ހިޔާ ފްލެޓް އެޕާޓްމެންޓުން ފައިބައިގެން ކުޑަކުއްޖަކުދާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް.--
29 މެއި 2024 - 07:22
މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވީ ކުޑަ އަންހެން ކުއްޖަކު ހިޔާ ޓަވަރެއްގެ ކުޑަދޮރުން ފައިބާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. ކުއްޖާ ފައިބަނީ ހިޔާ ޓަވަރެއްގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުންނެވެ.
ހިޔާ 16 ވަނަ ޓަވަރުގައި ގާތްގަނޑަކަށް 10 ފޫޓަށް ހުންނަ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ފައިބައިގެން ހިނގާފައި ގޮސް އެ ކުއްޖާ ސިޑިގޮޅިއަށް އަރައި އެތަނަށް ފައިބާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ. އެ ޝީޓުމަތިން އެގޮތަށް ފޭބެން އިންނަނީ ހިޔާ ފްލެޓްތަކުގެ ފުރަތަމަ ފްލޯގައި އެކަންޏެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެއީ އެންމެ 9 އަހަރުގެ ކުއްޖެކެވެ. ރަތް ކުލަ ލާފައި ހުރި ފްލެޓެއްގެ ފުރަތަމަ ފްލޯގެ ކުޑަދޮރުން އެ ކުއްޖާ ފައިބާ މަންޒަރު އާއްމުވުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނުރައްކާކޮށް ހުރި ތަނަކުން، އެގޮތަށް ފޭބުމަކީ އެ ކުއްޖާ އަށް ވަރަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމަށް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުނީ މިއީ އެ ކުއްޖާ ކުޑަދޮރުން ފައިބައިގެން އުޅުނު ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މީގެ ކުރިން ވެސް ދެފަހަރަކު އެ ކުއްޖާ ކުޑަދޮރުން ފައިބައިގެން، ގެއްލިގެން އުޅުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"އެއްފަހަރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ފޭސް 1ގައި ހުއްޓާ،" އޭނާ ބުންޏެވެ.
ކުޑަދޮރުން ޝީޓު މައްޗަށް އަރައި ސިޑިގޮޅިއަށް ފޭބޭ ގޮތަށް ހިޔާ ފްލެޓުގައި ހުންނަނީ ފުރަތަމަ ފްލޯގައި އެކަނި. -- ފޮޓޯ | ފަޔާޒް މޫސާ
އެ ކުއްޖާގެ މަންމަ އާއި ބައްޕަ ވަރިވުމުން ކުއްޖާ އުޅެމުން ދަނީ މަންމަ ކައިރީ އެވެ. ނަމަވެސް މަންމަ އެ ކުއްޖާއަށް އަޅާނުލާ ކަމަށް ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ އެގޮތަށް ގެއިން ނުކުންނާތީ، ޕޮލިހުން ވަނީ މީގެ ކުރިން ވެސް އެ ކުއްޖާގެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެ މިނިސްޓްރީން ވެސް އަންނަނީ އެ ކުއްޖާގެ ކަންކަން ބަލަމުން ކަން އެނގިފައިވެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާގެ އާއިލާއާ ގުޅިގެން އެ މައްސަލާގައި ވާހަކަ ދައްކަމުންދާ ކަމަށެވެ. އެއީ ކުޑަ ކުއްޖަކާ ގުޅޭ މައްސަލައަކަށް ވުމުން އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
29 May 2024
ޖެންޑާއިން ކުދިންބަލަން ބައްޕަމެންނާ ހަވާލުކުރީމާ ޕޮލިހުންގެ ޑެލްޓާ ފޯސްގެނެސް ދައްކާ ނަމޫނާ މިއަދު ހާމަވެއެވެ. ޖެންޑާއަށް މިޙާރު ކުދިންނަށް އަޅާލާ ފަރާތަކީ ބައްޕައިންކަން ގަބޫލުކުރޭ ކަމީ ކޯޓްތަށް ލަދުގަންނަން ޖެހޭސަބަބެކެވެ.
މަހާ
30 May 2024
ލޮލް
ޕިސް ޕިސް
29 May 2024
އަޅެ ފަހެ ކޮންމެ މީހަކު އެބަ ކިޔާ ކުޑަދޮރު ބަންދު ކުރާށޭ. އެވަރުގެ ތުއްތު ކުއްޖަކު މިހާ ނުރައްކާކޮށް ނިކުންނަން ހިޔާލު ކުރާނީވެސް ކަމެއއ ވެގެެން ދޯ؟ ލިބެން ޖެހޭ ލޯތްބާ ކުލުނު ނުލިބޭތީ ދަރިން ވިއްސިވިހާލިވެގެން ދަނީ. ކޮބާތަ މަންމައާ ބައްޕަ. އެ ކުއްޖާ އެ ދަނީ ކީތްވެގެންތަ؟ ފޫހިވެގެންވެސް މިވަރު ކުދިން އެކަނި ނުނިކުންނާނެ.
ނަޗުބަލިޔޭ
29 May 2024
ސޯޝަލް މީޑިއާގަ އާއި ނޫހުގައި މި ވާހަކަ ރަޖިސްޓްރީ ވެފައިވާތީ، ދެން އެންމެ އައުލާކަން ބޮޑީ ސަރުކާރުން ވީހާ އަވަހަކަށް އެ ކުއްޖާ އާއި ހަވާލުވުން! ،<
ލައިޓް
29 May 2024
އެޑޮޕްޓް ކުރަން އެންކަރޭޖް ކުރަންވީ. އެޑޮޕްޓް ކުރާ އާއިލާތަކަށް ޗައިލްޑް އެލަވަންސް ވެސް ދޭންވީ! ޖަލަކީ ހައްލެއްނޫން!
ތިމާވެށި
29 May 2024
ގަބޫލުކުރިއަސް ނުކުރިއަސް މާލޭގެ އާބާދީގެ އާއިލާ ތަކުގެ ގިނަ މީހުން އުޅެނީ ވ ސްޓްރެސް ގައެވެ. ބައެއް ފަހަރު ފިރިމީހާ އެހެން ރަށެއްގަ އެވެ. އަންހެނުން އެހެން ރަށެއްގަ އެވެ. ފަސޭހައިން ޗުއްޓީ ނުލިބެ އެވެ. ދެމަފިރިން ގިނަ ވަގުތު އޮފީހުގަ އެވެ. ލިބޭ އެއްޗަކުން ގިނަ މީހުންނަށް ދެކޮޅު ނުޖެހެ އެވެ.
ހުވާ
29 May 2024
ހިޔާ ފްލެޓްގަ އުލޭ މީހުން ތިބެނީ ހިތުން އެވަރެއް ނެތިފަ. ލައްކަ ފޮނި ވެފަ ބޮޑާ. ހީކުރާ ކަހަލަ ސަރުކާރަށް އެމީހުންގެ ވާރުތަ އަރާކަމަށް. މި ވެރިން ތިބީ އެއްވެސް ޒިންމާއެއް ނެތި ސުވަރުގޭގައި ކަމަށް. ނުވި ތާކަށް އެހެން މީހުންނަކީ ނެތް ބައެކޭ
އިހްސާސް
29 May 2024
ރައީސް މުއިއްޒުގެ މޭސްތިރިކަމުގައި ހެދި އެންމެ ބޮޑު ގޯސް ހިޔާ ފުލެޓުތިއީ. ރައްޔިތުންނަށް ބޯހިޔާވެހިކަން ދެނީ ނަމަކަށްތޯ؟
މުދިމު
29 May 2024
އެންމެ ފުލެޓެއް ވެސް ނޭޅުނު ބައެއް ތި ވާހަކަދައްކަނީ!
ފާތުމަ
29 May 2024
އަހަރުމެން މަންމައިންގެ ޒިންމާ ކޮބާތަ. ފުއްޕާފަ ހަޅޭލެވިޔަކަސް ނުވާނެ. ސަރުކާރަކުން ނުޖެހޭނެ އަހަރުމެންގެ ދަރިންގެ ޒިންމާ ނަގާކަށް.
ކޮރަލް
29 May 2024
ރަޢްޖެ އަކީ ނިސްބަތުން މުއްސަނދީން ގިނަ ގައުމެކެވެ. މިކަހަލަ ކުދީންނަށް އެހީ ވާން ވީ އެވެ.
ރިވެޓް
29 May 2024
ޖެންޑާރ އިން ތި ފްލެޓް ގެ ކުޑަދޮރު ރިވެޓްޖަހައި ނުހުޅުވޭ ގޮތަށް ހަދާބަލަ
މިވެޓް
29 May 2024
ޖެންޑައިން ދޯ ކުދިން ހޯދަނީ.
ކިމް
29 May 2024
މިވެޓް؛ އެހެންވީމަ މިނިސްޓްރީ އުވާލަންވީދޯ
ހަސަނޭެ
29 May 2024
ގޮސް ބަލައިފިން. މިހާރު ހުރީ ޖަހާފަ.
ރިވެޓޭ
29 May 2024
ދެން ހަމަ ރިވެޓުޖަހާ ނުބައްދާ ހުންނަ ކޮންމެ ދޮރަކުން ކުޑަ ކުދިން ތައް ނުކުތީމަ ކޮބާ ކުދިން ބެލިފަ...އެޔެއް ނޫން އަސްލު ހައްލަކީ! ޢެކުދިން ނައް ރ ތަރުބިއްޔަތެއް ދީ ބަސްއަހާ ކުދިންނައް ހަދަން ވީ...އެކުދިން ނުބެލެންޔާ ނުހޯދާ
ދަރިން
29 May 2024
މިހާރު މިގޯސްވީ ކުޑަދޮރު. ކޮބާ ތި މައިންބަފައިންގެ ޛިންމާ. ދަރިންގެ ޛިންމާ ނޫފުލޭނަމަ ކީއްކުރަން ދަރިން ހޯދަނީ.
ޕިވެޓް
29 May 2024
މިވެޓް، ކުޑަކުދިންގެ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނީ ޛިންމާއެއް އެމީހުންގެ އެބައޮތް. މިފަދަ ކަމެއް ފެންމަތިވީމަ، އެކަން ތަކުރާރު ނުވާނެހެން ފިޔަވަޅުތައް އަަޅައި ރައްކާތެރިކަން ޔަޤީންކުރަންޖެހޭ. މި ޤައުމުގައި މިކަން އެންފޯރސް ނުވަނީ. ސޯޝަލް ވޯކާރސް އަކީ ތަރައްޤީވެފައި ހުންނަ ޤައުމުތަކުގައި ވަރަށް އެކްޓިވް ބާރުހުރި ބައެއް. ދިވެހިރާއްޖޭ ގައި ހަމައެކަނި ދެލިގަނޑުގައި ލިޔެފައި އޮންނަކަން.