ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ ފްލެޓެއްގެ ކުޑަދޮރުން ކުއްޖަކު ސިޑިގޮޅިއަށް ފައިބާ ވީޑިއޯއް އާއްމުވުމުން މައްސަލަ ބަލަނީ!

ހިޔާ ފްލެޓް އެޕާޓްމެންޓުން ފައިބައިގެން ކުޑަކުއްޖަކުދާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް.--

ހިޔާ ފްލެޓް އެޕާޓްމެންޓެއްގެ ކުޑަދޮރަކުން ސިޑިގޮޅިއަށް އަނިޔާއެއް ލިބިދާނެ ފަދަ ގޮތަކަށް ކުޑަ އަންހެން ކުއްޖަކު ފައިބާ ވީޑިއޯއެއް އާއްމުވުމުން، އެކަން ހިނގައިދިޔަ ގޮތް ފުލުހުން ބަލަން ފަށައިފި އެވެ.

ފޭސްބުކްގައި އާއްމުވި ވީޑިއޯގައި ފެންނަނީ ކުޑަ އަންހެން ކުއްޖާ ކުޑަދޮރުން ޝީޓު މައްޗަށް ނުކުމެގެން އެ ފްލޯގެ ސިޑިގޮޅިއަށް ފައިބަން އުޅޭ ތަނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއީ، ހިޔާގެ ޓަވަރެއްގެ ފުރަތަމަ ފަންގިފިލަ އެވެ.

ކުޑަދޮރުން ޝީޓު މައްޗަށް އަރައި ސިޑިގޮޅިއަށް ފޭބޭ ގޮތަށް ހިޔާ ފްލެޓުގައި ހުންނަނީ ފުރަތަމަ ފްލޯގައި އެކަނި. -- ފޮޓޯ | ފަޔާޒް މޫސާ

ރަތް ފްލެޓެއްގެ ފުރަތަމަ ފްލޯގެ ކުޑަދޮރުން އެ ކުއްޖާ ފައިބާ މަންޒަރު އާއްމުވުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ނުރައްކާކޮށް ހުރި ތަނަކުން، އެގޮތަށް ފޭބުމަކީ އެ ކުއްޖާއަށް އަނިޔާއެއް ލިބިދާނެ ކަމަށް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އާއްމުވެފައިވާ ވީޑިއޯގައި ފެންނަ 9 އަހަރުގެ ކުއްޖާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއީ މި ކުއްޖާ ސިޑިގޮޅިއަށް ފޭބި ފުރަތަމަ ފަހަރެއް ނޫނެވެ. މިގޮތަށް ގެއިން ނުކުންނާތީ، ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް މައްސަަލަ އޮތީ ގެނެސްފަ އެވެ. އެ މިނިސްޓްރީން ވެސް އަންނަނީ މި ކުއްޖާގެ ކަންކަން ބަލަމުން ކަން އެނގިފައިވެ އެވެ.

ކުޑަދޮރުން ފައިބައިގެން ހިނގާފައި ގޮސް އެ ކުއްޖާ ސިޑިގޮޅިއަށް އަރައި އެތަނަށް ފައިބާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ. އެ ޝީޓުމަތިން އެގޮތަށް ފޭބެން އިންނަނީ ހިޔާ ފްލެޓްތަކުގެ ފުރަތަމަ ފްލޯގައި އެކަންޏެވެ.

15 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 55%
icon angry icon angry 10%
icon wow icon wow 20%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެކެކެކެ

25 May 2024

ވޮންޑަރ ވުމަން ފުރޮމް އިހުސާން ފިހާރަ

The name is already taken The name is available. Register?

ކކްއެ

25 May 2024

ޖެކީ ޗަން

The name is already taken The name is available. Register?

ދެރަ

25 May 2024

އަޅެ، ޖެންޑާއޭ ނުކިޔާ ބެލެނިވެރިން އަމިއްލައަށްވެސް އެކަހަލަ ކުއްޖެއްކަން އެގޭ އިރު ރެއިލިން ނަމަވެސް ނޫނި ކޮންމެސް ކަހަަލަ އެހެން ގޮތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްއަޅަންވާނެދޯ

The name is already taken The name is available. Register?

ބިސް

25 May 2024

ސްޕައިޑް ގާލް

The name is already taken The name is available. Register?

އައްބެ

25 May 2024

ބޭރުފަރާތުން ރެއިލިން އެއް ޖަހާ ހުރިހާ ކުޑަދޮރުތަކެއް ބަންދުކުރޭ. ސްލައިޑް ޑޯ އަކީ ވަރަށް ފަސޭހައިން ދޮރުފަތް ނައްޓައިގެން ދާއެއްޗެއް. އެބަހުރި ކުދިން ކުޅެން އުޅުމުގެ ތެރޭގައި ދޮރުފަތުގައި ބާރަށް ޖެހިގެން ދޮރުފަތް ބިންމައްޗަށް ވެއްޓިފައި.

The name is already taken The name is available. Register?

raajje

25 May 2024

ޖެންޑާއަށް އެކަށީގެންވާގޮތުގައި އެމީހުންގެ ޒިންމާއަދާނުކުރެވޭ، މިކަމުގައި ބައިވަރުސަބަބުތައް ހުންނާނެކަން އަޅުގަނޑަށްއެނގޭ، ޖެންޑާހަރުދަނާކޮށް ކެޕޭސިޓީ އިތުރުކުރުމަކީ ކޮންމެހެންކުރަންޖެހޭކަމެއް! ޖެންޑާގެ ފެންވަރުއަޅުގަނޑަށް ހާމަވީ ކުރީގެ ވައިފަށްލިބިފައިވާ ދަރިފުޅުގެ ކަންކަން ބެލެހެއްޓުމުގާ ކުއްޖާގެ މަންމަ ޖެއްސުންކުރާތީ މިކަންހައްލުކުރަން ޖެންޑާގެއެހީއަށްއެދުމުން، ޖެންޑާމެދުވެރިކޮށް ހޯދުނުހައްލެއްނެތް ކުއްޖާއަށް ދެވުނުރައްކާތެރިކަމެއްވެސްނެތް

The name is already taken The name is available. Register?

ހަމަބުނެވޭނީ

25 May 2024

ކޮންމެ ސަރުކާރެއްގަވެސް މިނިސްޓްރީތަކަށް ލާފަ ތިބޭ ސިޔާސީ މީހުން މަދީ ކަމަށްވާނީ. ގައުމުގެ ކޮންމެ 10 ރައްޔިތަކަށް ސިޔާސީ މަގާމެއްގެ އެކަކު ހުއްޓަސް އެއްވެސް ކަމެއް މިގައުމުގަ ހައްލުވާނެކަމަކަށް ނުފެނޭ

The name is already taken The name is available. Register?

ޢެޑްމުންޑޯ

25 May 2024

ކަލޯ މިކަމާ ޖެންޑާ އާއި ހުރީ ކޮންގުޅުމެއް ، މައިންބަފައިންގެ އުޅުން ބޮއްސުންލީމާ މިކަހަލަ ކަންތައްފެންނަނި ، ކުދިން ތަރުބިއްޔަތުކޮށް ރަގަޅުޖީލެއް ބިނާކުރުމުގެ 90 ޕަސެންޓް ޒިންމާ އަކީ މައިންބަފައިން ނަގަންޖެހޭ ކަމެއް ،

The name is already taken The name is available. Register?

raajje

26 May 2024

@ޢެޑްމުންޑޯ: ވަރަށްރަނގަޅު ސުވާލެއްތިކޮށްލީ، ވީޑިއޯއިންފެންނަ ކުއްޖާ ކުރިކަންތަކާ ސީދާގުޅުމެއް ޖެންޑާއާހުރިވާހަކައެއްނޫން މިދެންނެވީކީ! ނަމަވެސް މައިންބަފައިން ދުރުވުމުގެ ސަބަބުން ހާލުގައިޖެހޭކުދިންގެ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުމާ އެފަދަ މައިންބަފައިންގެ މެދުގައި ކުށްޖާއަށް އެންމެފައިދާވާނެގޮތަށް ސުލްހަގާއިމުކުރުމަކީ ޖެންޑާގެޒިންމާއަކަށްވީއިރު މިކަންކަން ނުކުރެވޭވާހަކަ މިދެންނެވީ، އާއިލާރޫޅިފަތިބޭކުދިން އާންމުކޮށް ތިޔަހެންއުޅެނީވެސްދެއްތޯ!

The name is already taken The name is available. Register?

ޒިންމާދާރުކަން

26 May 2024

މިފެންނަނީ އިހުމާލު ވެފައިވާތަން ، އިހުމާލުވާ މައިންބަފައިން ނަސޭހަތްދީ އިންޒާރުދީ އަދި ފިޔަވަޅު އެޅުމަކީ ފެމެލީ ޕްރޮޓެކްޝަން އެޖެންސީ އަދި ޖެންޑާ މިނިސްޓަރީ ގެ ޒިމާގައިވާކަމެއް،

The name is already taken The name is available. Register?

‫ޔުސޭރު

25 May 2024

މ‫ިކަހަލަމަންޒަރ މިފެންނަނީ ބެލެނިވެރިންގެ ޖާހިލުކްމުން. ދަރިން ތަރުބިޔަތު ކުރަން ކުރާ އެއްވެސް ކަމެއްނޯވެ. ފޮތެއް އެއްޗެއް ކިޔާލާ މައުލީމާތު ހޯދިމެއްނޯވެ. ހްތަރުދަމު ފޯނިގަ ޓިކްޓޮކް ނުވަތަ ކޮންމެވެސް ޕާޓީ ޕްރޮގްރާމެއް ބަލަން ތިބޭނީ.

The name is already taken The name is available. Register?

ޑޭމޮމޮ

25 May 2024

ތީ ގުވެން ސްޓޭސީތަ؟

The name is already taken The name is available. Register?

ހަސަނު

25 May 2024

އެގޭގަ އެ ކުޑަދޮރު ހުރިން ރައްކާތެރިއެއް ނޫން.. ދައުލްތުން އެކުޑަދޮރު ނަގާ އެޅިގަލުމް ރާނާލުން މި ވަގުތަށް އޮތް ހަމަ އެކަނި ހައްލަކީ...

The name is already taken The name is available. Register?

ޕިކްސް

25 May 2024

ކޮބާތަ ބެލެނި ވެރިންގެ ޒިންމާ. ސަރުކާރަކުން ހުރިހާކަމެއް ކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

ބާހަލާކު

25 May 2024

ދައުލަތުން ބަލަން ހޯދާފަ ހުރި ކުދިންތަ، އުޅެން ރައްކާތެރި ތަނަކަށް ނުވާތީ ފުލެޓް އަތުލުން ރަނގަޅީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454