29 މެއި 2024 - 20:17
އެމްޓީސީސީން "ސުޒުކީ ފުޓުބޯޅަ ފޯރި 2024" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަން ރަސްމީގޮތުން ފައްޓަވާދެއްވީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. މި ޕްރޮމޯޝަން ޖުލައި މަހުގެ 15 އާ ހަމައަށް ކުރިއަށްދާނެ އެވެ.
އެ ޕްރޮމޯޝަނުގައި ސުޒުކީ އިންޖީނާއ،ި ސުޒުކީ އިންޖީނުގެ ސްޕެއަ ޕާޓްސ،ް ސުޒުކީ އިންޖީނުގެ އަޑީތެލާއި ގިޔަރު ތެޔޮ އަދި މެރޯލް އައުޓްބޯޑުގެ ސްޓިއަރިން ސިސްޓަމް ގަންނަ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ.
އެމްޓީސީސީން ބުނީ، އެ ޕްރޮމޯޝަންގެ ބޭނުމަކީ އައުޓްބޯޑު އިންޖީނު ހެޔޮއަގުގައި ގަންނަން ބޭނުންވާ ފަރާތްތަކާއ،ި ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމާއ،ި މެއިންޓެނެންސްގެ މަސައްކަތްތަކަށް ބޭނުންވާ ސްޕެއަ ޕާޓްސް ގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ސާމާނު ފޯރުކޮށްދިނުމެން ކަމަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބައެއް އޮޑިހަރުގެތަކާއ،ި ބޯޓުޔާޑުތައް އަދި އިންޖީނު މަރާމާތު މަސައްކަތްކުރާ ވޯކްޝޮޕްތަކާއި ސާވިސް ސެންޓަރުތަކަށް އަމާޒުކޮށް ހާއްސަ ފީލްޑް ވިޒިޓްތަކެއް އެމްޓީސީސީން ކުރާނެ އެވެ.
އަދި ދުއްވަމުންދާ އުޅަނދުތަކަށް އިންޖީނު ސާވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި މެއިޓަނެންސްއާ ގުޅޭ ގޮތުން ހޭލުންތެރިކުމަށް މައުލޫމާތުތައް ކިޔައިދޭނެ ކަމަށް އެމްޓީސީސީއިން ބުންޏެވެ.
އެމްޓީސީސީން ސުޒުކީ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތައާރަފްކުރީ 2007 ވަނަ އަހަރު އެވެ. ވޭތުވެދިޔަ 17 އަހަރުތެރޭގައި އެ ބްރޭންޑް ވަނީ ރާއްޖޭގައި މަގްބޫލުކަން ހޯދައިފަ އެވެ. އެ އިންޖީނުގެ އެންމެ ހާއްސަ ކަމަކީ ތެލުގެ ހަރަދު ކުޑަވުމެެވެ. އަދި އެހެން އިންޖީނުތަކަށްވުރެ އެ އިންޖީނުގެ ގިޔަރު ވަރުގަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy