ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު
31 މެއި 2024 - 10:53
ސޮވަރިން ޑިވަލޮޕްމެންޓް ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި މި އަހަރު ނިމޭ އިރު އެ ފަންޑަށް ޖަމާކުރާ އަދަދު 100 މިލިއަން ޑޮލަރަށް އިތުރު ކުރަން އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީގު ވިދާޅުވީ، ވެރިކަމާ ހަވާލުވި އިރު އެ ފަންޑަށް ޖަމާކޮށްފައިވަނީ ދެ މިލިއަން ޑޮލަރު ކަމަށާއި އެކަމަކު ވޭތުވެދިޔަ ހަ މަސް ތެރޭގައި އެ އަދަދު 50 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރު ނިމެންވާ އިރަށް އެ ފަންޑު 100 މިލިއަނަށް އިތުރު ކުރުން. އަދި ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް އަޅުގަނޑުމެންގެ ޑެޓް ޕޯޓްފޯލިއޯ ޑައިވާސިފައި ކުރުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން،" އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި އަދާކުރަން 2017 ވަނަ އަހަރު އުފެއްްދި އެސްޑީއެފްއަށް އާ ސަރުކާރުން މިހާތަނަށް 50 މިލިއަން ޑޮލަރު ޖަމާކުރި ކަމަށް މިނިސްޓަރު ވިދާޅުވި އިރު، އެ ފަންޑުގައި އަހަރު ފެށި އިރު ޖުމްލަ ހުރީ ގާތްގަނޑަކަށް 480 މިލިއަން ޑޮލަރު (7.4 ބިލިއަން ރުފިޔާ) އެވެ.
އެ ފަންޑުގައި ހުރި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 370 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހުރީ ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ. އަދި އެހެނިހެން އިންވެސްޓްމެންޓްތަކުގައި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ
ބަޖެޓު ފޮތުގައިވާ ގޮތުން އެ ފަންޑުން ދަރަނި އަދާކުރަން އަންނަ އަހަރު 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ. އަދި 2026 ގައި ވެސް އެ ފަންޑުން އެވަރުގެ އަދަދެއް ދަރަނި އަދާކުރަން ބޭނުން ކުރާނެ އެވެ.
ޝަފީގު ވިދާޅުވީ، އެސްޑީއެފް ފަންޑު ބޮޑު ކުރާ އިރު، ސަރުކާރަށް ބޭނުންވާ ފައިނޭންސް ހޯދާނީ "ފޭވަރަބަލް ޓާމްސް"ގައި ކަމަށެވެ. އަދި ބޮޑު އިންޓްރެސްޓް ރޭޓުތަކުގައި ލޯނު ނުހޯދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ސަރުކާރުގެ ހަރަދު ކުޑަ ކުރުމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރާ ހަރަދު ކުޑަ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
"އެސްއޯއީ ރިފޯމު ޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއް ކަމުގައި ދެކެން. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިކުރާ ހޭދަ، ކުންފުނިތައް މިއަށްވުރެ އެފިޝަންޓް ވާން ޖެހޭ. ހަރަދު ކުޑަކުރެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެސްއޯއީތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި 25 އަށް ވުރެ ގިނަ ކުންފުނިތަކުގެ ފައިނޭންޝަލް ސްޓޭޓްމެންޓް ގަވާއިދުން ބަލައި، ރިވިއު ކުރަމުން އަންނަ ކަމަށާއި އެ ކުންފުނިތަކަށް ސަބްސިޑީ ދޭ އަދަދު ކުޑަ ކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
31 May 2024
ޢިންޑިޔާގެ 50މިލިޔަން އަވަހަށް އޭގެންނިންމާލާ ކޮންމެހެން އިންޓްރަސްޓް އަރުވާކަށް ނުދައްކާ ބައިންދާނެކަމެއްނެތް
ހޯރަބޭ
31 May 2024
ތިވަރަށް ޑޮލަރލިބޭއިރު ކީއްވެތަ ރަށްރަށުގަ ފަށައިފަ ހުރި ތަރަށްގީގެ ފުރޮޖެކުޓްތައް ހުއްޓިފައެހުރީ. އަވަހަށް ފަށަށް ވީ އެއްނު. ސަރުކާރު ލިބިފަ. މަޖިލިސްލިބިފަ. ކޯއްޗެއް ނުލިބިގެން ތި ބަހަނާ ދަށްކަނި?
ބަރުބާދު
31 May 2024
"ޝަފީގު ވިދާޅުވީ، އެސްޑީއެފް ފަންޑު ބޮޑު ކުރާ އިރު، ސަރުކާރަށް ބޭނުންވާ ފައިނޭންސް ހޯދާނީ "ފޭވަރަބަލް ޓާމްސް"ގައި ކަމަށެވެ. އަދި ބޮޑު އިންޓްރެސްޓް ރޭޓުތަކުގައި ލޯނު ނުހޯދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ".... އަންމަޓަ،، އެހެންވީމަ އެސްޑީއެފް ތިޔަބޮޑުކޮއްލެއްވީ ޖެހިޖެހީނުން ދެއްތޯ؟. އަނެއްލޯނުން.
އަލީ ޖަމީލު
31 May 2024
ސޮވްރިން ފަންޑަށް މި އަހަރު 60 މިލިއަން ޑޮލަރު ޖަމާކުރަން އޮތޭ، އެއީ އެއަޕޯޓް ޑިވެލޮޕްމަންޓް ފީއޭ. ދެން އޭގެ ތެރެއިން 30 ވަރު ޖަމާވެދާނޭ. 50ގެ ތެެރެެެއިން ބާކީ އޮތް 20 އެއީ އިންވެސްޓްމަންޓެއް ލިކުއިޑޭޓްކުރި ކަމަށް ވެދާނޭ. މިހާރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ރިޕޯޓް ހާމަނުކުރާތީ ހުރިވަރެއްވެސް ނޭގެޔޭ. 50 މިލިއަން ޑޮލަރު ކޭޝް ތިޔަ ފަންޑުގައި ހުރިހެނެއް ހިޔެއް ނުވޭ. މިހާރުވެސް ބޭންކުތަކުގެ އަތް އަނބުރައިގެން ހަމަ ތިޔަ ފަންޑޭ އަނބުރަނީ.
ތަމެންދޯ
31 May 2024
ސޮވެރިންގް ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކުރުން ތިޔާއީ ދެން މާބޮޑު ކަމެއް ނޫނޭ ބަލަގަ މާލީ ވަޒީރު ބުނެދޭންވީ ނޫންތޭ ދައުލަތުގެ ކެޕެކްސް ބަޖެޓުން ރާއްޖެތެރެއަށް ކުރާ ޚަރަދުން އެ ފައިސާ އަނބުރާ ނުލިބޭ ވާހަކަ ވަރަށް ސާފުކޮށް ތިއޮތް ފެނަކަ އެއީ ކިއެއްކުރަން ހިންގާ ތަނެއްތޭ ރައްޔިތުން ރީއްޗަށް އެމެން އަމިއްލަ އަށް އިންޖީނުގެ ތައް ހިންގަ ހިންގާ ތިއްބާ ކެނެރީގެ ނަޝީދު އެމެން އަތުން އިންޖީނުގެ މުދަލާއި އެކު ފޭރިގަތީ އެއީ އޭނާ އަމާބަފާ ތަރިކަމުދާތޭ
އައިމިނާ
31 May 2024
ގިނަ ރައްޔިތުން ވަރަށް ޙާލުގަ އުޅެނީ. ނިމިދިޔަ ސަރުކާރުން ވެސް ރައްޔިތުންނަށް ލިބެންޖެހޭ ބިލުތައް ލަސްކުރީ. މި ސަރުކާރުން ވެސް ލަސްކުރަނީ. ޚާއްސަ ކޮށް ކޮންސްޓްރަކްޝަން ދާއިރާގަ އުޅޭ ފަރާތްތަކުގެ. މިކަން ކަން އިސްލާހު ކޮށްދެއްވާ!
ބާމީ
31 May 2024
ތި ޖަމާ ކުރާނެ ކަމެއްނެއް. އެމްޑީޕީން ވެރިކަމަށް އައިސް ޕާޓީ ކުދިންނަށް ތި ބަހާލާނެ
ނޭގޭކަމަކީދޯ
31 May 2024
ސޮވެރިންގް ފަންޑަށް މަހަކު ލެވެން ޖެހޭނެއޭ 300 މިލިއަން ޑޮލަރު މިކަން ކުރެވޭނީ މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ އެފަޅުތަކުންބިން ތައް ކުއްޔަށް ދީގެންނޭ ހުޅުމާލޭ ޙުޅަނގުން އޮތް ބޮޑު ފަޅު ހިއްކާ އެތަނުން ބިން ވިއްކަންވީއޭ ފަރުކޮޅު ފުށި ހުސްކޮށް ނުބާއްވާ އެތަނުން ވެސް ބިން ވިއްކަންވީއޭ އެސްޓީއޯ ހޮޓާ ހުރި ބިން އިމާރާތާއި އެކު ވިއްކާލަންވީއޭ ބިން ވިއްކާ ފައިސާ ހޯދަންވީއޭ މީ ޔަގީން ވިޔާފާރި އެކޭ ސަރުކާރުން މިކަން ކުރަން ނޫޅެނީ ކިއެއްވެތޭ އެއީ
ރަނގަޅުވާނެއޭ
31 May 2024
ފެނަކަ ސްޓްރީމް ލައިން ކުރަންވީއޭ ފެނަކައިން ހިންގާ ބޮޑެތި ރަށްތައް ކަމަށްވާ އައްޑޫ ފުވައްމުލައް އަދި ތިނަދޫ އަދި ވިލިގިލި އަދި ކުޅުދުއްފުށި ދޭންވީ 1000 އަހަރަށް އެމްޑަބްލިޔު އެސްސީ އަށް ސްޓެލްކޯ އަށް ވުރެން ވެސް ރަނގަޅަށް އެމްޑަބްލިޔު އެސްސީން ރާއްޖެތެރޭގައި ޔުޓިލިޓީ ހިންގައޭ ދެން ކުދި އާބާދީ ހިމެނޭ ރަށްތަކުގެ މީހުން މާލެ ސަރަހައްދަށް އޮޓޯ މޯޑްގައި ބަދަލުކުރަންވީ ބަލަންވީ އަހަރަކު 5 ހާސް ކިޔަވާ ކުދިން ރާއްޖެތެރޭން މާލެ އަށް ބަދަލުވޭތޯ އެއިރުން
ފިރާފުރި
31 May 2024
ސަރުކާރު ހުރިހާ ކުންފުންޏެއް އުވާލާ! މީ ބޮޑެތި މާ ސިންގާ ވައްކަން ކުރަން ހުރިހާ ސަރުކާރަކުން ވެސް ހިންގާ ތަންތަން