ޚަބަރު

ދުވަސްވީ މީހުންނަށް ދޭ 5،000 ރުފިޔާ ދަރިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ކަންބޮޑުވުން!

ދުވަސްވީ ދެ މީހަކު އިނދޯއްޔެއްގައި އިށީގެންދެލައިގެން ވާހަކަ ދައްކާލަނީ: ދުވަސްވީ މީހުންނަށް ލިބޭ ފައިސާ އެމީހުން ބަލަހައްޓާ މީހުން ބޭނުންކޮށްލާ މައްސަލަ ވަރަށް ބޮޑު-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން ދުވަސްވީ މައިންބަފައިންގެ އިނާޔަތް، ބައެއް އާއިލާތަކުގައި، ދަރިން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައިގައި ފެލިމީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)އިން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕެންޝަން ގާނޫނުގެ ދަށުން އުމުރުން 65 އަހަރުވުމުން ކޮންމެ މީހަކަށް ދައުލަތުން 5،000ރ.ގެ އެލަވެންސެއް ދެ އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްޕީއޭގެ ސީއީއޯ އައިމިނަތު ޝިރާނީ ނައީމް ވިދާޅުވީ ދަރިންގެ ފަރާތުން މައިންބަފައިންނަށް މާލީ ގޮތުން އަނިޔާތައް ދެމުންދާ މައްސަލަތައް އިތުރު ވެފައިވާ ކަމަށެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ދޭ އެލަވަންސްގައި ބައެއް ފަހަރަށް ދަރިން ޖެހި، މައިންބަފައިންނަށް އޭގެއިން ފައިދާ ނުކުރުން ކަމަށް ވިދާޅުވި އެވެ.

"މާލީ ގޮތުން ހާއްސަކޮށް ބެލެނިވެރިންނަށް ކުދިންގެ ފަރާތުން މާލީ ގޮތުން، ބޮޑެތި ދަރިންގެ ފަރާތުން ދަނީ އެކި ކަހަލަ އަނިޔާތައް ކުރަމުން. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އެލަވަންސް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އެ ހިފެހެއްޓުންފަދަ ކަންކަން ފާހަގަ ވެފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"[މާލީ ގޮތުން] އަނިޔާ ކުރާ މީހުންނަށް ބަލާއިރު އެކަމުގައި ބައިވެރިވާ ގިނަ މީހުންނަކީ ޑްރަގް ބޭނުންކުރާ މީހުންކަން ހުރީ ފާހަގަވެފައި. އަދި އޭގެ އިތުރުން ނަފްސާނީ ބަލި ހުންނަ މީހުން ވެސް އެކަމުގައި ހިމެނޭކަން ވަނީ ފާހަގަ ވެފައި."

އެފްޕީއޭގެ ސީއީއޯ އައިމިނަތު ޝިރާނީ ނައީމު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތަކުގައި އެ މިނިސްޓްރީން އެކަންކަން ބަލައި ހައްލުކުރަން ކުރެވެން ހުރި މަސައްކަތެއް ކުރާނެ އެވެ.

އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސާ ހެދި އާއިލާތަކުގެ މެދުގައި މަސްލަހަތު ގެއްލޭ ހިސާބަށް ކަންކަން ގޮސްފައި ހުރި ކަމުގެ މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވި އެވެ.

ދުވަސްވީ މީހުންނަށް ލިބޭ ފައިސާ، އެ މީހުންގެ ދަރިން ނޫނީ އެ މީހުން ބަލާ މީހުންގެ ބޭނުންތަކަށް އެއްކޮށް ބޭނުންކުރަމާއި ކޭޝް ކާޑު އަތުލައިގެން މައިންބަފައިންނަށް ނޭނގި ފައިސާކޮޅު އެކީ ހުސްކޮށްލާ މައްސަލަ ވެސް އޭރު ފެންމަތިވި އެވެ. ބައެއް މައްސަލަތައް ފުލުހުން ތަހުގީގު ވެސް ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އެ މައްސަލަތައް ބަލާފައިވެ އެވެ.

22 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 22%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޭސްއެނބުރުން

31 May 2024

މޮޅު ވާހަކައެއް ދައްކާފަ ތިވެސް ހުއްޓާލެވޭތޯ އުޅޭ ފާޑު ޖަހަނީ.. ދުވަސްކޮޅަކުން އެނގޭނއ ބަލަން ތިބޭ..

The name is already taken The name is available. Register?

ޙިނި

31 May 2024

ރިޓާޔަރްވާ ބައެއް މީހުންކާރީ ޕެންޝަން އޮފީހުން ބުނެފައެބަހުރި 5000ރ ގެ އެލެވަންސާ އަދި ރިޓާޔަމަންޓް ޕެންޝަނައް ޖެހޭ އަދަދުގެ ތެރެއިން ބޮޑު އަދަދޭ ރިޓާޔަރްވާ މީހާއަށް ލިބޭނީ، އެހެންކިޔާފަ ޕެންޝަނަށް ޖެހޭފައިސާ ނުދީ އޭގެން މަހްރޫމްކުރޭ. މިހުންނަނީ ވެސް ހިޔާނާތްތައް.

The name is already taken The name is available. Register?

ޛިދުނަތް

31 May 2024

އެހެންވީމަ ބުރަކޮށް މަސައްކަތް ކޮށްފަ ރިޓަޔަރ ކުރާ މީހުންނާ ކަމެއް ނެތި އެނބުރެނިކޮށް 65 ވާ މީހުނންނާ ވެސް އެއްވަރުތާ ދޯ؟؟ ޤައުމަށް ޚިދުމަތްކުރުމުގެ މާނައެއް ނެތް

The name is already taken The name is available. Register?

raajje

31 May 2024

ޑުރަގުބޭނުންކުރާމީހުން އެކަންޏެއްނޫން ތީގަޖެހެނީ، %99 މީހުންޖެހޭ، ސަބަބަކީ ރައްޔިތުންގެ އަނގަޔާ އަތާދިމާނުވާވަރަށް މިތިބެނީ ފިއްތާލާފަ، ޑޮލަރު ލިބެނީކީނޫން، ގަންނަކޮންމެ އެއްޗަކަށް ޖީއެސްޓީގެނަމުގައި ރައްޔިތުންއަތުން އެބަނަގާ ކޮންމެ 100 ރުފިޔާއަކުން އިތުރަށް 8 ރުފިޔާ، ކަރަންޓުގެ އަގުއެހާބޮޑު، 94 މަޖިލިސްމެންބަރުންގެ މުސާރަ މަހަކު -/9،400،000ރ މިވަރުގެ މަސައްކަތެއްކުރާބައެއްތޯމީ؟ ނުވަތަ އެވަރުގެ ތަޢުލީމީބައެއްތޯ މެންބަރުންނަކީ؟ އިންސާފުތޯމީ؟

The name is already taken The name is available. Register?

ވިލް

30 May 2024

ސަރުކާރުން ލާރި ދިނުން ހުއްޓާލަންވީ. ދަރިން ބޮޑެތިވެ ވަޒީފާއަށް ދިޔާމަ އަމާ ފަންޑު/ބަފާ ފަންޑު ކިޔާ ފަންޑެއް ހަދާ މުސާރައިން ވަކިވަރެއް ކަނޑާ ޖަމާކުރަމުން ދާންވީ.

The name is already taken The name is available. Register?

