އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އެފްއޭއެމްގެ ފައިސާގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދާތީ ފުލުހުން ވަނީ ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީސް ވެސް ރެއިޑްކޮށްފަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
26 މެއި 2024 - 12:37
އެފްއޭއެމްގެ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތުހުމަތުގެ ތަހުގީގުގައި ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީސް ވެސް ފުލުހުން މިއަދު ރެއިޑްކޮށްފި އެވެ.
އެފްއޭއެމްގެ އިދާރީ އަދި ޓެކްނިކަލް ބައެއް މަސައްކަތްތައް ވެސް ކުރިއަށްގެންދާ އެ އެފީހަށް ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.
އެފްއޭއެމްގެ ވެރިންނަށް ކުރެވޭ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު ފުލުހުން ވަނީ މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމްގެ މައި އޮފީސް ވެސް ރެއިޑްކޮށްފަ އެވެ.
ގޮލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީސް ވެސް ފުލުހުން ރެއިޑް ކުރީ، ފައިސާގެ މުއާމާލާތް ކުރުމުގައި އެ އެސޯސިއޭޝަނުން ބޭނުން ކުރާ ބައެއް ލިޔެކިޔުންތަކާއި ޑިޖިޓަލް މައުލޫމާތުތައް ވެސް އެއްކުރުމަށްކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ޕީޖީ ޝަމީމު، މީގެ ކުރިން ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ހިޔާނާތުގައި ޕްރައިމް ސަސްޕެކްޓަކީ ބައްސާމް ކަމަށެވެ.
ކޯޓުން ވަކި ހުކުމެއް އިއްވުމުގެ ކުރިން ބައްސާމަކީ ކުށްވެރިއެއް ކަމުގައި ދޭހަވާގޮތަށް ސިފަ ނުކުރުމަށް މިދިޔަ ހަފުތާގައި ކޯޓުން އަމުރެއް ނެރުނެވެ.
އެފްއޭއެމްގެ ފައިސާއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ. އަދި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ޝަރީއަތް ނިމެންދެން ދެމެހެއްޓުމަށް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައި ވަނީ ޑޮލަރު މާރު ކުރުމުގެ ނަމުގައި އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކުރުމަށް، ބޭންކަށް ފޮނުވާ މައުލޫމާތުގައި އެފްއޭއެމުން ޖަހާފައި ވަނީ "ސޭލްސް އޮފް ޑޮލަރު" ކަމަށް، ޕީޖީ އޮފީހުގެ ނިއުސްލެޓާ "އުންސުރު" ގެ މާޗް މަހުގެ އަދަދުގައި ވެއެވެ.
" ... ނަމަވެސް، އެ ފައިސާ އަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައި ނުވެ އެވެ. މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުން ތަކަށެވެ.،" އުންސުރުގެ އާޓިކަލްގައި ވެއެވެ.
އެ ފައިސާ ބޭނުންކޮށްގެން ބައްސާމް، މުދާ ގަނެ އޭނާގެ ވިޔަފާރި އަށް ހަރަދުކޮށް އާއިލާގެ ހަރަދުތަކާއި ބޭރު ދަތުރުތަކަށް ވެސް ހަރަދު ކުރުމުންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުގެ ލިޔުމުގައި ބުނެފައި ވެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫޖީ
27 May 2024
ރެއިޑް ކުރަނީޔޯ ... ވަގަށް ނުގޮވާށޯ .. ވަގަށް ނުގޮވަން ކޯޓުއަމުރު އެބައޮތޯ ..
ޓްރުތް
27 May 2024
ބައްސާމް އެވަރަށް ލާރިކައިފަ އޮތްނަމަ މިހާރު އޭނަ ފިލިތާ ކޮން ދުވަހެއް. ޒާތީވާން އުޅުނަސް ފުކެއް ބޮޑުވަރު. އެހާ ލާރިއޮތް އިރު ތިބުނާވަރުގެ ބޮޑެތި ވިޔަފާރިތަށް ކުރާ ބޮޑު ކުންފުންޏެއް ވެސް ހިންގާ މީހެއްނޫން އެއިކީ. ކޮބާތަ އެއްކަލަ މަންޑޭ؟ އޭނަގެ އަންހެނުން މުޅި ދުނިޔެވަށާ އަދިވެސް ބުރު ޖަހަމުން ދަނީ މީހުންގެ އަތުން ނުހައްގުން ނަގާފަހުރި ލާރިގަނޑުން. މޮޅެތި އެޕާޓްމަންޓްތަކުގަ ދިރިއުޅެމުން. ފުރަތަމަ އޭނަ އަތުގަ ހުރި ލާރިތަށް ހޯދަބަލަ.
