ހުސެއިން ޝިފާއު--
23 މެއި 2024 - 12:59
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލާގައި ދައުވާ ކޮށްފައިވާ ހުސެއިން ޝިފާއު ސަރުކާރުގެ ސިޔާސީ މަގާމަކަށް އައްޔަން ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާ އައްޔަން ކޮށްފައި ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ.
"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު ހިންގި މުއާމަލާތްތަކުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ އޭނާ މިދިޔަ އޭޕްރިލް 28، 2023 ގައި ހައްޔަރު ކުރި އެވެ.
ނަމަވެސް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ޖެހިގެން އައި މަހު އޭނާ ދޫކޮށްލި އެވެ. އެ މައްސަލަ އިސްތިއުނާފް އިސްތިއުނާފް ކުރިއިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފި އެވެ.
އެ މައްސަލާގައި ފުލުހުންގެ އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމުން ޝިފާއު އަމިއްލަ އަށް ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ޝަރުތުތަކާއެކު ވަނީ ދޫކޮށްލައިފަ އެވެ.
ޝިފާއު ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައިވާ އިރު ޕީޖީ އޮފީހުން ބުނި ގޮތުގައި އޭނާގެ މައްޗަށް ހުށަހެޅި އެއްވެސް މައްސަލައެއް އަނބުރާ ގެނެސްފައެއް ނެތެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުނު ގޮތަށް ކޯޓުގައި އެބައޮތް ކަމަށާއި މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އޭނާ މިވަގުތު ބަންދުން ދޫކޮށްލާފައިވީ ނަމަވެސް ޝިފާއު އަށް ކުރި ޝަރުތުތަކުގެ ތެރޭގައި މާލެ ފިޔަވައި އެހެން ރަށަކަށް ދަތުރު ނުކުރުމާއި، ޕާސްޕޯޓު ހިފެހެއްޓުން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެރިޔާބަދަލު
23 May 2024
މުއިޒު ހިންގުން ހަރުދަނާކުރާވަހަކަ ތަރުޖަމާނު ނޫސްވެރިންގާތުގައި ވިދާޅުވަމުން ގެންދަވާއިރު މިފަދަ "ހުދުފޮތިކޮޅެއް" އިސްމަގާމަކަށް އައްޔަނުކުރަން ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް. ރަގަޅުކުރައްވާ. އެހެންނޫނީ ކުރިޔަށް އޮއި 5އަހަރު ނިމުމުގެ ކުރިން ދިވެހިން ވެރިމީހާ ބަދަލުކުރާނެ.
ސީސީ އާރު
23 May 2024
ހަތަރު ކަށިމަތި މާލޭމީހެއް ކުށުގެ ރިކޯޑު ބަލާކައް ނުޖެހޭ، މީނަޔައް ވަޒީފާދޭން ހިޔާލު ދިންމީހާޔާ ވަޒީފާދިން ފަރާތާ ދެމީހުންވެސް ވަޒީފާއިން ވަކިކުރަންވީ މިހާރުވެސް މީނަ ހުޅުމާލެއިން ރީފަރ ކޮންޓެއިނަރ ބަހައްޓާގެން ފުރުޓު ހޯލްސޭލްކުރޭ މީނަފެންނާނެ އެމްޕީއެލް ކެފޭއިން ބަނދަރު މަތީގަ ހުންނަފިހާރައެއްގަ ހުރޭ ޖަރީމާ ހިންގަން މިކަހަލަ ވަގުން ބަންދުގަ ބަހައްޓަންޖެހެނީ
13ވގ
23 May 2024
ކޮބާ ޕޮލިސްރިޕޯޓް ވަޒީފާދިންއިރު. އާ މަސައްކަތުމީހެއްގެވަޒީފާ ދެންޏާ ހޯދާ ޕޮލިސްރިޕޯޓް
ހޯރަބޭ
23 May 2024
މިތާނގައި ވާއެއްޗެއް، ނުވާއެއްޗެއް އަދި ވާއެއްޗެއް އެބަ އިނގޭ
ފޮނިޓައްޕު ހަސަނު
23 May 2024
ތިމީހަކީ ދުނިޔޭގެ އެކިގައުމުތަކުގެ ކުންފުނިތަކަށް އޮޅުވާލައިގެން ފައިސާ ނުދީ މުދާ އެތެރެކޮށް އެތަކެއް މަކަރާއި ހީލަތް ހަދައި އަދި އެތަކެއް ފަހަރުމަތިން ޖަލު ހުކުމް ތަންފީޒު ކޮށްފައިވާ މީހެއް. ތިޔަ މީހަކަށް ސިޔާސީ ވަރުގަދަ މަގާމެއް ދިނުމުން މިސަރުކާރުގެ ހައިބަތާއި އަގު އެބަދޭ ފަނޑުވަމުން.
އަހްމަދީއަހްމަދު
23 May 2024
މީނާ ނުދަންނަ އެއްވެސް ވިޔަފާރިވެރިއެއް ނުހުންނާނެ. މިމީސްމީހުނަށް މަގާމްތައް ތިޔަ ދެއްވަނީ މަނިކުފާނަށް ބަލަދު އަރާތީތޯ ރައްޔިތުން އެބަ އަހަރެމެންނާ ސުވާލުކުރޭ. އެހެންކަމުން ރައީސް އެ ސުވާލުގެ ޖަވާބުދެއްވުން އެދެން.
ބުރަތޭރީ
23 May 2024
ސަރުކާރުގެ އިތުބާރު ގެއްލޭފަދަ ކަމެއް...ވަރަށްގިނަ ރައްޔިތުން ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ ސަބަބުން، ސަރުކާރާމެދު މާޔޫސްވާން ފަށައިފި.
ބިޔަ
23 May 2024
ހިންގުން ހަރުދަނާކުރުމަށްކަމަށް ހީނާ ވިދާޅުވަނީ
ކަމަނަ 12
23 May 2024
ތަޖުރިބާ ހުރި ބޭފުޅުން ދޯ ބޭނުންވާނީ.
ކޮރަލް
23 May 2024
މުއިއްޒު އެކޭ ޔާމީން އެކޭ ނަޝީދު އެކޭ ކިޔާނެ ކަމެއް ނެތެވެ. ފަގީރުންގެ ޕާޓީ ހަދަން ވީ އެވެ. ދަނޑުވެރީންގެ ޕާޓީ ހަދަން ވީ އެވެ. މަސްވެރީންގެ ޕާޓީ ހަދަން ވީ އެވެ.