ރައީސް ޑރ. މުހައްމަދު މުއިއްޒު ސީޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަން-- ފޮޓޯ: ރައީސް އޮފީސް
27 މެއި 2024 - 10:29
ރައީސް ޑރ. މުހައްމަދު މުއިއްޒު ސީޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަން އާ ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުން ކުރިޔަށް ދިޔައީ ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާ އަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތު އޮތް މުހިންމު ކަންކަމާ ބެހޭ ގޮތުން ދެ ރައީސުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އޭގެ ތެރޭގައި އިންޑިއާ ކަނޑު ސަރަހައްދުގެ ސަލާމަތާއި ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމާއި މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ މައްސަލާގައި ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިޑްސްގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި އެ ކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް ރައީސް މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދެ ރައީސުންގެ ބައްދަލުވުން ނިންމާލާފައި ވަނީ ރާއްޖެ އާއި ސީޝެލްސް ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ބައިނަލްއަގުވާމީ މަސްރަހުގައި އެއްބާރުންދީގެން ކުރިޔަށް ދިޔުމުގެ ރޫހެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރުﷲ އަލީ
28 May 2024
ސީޝެލްއާވެސް ގުޅުން ބާއްވަން ވާނެ. ހުރިހާ ގައުމަކާވެސް ގުޅިގެން ކުރިޔަށް ދާންވާނީ
އަފްސަލް ހަމިދު
28 May 2024
ހުރިހާ ގައުމަކާވެސް ގުޅިގެން ރައީސް މުއިއްޒް ކުރިޔަށް މިދަނީ
އާސިމް ރިޡަ
28 May 2024
ސީޝެލްސްގެ ވެރިން ކައިރިންވެސް ދަސްކުރެވޭނެ ލައްކަ ކަންކަން ހުންނާނެ. މިއީ އެކަހަލަ މީޓިންއެއް ކަމަށް ވަނީ
އަލީބެ
27 May 2024
މޮރިޝަސްގެ ވާހަކަ މިހާރު ނުދެކެވޭ. ޗާގޯސް މައްސަލާގަ ލިބުނު ކުރިއެރުމަކީ.
ކައިރި ގައުމުތަށް
27 May 2024
ފުރަތަމަ މި ކަނޑު ސަރަހައްދުގަ ވާ ގައުމުތަކުގަ ބާރުގަދަ ކޮއްބަލަ. ކޮން އިންޑިޔާ ޗައިނާ އެއްތަ؟ ގްލޯބަލް ޕޮލިޓިކްސް ހަބަރުތައް ގިނަކޮއްދެއްވުން އެދެން. ސިޔާސީވެރިން ކުޅޭ ސިޔާސީ ޑްރާމާ ހަބަރު ކަމުނުދޭ