މީބޯޅަ
26 May 2024
ތިޔަމީހާއަށް އެއްކަމެއްވެސް ނުވާނެ ވަކިހިސާބަކުން މަހުލޫފު ޖެއްސިމަޅީގަޖައްސާފަ ތިޔަމީހާ ހުދުކާފޫރު ވާނެ
ހަސަނު
26 May 2024
މިކަން މި ކުރާ ގޮތް ކަމަކުނުދޭ... ޢަހަރަކު ތަނެއް ރެއިޑް ކުރާއިރު ވައްކަމުގެ ބައިވެރިވާ ހުރިހާ އެންމެން އެދަނީ އެ ތަންތަނުގާ މަސައްކަތް ކުރަމުން.. ހެކި ނައްތާލުމުގެ އިތުރުން އެ ވައްކަން ބަރާބަރަށް ކުރަމުން އެގެންދަނީ... ބައްސާމު ހުންނަން ޖެހޭނީ މައްސަލަ ތަހުގީގުކޮށް ނިމެންދެން ޖަލުގަ.. އެ ހުރިހާ ތަނެއް އެއްފަހަރާ ބަލާފާސްކޮށް ނިމެންދެން އެ ތަންތަންވެސް ހުންނަން ޖެހޭނީ މީހަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ...
ހަސަން ކުރުސީ
26 May 2024
ފުލުހުން ވަންނާންވެސް ވަންނާނެ. ނުކުންނާންވެސް ނުކުންނާނެ. ވާނެ މާބޮޑުކަމެއް ނޯންނާނެ.
މޮހޮދަޅޭ
26 May 2024
ސާބިތުވާނެބާ؟ ސާބިތުވެޖެއްޔާ ކިތަންމެހާވެސް ރަނގަޅު. ސާބިތުވިޔަސް ތި ފައިސާ ދައުލަތަށް އަނބުރާ ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް. މޮޅެތި ނަންނަން ކިޔާފަ ބޮޑެތި އިދާރާތަކާ ކޮމިޝަންތައް ހަދައިގެން މިހާތަނަށް ދައުލަތުން ގެއްލިފައިވާ އެއްވެސް ފައިސާއެއް ހޯދުނުކަން އެނގޭކަށް ނެތް.
ބޯޅައާއި ސީރިއަސް ފައިސާގެ ކުށް
26 May 2024
މިކަލޭގެ އަވަހަށް ޖަލަށް ކަހާލައިފައި އަހަރެމެންގެ ދިވެހި ފުޓުބޯޅަ ވީހާވެސް އަވަހަކަށް ރަގަޅު މާސްޓާ ޕްލޭނެއްގެ ދަށުން ކޮއްޅަށް ޖަހައި ފޯރި އަބުރާ ގެންނަން އެއްމެން ހިފަމާ!!
ޖާގަ
26 May 2024
ކަލޭގެ ޖަލަށް ލެވިދާނެ. ދެން ހަމަވާނީ 100 މިލިޔަން ކަޓުވާލި މީހާއަށް ވީގޮތް.
ހުދުހުދުގެ ކުޑަހުދުހުދު
26 May 2024
ހުރިހާ ނޫހަކުން ބައްސާމުގެ ފޮޓޯޖަހައިގެން މި ހަބަރު ގެންނަނީ، ބައްސާމު އެއީ އަޅެ އެފް.އޭ. އެމް ތަ، އެތައް އަހަރަކު ތިޔަ ކުރި ވައްކަތަކުގައި ބައިވެރިވި ކަމަށް ތުހުމަތުވަނީ ބައްސާމު އެކަނިތަ، އެހެންވިއްޔާ ބައްސާމަކީ ހާދަ ކުޅަދާނަ، ހުދުމުހުތާރު މީހެއްތާދޯ. ނޫސްތަކުގައި މި ހަބަރު މިހާރު މިގެނެއްދޭގޮތުން ހަމަ ނުހުރެވިގެން މި ލިޔަން ޖެހުނީ،