މައްސަލައެއްގެ ތަހުގީގުގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ | ޕޮލިސް
24 މެއި 2024 - 23:37
މާފަންނު ގެސްޓްހައުސްއެއްގައި ފިރިހެނަކު ކިޑްނެޕް ކޮށްގެން ގެންގުޅެނިކޮށް ފުލުހުން މިރޭ ސަލާމަތްކޮށްފި އެވެ.
މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ "ސްކައި ލޭންޑް" ކިޔާ ގެސްޓްހައުސްގައި ނޭޕާލްގެ އެ ފިރިހެން މީހާ ގެންގުޅޭތާ، އެނގިފައިވާ ގޮތުގައި، ހަފުތާއެއް ވެއްޖެ އެވެ.
ފުލުހުން ބުނީ އޭނާ ކިޑްނެޕްކޮށްގެން ގެންގުޅޭ މައްސަލަ ރިޕޯޓްކުރީ މިއަދު ކަމަށެވެ.
އެ ގެސްޓް ހައުސްގައި، ފުލުހުންގެ އެންޓި-ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެންމެ ސީރިއަސް ކުށްތަކުގެ ތެރޭގައި ހިމެނޭ، މި މައްސަލައިގައި މިހާތަނަށް ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފިރިހެންމީހާ ސަލާމަތްކޮށް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާބޭބެ
25 May 2024
ދިވެހީންގެ ރާއްޖެ ހާދަ ހެޕަނިންއޭ.
ގުލްޒާރު
25 May 2024
މިހާރު ދެން ބަންގާޅީންތައް މީހުން ކިޑްނެޕްވެސް ކުރަން ފެށީ ދޯ؟ ދެން ތިބި މީހުންނަށް ނަމޫނާއަކަށް ނަމަވެސް ތިޔަ މީހުންނަށް ހަރުކަށި އަދަބުދީ ދުވަހަކުވެސް ރާއްޖެ ނާދެވޭ ގޮތަށް ޑިޕޯރޓްކުރަން ފެނޭ!
ކަރުކެހޭދޮންބެ
25 May 2024
ބިދޭސީންނައް ވަރައް ސާފުކޮއް ބަންގާޅީބަހުން ދަރުސް ދޭހެން... އަދި ހަމަ ހުރިހާ ބިދޭސީންނައް އެނގެންޖެހޭ.. ކިރިޔާވެސް ކުށެއްކޮއްފިނަމަ ޑީޕޯޓު ނޫންގޮތެއް ނެއްކަން
ދިވެހިދަރީން
25 May 2024
ތިގޮތަށް ދިވެހިންގެ ނިކަމެތި ބައެއް ދިވެހި އާއިލާތައްވެސް ގެންގުޅޭކަން ދިވެހި ފުލުހުންނަށް އިހުސާސުވެ އަމިއްލަޔަށް ޕުރޯ އެކްޓިވްކޮށް ރައީސްގެ ބެލުމުގެ ދަށުން ކުރާނެ ދުވަހެއް އަންނަނަމަ ކިހައި ރަނގަޅު. ގެސްޓު ހައުސްޓަކުގައި ވަރށް ހީނުކުރާ ކަންކަން ކުރޭ. ސަރުކާރުން މިކަމަށް ސަމާލުކަމެއް ދީ އެތަންތަން ހަރުދަނާކޮށްބަލަ. ސުކޫލު ކުދިންވެސް ސަލާމަތްކުރަންޖެހޭ، ބޭރުމީހުން ތިބެނީ އެތަންތަން ހިންގަން .
ާއަލިމޯޑު
25 May 2024
ބަންގާޅީން ބޭރުކުރާކަށް ނުވޭހޭ މިތާ ކޮމެންޓު ކުރާއިރު އެމީހުންނާ ނުލާ އުޅެވޭކަށް ނެތް ދިވެހިންނަކަށް.ބުރަ މަސައްކަތެއް ވިއްޔާ ކުރަނީ އެމީހުން.ސައި ހޮޓާ ،ބޯކޮށާތަންތަން،ކަންމަތީ ފިހާރަތައް ހިންގަނީ އެމީހުން.މަޖީދީމަގު ހެދުން ވިއްކާ ފިހާރައިގެ ކައުންޓަރުގަ ބައިންދާފަ އިންނަ އަންހެންކުއްޖާ ގާތު އެއްޗެއްގެ އަގު އަހާލީމަ ޕްލީސްއޭ ބުނާ ފަދައިން ބަލާލާނީ އެތާ އުޅޭ ބަންގާޅީ ސޮރާ ދިމާލަށް.އެސޮރު އޭގެ އަގު ހަދާނީވެސް ޑިސްކައުންޓް ދޭނީ ވެސް. މިއީ ހާލަތު
ދޮހޮއްތު
25 May 2024
ތަނެއްގައި ބަންދުކޮއް ގެންގުޅުމަކީ އަދި ކިޑްނެޕްކުރުމެއް ނޫން.. އެއައްވުރަ މާގިނަކަންކަން އެކުލެވޭ ކަމެއް އެއީ .. ހަމަ ބުނެލީ
ޤައުމު.
25 May 2024
މިސަރުކާރު އައި ފަހުން ކިހިނެއްތަ މިޤައުމަށް މިވަނީ؟؟
ބަރުބާދު
25 May 2024
މިސަރުކާރު އައުމުގެކުރިން ކޯމާގަތޯއޮންނެވީ؟. އެހެންނޫންނަމަ އެނގިލައްވާނެ މީކީ މިއަހަރު މިގައުމައް ލެއްގިބައިގަނޑެއްނޫންކަން.
މުއިއްޒު.........،
25 May 2024
ތި ބަންގާޅީން މަތަކުރަން ރައްޔަތުން ނިކުތުމަށް ގޮވާލަން މިގައުމަށް ޖެހިފައިވާ އެންމެ ބޮޑު މުސީބާތް
ބަރުބާދު
25 May 2024
އަދިވެސް ތިބަންގާޅީންތައް ބޭރުކުރާކައްނުވޭތަ؟.
ދޮންއަނބު
25 May 2024
ދިވެހިންނަކީ ވާ ރޭސިސްޓު ބައެއް
ތަދައްޙުލް
25 May 2024
ބަންގާޅީންނޭ ނުކިޔާ. ކޮންމެވެސް އަންހެން ޑޮކްޓަރަކާ ދުންޔާ ގައްޔޫމު ކޯފާ ވެދާނެ.
ކޮރަލް
25 May 2024
ބޮޑެތި ކުއްކުރާ ބިދޭސީން ގެ މައްސަލަ ޑީޕޯޓް ނުކޮށް މައްސަލަ ހައްލެއް ނުވާނެ އެވެ. މައްސަލަ ތައް ތަހުގީގު ކުރާ ވަރަކަށް ފައިސާ އާ ނުފޫޒު ބޭނުންކޮށްގެން ކުއްކުރާ ބިދޭސީން ސަލާމަތް ވަނީ އެވެ. މިވެސް ހައްލު ކުރަން ޖެހޭ މައްސަލަ އެކެވެ ކޭޝިއަރުންނަށް ކޯޓާ ދޫނުކުރިއަސް 90 ޕަސެންޓް ވަތް ގަނޑު ތަކާ ( ފައިސާ އާ )ހަވާލު ކޮށްފަ ބިދޭސީންނާއެވެ.