ސަމީމަ

30 May 2024

ތިހެން ކިޔާ ނޫހަށް ދީ ނިންމާލުމުގެ ބަދަލުގައި އެކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅާބަލަ އެގޮތައް ފައިސާ ބޭނުންކުރި ފަރާތްތަކާ މެދު. އޭގެ ބަދަލުގައި ރާއްޖޭގައި ކަން ކުރާގޮތަކީ އެންމެންނަށް ދުއްތުރާވާ ކަހަލަ ގަވާއިދެއް ހަދައިގެން ކަންކަން ހައްލުވާނެކަމަށް ބަލަނީ. މިސާލަކަށް، ބުނެފާނެ މީގެ ފަހުން ފައިސާ ޖަމާކުރާނީ އުމުރުން ދުވަސްވީ މީހާ ވީޑިއޯކޯލެއް ކޮށް ކުރީމަހު ލިބުނު ފައިސާ އަތަށް އެރިކަން ދެއްކުމުންނޭ

The name is already taken The name is available. Register?

ހުސެންބެއްޔާ

30 May 2024

ރާއްޖޭގައި ކުށްކުރާ މީހުންގެ ތެރޭގައި އުޅެނީ 02 ބާވަތެއްގެ މީހުންނޯލައެވެ. އެއީ ނަފްސާނީ ބަލި ހުންނަ ކުދިންނާއި، ޑްރަގުގެ ވަބާގައިގައި ޖެހި ފަރުވާ ދޭންޖެހޭ ކުދިންނޯލައެވެ. ކުށްވެރިންނޭ ކިޔާ ބަޔަކު މި ރާއްޖޭގައި ތިބޭ ކަމަކަށް އެއްވެސް ސަރުކާރަކުން ޤަބޫލެއް ނުކުރެއެވެ.

The name is already taken The name is available. Register?

ޢަލީބެ

30 May 2024

ދަރިންނަކީ އަމާނާތެކެވެ. ޢެކަމަށް ފަރުވާކުޑަކޮށްފިނަމަ ދެދުނިޔޭގެ ގެއްލުން ލިބޭހުށި.

The name is already taken The name is available. Register?

އަބްޑޫޅް +

30 May 2024

ކަލޭމެންގެ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކަށް ހަރާންކޯރު ވުމަކީ އަންދުވަހު އާދަމަތީން ހިނގާ، ކަލޭމެންގެ، ދިވެހިވަންތަ، ސަގާފަތުގެ ރުކުނެއް. ކަލޭންންގެ އެއްބަޔަކު މިކަމުގަ ކުށްވެރި ކޮށްފަ، އަނެއް ބަޔަކު ކުށްވެރި ނުކޮށް ދޫކުރުމަކީ މާނައެއް ނެތްކަމެއް.

The name is already taken The name is available. Register?

ކަޑަޑޫޑް

31 May 2024

ތީ ދިވެހި ވަންތަ އެކަނި ކަމެއްނޫން. އިނގިރޭސި ވަންތާގައި ތިކަން މާބޮޑަށް އެބައޮތް

The name is already taken The name is available. Register?

އަހަންމަދާ

30 May 2024

ދައުލަތުން ނުވަތަ އަމިއްލަ ޖަމާއަތަކުންވެސް އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒު ހެދި އެތަނެއްގައި ދިރިއުޅެން ބޭނުންވާ ފަރާތްތައް އެތަނަކަށް ގެންދަންވީ އޭރުން ތިކަން ހުއްޓުވޭނެ. ގިނަ އުމުރުން ދުވަސްވީމީހުން އެއީ ފައިސާ ބޭނުންވާބައެއްނޫން އެމީހުންނަށް ކޮށްދެއްވާ ކަންކަން ކޮށްދިނީމަ އެނިމުނީ. ގޭތެއަށްވުރެ ވަސީލަތްތައް ގިނަ ހިތްހަމަޖެހޭ ރައްކާތެރި މާހައުލެއްގަ އުޅެން އެމީހުންނަށް އެންމެ ރަނގަޅީ.

The name is already taken The name is available. Register?

ކޮރަލް

30 May 2024

އަހަރަކު އެއްފަހަރު ދުވަސް ވީ މީހުނާ ބައްދަލު ކޮށް ސުވާލު ކޮށްސާވޭ ކުރަން ވީ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454