ކުޅިވަރު / ރިއަލް މެޑްރިޑް

ލަލީގާގެ މޮޅު ކުޅުންތެރިޔާގެ މަގާމު އިނގިރޭސި މިޑްފީލްޑަރު ބެލިންހަމް އަށް

29 މެއި 2024 - 15:17

މެޑްރިޑް (މެއި 28) – ނިމިދިޔަ ސީޒަންގައި ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، ރެއާލް މެޑްރިޑަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޖޫޑެ ބެލިންހަމް ހޯދައިފި އެވެ.

އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ވަނީ ރެއާލުން 36 ވަނަ ފަހަރަށް ލީގު ތަށި އުފުލާލިއިރު، ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ލީގުގައި ކުޅުނު 28 މެޗުގައި ވަނީ 19 ގޯލު ޖަހައި ހަ ގޯލު އެސިސްޓް ކޮށްފަ އެވެ. އަދި މުޅި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ 23 ގޯލު ޖަހައި 12 ގޯލު އެސިސްޓް ކޮށްފަ އެވެ.

ބެލިންހަމް މި އެވޯޑް ހޯދާފައި ވަނީ، ސަޕޯޓަރުންނާއި ކްލަބްތަކުގެ ކެޕްޓަނުންގެ އިތުރުން ފުޓްބޯޅަ މާހިރުންގެ ޕެނަލަކުން ނެގި ވޯޓުގައި އެޓީމަށް ކުޅޭ ވިނީޝިއުސް ޖޫނިއާ އާއި އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމަން އަދި ޖިރޯނާގެ އާޓެމް ޑޮވްބީކް އާއި ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ ފަހަތަށް ޖައްސާލައިފަ އެވެ.

އިޓަލީ ކައިރީގައި އޮންނަ ސާޑީނާ ކިޔާ ރަށުގައި އިއްޔެ ބޭއްވި ހަފްލާގައި ބެލިންހަމަށް ބައިވެރި ނުވެވުނަސް، އޭނާ ވަނީ މިއީ އޭނާ އަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް ބުނެފަ އެވެ. ބެލިންހަމް މިވަގުތު ހުރީ މި ސީޒަންގައި ރެއާލްގެ ޖޯޒީގައި އޭނާ ކުޅޭނެ ފަހު މެޗު ކަމަށްވާ ޗެމްޕިއަންސް ލީގު ފައިނަލަށް ތައްޔާރުވާށެވެ. ފައިނަލްގައި ރެއާލް ނުކުންނާނީ ބެލިންހަމް ކުރިން ކުޅުނު ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމެންޑާ ދެކޮޅަށެވެ.

"އަހަރެން މި އެވޯޑް ހާއްސަ ކޮށްލާނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި، ކޯޗުންގެ އިތުރުން ވަރަށް ހާއްސަކޮށް ދުނިޔޭގެ އެންމެ މޮޅު ކްލަބްގެ ސަޕޯޓަރުންނަށް. މި ކްލަބަށް ކުޅެން ލިބޭ ކޮންމެ ފުރުސަތަކީ ވެސް ޝަރަފެއް،" ބެލިންހަމްގެ މެސެޖެއްގައި ވެއެވެ.

ބެލިންހަމް ވަނީ ރެއާލަށް ބަދަލު ވުމުގެ ކުރިން ޑޯޓްމަންޑުގައި، މިދިޔަ ސީޒަން (2022/2023) ގައި ބުންޑެސްލިގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. މި ސީޒަނަށް އޭނާ ރެއާލަށް ބަދަލު ވެފައި ވަނީ ގާތްގަނޑަކަށް 111.71 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށެވެ.

ރެއާލާ ދެކޮލަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލްގައި ނުކުންނަ ޑޯޓްމަންޑުގެ ސްޕޯޓިން ޑިރެކްޓަރު ސެބަސްޓިއަން ކޭލް ވެސް ވަނީ އިއްޔެ، ބެލިންހަމް އަށް ވަރަށް ބޮޑަށް ތައުރީފް ކޮށް ވާހަކަ ދައްކައިފަ އެވެ.

"އަހަރެންނަށް އެނގޭ ޖޫޑެ (ބެލިންހަމް) އަކީ ކިހާ ވަރުގަދަ ކުޅުންތެރިއެއްކަން. އޭނާގެ ޕާސަނާލިޓީ ވެސް ވަރަށް ރަނގަޅަށް އެނގޭ. އޭނާއަކީ އަޖައިބު ކުރުވަނިވި ކުޅުންތެރިއެއް. ފައިނަލުން މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް އޭނާގެ ފަރާތުން ކުރާނެ ކަމަށް އަހަރެން ޝައްކެއް ނުކުރަން،" ކޭލް ބުންޏެވެ.

ބެލިންހަމަކީ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ގައުމީ ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 29 މެޗު ކުޅެދީ ތިން ގޯލު ޖަހައިދީފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454