެކެވެ. އަންހެން މެރަތަން ރެކޯޑް އޮތީ 3 ގަޑިއިރާއި 2 މިނެޓް 41 ސިކުންތުން ނިންމި ޝަމްހާ އަތުގަ އެވެ. ފިރިހެން މެރަތަން ރެކޯޑް އޮތީ ނަސްރުގެ ކޯޗުކަމުގެ ދަށުން ތަމްރީނު ހަދާ ދުވުންތެރިޔާ ޔޫސުފް އިބްރާހިމް އަތުގަ އެވެ. އޭނާ މެރަތަން ރެކޯޑް ހަދާފައި ވަނީ 2 ގަޑިއިރާއި 29 މިނެޓް 39 ސިކުންތުންނެވެ.

އެތުލެޓިކްސްއިން އޮލިމްޕިކްސް އަށް ރާއްޖޭން ޖާގަ ދެނީ އެއް އެތުލީޓަށެވެ. އެ ފުރުސަތު ދެނީ 100 މީޓަރު، 800 މީޓަރު އަދި މެރަތަން އިވެންޓްގެ ތެރެއިން އެތުލީޓަކަށެވެ.

އެސޯސިއޭޝަނުން މިދިޔަ މަހު އަށް ވަނަ ދުވަހު ނެރުނު އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ އުސޫލުގެ ސާކިއުލާއެއްގެ ކޮޕީ "މިހާރު" އިއްޔެގެ ހަވީރު ލިބިފައި ވެއެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 100 މީޓަރު، 800 މީޓަރު އަދި ހާފް މެރަތަންގެ، އޭގެ ކުރީގެ ތިން މަސް ދުވަހުގެ ޕޯފޯމަންސަށް ބެލުމަށް ފަހު 100 މީޓަރު އަދި 800 މީޓަރުގެ ޕާފޯމަންސަށް ވުރެ މެރަތަންގެ ޕާފޯމަންސް ދަށް ނަމަ އޮލިމްޕިކްސްގައި ރާއްޖޭގެ މެރަތަން އެތުލީޓަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.

އަދި ސްޕްރިންޓްގެ 100 މީޓަރާއި މިޑްލް ޑިސްޓެންސްގެ 800 މީޓަރުގެ އިވެންޓުން 1 ޖެނުއަރީން ފެށިގެން މާދަމާގެ ނިޔަލަށް އެންމެ ރަނގަޅު ޕާފޯމަންސް ހޯދާ އެތުލީޓަށް އޮލިމްޕިކްސް ގޭމްސްއިން ފުރުސަތު ދޭނެ ކަމަށެވެ.

ޓައިމް ޓްރެއަލް ބާއްވަން އެސޯސިއޭޝަނުން ހަމަޖައްސާފައި ވަނީ ހޮނިހިރު ދުވަހަށެވެ.

ނަސްރު ބުނީ އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފަހި ފުރުސަތާއި، އެކަށީގެންވާ ވަގުތު ވެސް ފޯރުކޮށް ދިނުމުގައި ދުރު ރާސްތާ އިވެންޓްތަކަށް ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ.

އެ ތުހުމަތު. ކުރީގެ އެހެން ދުވުންތެރިން ވެސް މީގެ ކުރިން އެސޯސިއޭޝަންގެ މައްޗަށް ކޮށްފައި ވެއެވެ. އޭރު ވެސް އެ އެސޯސިއޭޝަނުން ބުނީ ފުރުސަތު ފަހިކޮށް ދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންގްރޫވު

24 May 2024

ދަޢުލަތުން ބޮޑު މުސާރަދީފަ ހަމައެކަނި ދުވަން ބައިތިއްބާފަ ތިބޭ ސިފައިންގެ މީހުންވެސް ދެން އުޅޭ ފާޑެއްދޯ. މުސާރަދީފަ ހަމައެކަނި ދުވަން ހުރެވޭތީވެސް ޝުކުރު ކޮށްބަލަ. ފިތުނަ އުފައްދަން ނޫޅެ.

The name is already taken The name is available. Register?

ޝަބް

24 May 2024

ދެން ތި ޖެހުނީ ހުރިހާ ކަމެއް ހުއްޓާފަ، ވަކި އުމުރުފުރާއެއް ނުބަލާ މެރެތަން ދުވަން ފަށާކަންނު. ޢޮލިންޕިކްސްއަށް ކޮލިފައިވާ ޓައިމްތައް ވަރަށް ބާރަށް ގޮވާލާނީ... ކޮލިފައިވެވޭ ވަރަށް މަސައްކަތް ކުރަންވީ ގޮތެއް ކިޔައި ނުދޭނެ، އެގޮތަށް ކުރިމަގު ރާވާ ބައްޓަން ކުރާނެގޮތެއް ކިޔައި ނުދޭނެ. ތައްޕާހުގައި ތިބޭ ކޯޗުންނަށް ހުރިހާ ކަމެއް ފަހިވާނީ. ވައިލްޑް ކާޑް ސްލޮޓްގަ ގެންދާނީ އެމީހުން ހިތްކިޔާ ބައެއް. ދިގު ދުވުމަކީ އެމީހުންގެ ޕްރައޮރިޓީއެއް ނޫން.

The name is already taken The name is available. Register?

ާައަހްމަދު

23 May 2024

ހއ ތުރާކުނުން ފެށިގެން އައްޑޫ އާ ހަމަޔަށް ރާއްޖެ ތެރޭ ކޮންމެ ދިމާލެއްގަ ދިރިއުޅޭ ކުއްޖަކަށްވެސް ރަށުގަ ހުރެގެން ގައުމީ ޓީމައް އެރުމުގެ ފުރުސަތު ލިބޭ ހަމަ އެކަނި ކުޅިވަރު އެތްލެޓިކުސް އަކީ... މީވަރަށް ސާފުކޮއް ފެންނަން އޮތް ހަޤީގަތެއް ގައުމީޓީމުގެ ސްކޮޑައް ބަލާލިޔަސް...

The name is already taken The name is available. Register?

ޢަޒީ

23 May 2024

ޢެތްލެޓިކްސް އަކީ ރާއްޖޭގެ ކޮންމެ ދިމާލެއްގަ މަސައްކަތްކުރާ ކުއްޖަކަށްވެސް ވަރައްހާމަ ކަން ބޮޑު ގޮތެއްގަ ފުރުސަތު ލިބޭ ހަމަ އެކަނި ކުޅިވަރު.. ބަޔަކައް ހަޖަމުނުވެގެން އުޅެނީ އެހެންވެގެން..

The name is already taken The name is available. Register?

ބެލެނިވެރިން

23 May 2024

ބޮޑުތަނުން ބޭއިންސާފް ވޭ ހާއްސަކޮއް ބާސްކެޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454