"މިހާރު" ރޯދަ ކުއިޒްގެ ވަނަތައް ލިބުނު ބައިވެރިން. -- ފޮޓޯ" ފަޔާޒް މޫސާ | މިހާރު
02 ޖޫން 2024 - 17:14
މިއަހަރު ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ރޯދަ ކުއިޒްގެ ވަނަތަކަށް ދިޔަ ބައިވެރިންނަށް އިނާމު ދީފި އެވެ.
ހައި އެންޑް އާއި ގުޅިގެން "މިހާރު"އިން ކުރިއަށް ގެންދިޔަ މި ކުއިޒަކީ ދީނީ ސުވާލުތަކެއް ހިމަނައިގެން ކުރިއަށް ގެންދިޔަ ކުއިޒެކެވެ. މި ކުއިޒަކީ އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބު ދޭން ޖެހޭ ކުއިޒެކެވެ. ކުއިޒުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ބައިވެރިވެގެން ސުވާލުތަކަށް ވީ އެންމެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖަވާބުދިނުމުގެ ފުރުސަތު ދިނެވެ.
ކުއިޒްގެ އެއް ވަނަ އަށް ދިޔަ ބައިވެރިޔާ (ވ) -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ކުއިޒްއިން އަބްދުﷲ ޝައްމޫން އެއް ވަނަ ކާމިޔާބު ކުރީ އެއް ބުރުން ބައިވެރިވެ، ހުރިހާ ސުވާލުތަކެއްގެ ރަނގަޅު ޖަވާބުދީގެންނެވެ. ދެ ވަނައަށް ދިޔަ ފާތިމަތު ޒާހިދާ ވަނީ އެއް ބުރުން 29 ސުވާލުގެ ޖަވާބު ރަނގަޅުކޮށްފަ އެވެ. މި ކުއިޒް މުބާރާތުގެ ތިން ވަނަ ހޯދި އަބްދުލް އަޒީޒު އަހުމަދު ވަނީ 29 ސުވާލަށް ޖަވާބު ދީފަ އެވެ.
މި ކުއިޒަށް ހައި އެންޑުން ވަނީ އެއް ވަނަ އަށް މޫންލައިޓް ސްޓޯރޭޖް ކުއީން ބެޑަކާއި ޕްރިމިއަމް އެކްސްޓްރާ ފާމް ކުއީން މެޓްރެސްއަކާއި ޕްލަޝް ފާ ރަގެއް ހުށަހަޅައިފަ އެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ ޕްރިމިއަމް ބެޑް ކިންގް ސައިޒްގެ އެނދަކާއި ގެލެކްސީ ކިންގް މެޓްރެސްއެކެވެ. އަދި ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ވިންޓޭޖް ކޮންސޯލް ޓޭބަލްއެކެވެ.
ދެ ވަނައަށް ދިޔަ ބައިވެރިޔާގެ ފަރާތުން އިނާމާއި ހަވާލު ވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މިހާރު"ގެ މެނޭޖަރު، ބިޒްނަސް ޑިވެލޮޕްމަންޓް ފާތިމަތު ސުސްމާ ވިދާޅުވީ މި އަހަރުގެ ކުއިޒަށް ކިޔުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ.
"ވަރަށް ގިނަ ބައިވެރިން އަޅުގަނޑުމެންނަށް ގުޅާ، ކުއިޒުގައި އާއިލާ އެންމެން އެއްކޮށް ބައިވެރިވި ކަމަށް ވެސް ބުނި. އަދި ކުއިޒާ ގުޅޭ ގޮތުން އެކި ކަންތައްތައް އޮޅުންފިލުވަން ވެސް ގުޅި. ކިޔުންތެރިންގެ ހޫނު ތަރުހީބެއް މި އަހަރު ވެސް ލިބުނުކަން ފާހަގަކުރެވޭ. އާއްމުކޮށް އާއިލާތަކާއި ރައްޓެހިން ގްރޫޕު ހަދައިގެން ކުއިޒުގައި ބައިވެރިވެފައިވާކަން ބައެއް ބައިވެރިންގެ ފަރާތުން ވެސް އިނގުނު." ސުސްމާ ވިދާޅުވި އެވެ.
"މިހާރު" ރޯދަ ކުއިޒް އަކީ ސަތޭކަ އެތައް ސުވާލެއް ހިމަނައިގެން ކުރިއަށް ގެންދިޔަ ކުއިޒެކެވެ. ކުއިޒްއިން ކޮންމެ ބައިވެރިއަކަށް ވެސް ފުރިހަމަ ކުރުމަށް ދީފައި ވާނީ 30 ސުވާލެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުސާ 121
02 June 2024
އެންމެ 60 މިނެޓުގައި ހުރިހާ ސުވާލުތަކެއްގެ ރަނގަޅު ޖަވާބުދީގެންނެވެ. ދެ ވަނައަށް ދިޔަ ފާތިމަތު ޒާހިދާ ވަނީ އެއް ބުރުން 41 މިނެޓު ތެރޭގައި 29 ސުވާލުގެ ޖަވާބު ރަނގަޅުކޮށްފަ އެވެ. މި ކުއިޒް މުބާރާތުގެ ތިން ވަނަ ހޯދި އަބްދުލް އަޒީޒު އަހުމަދު ވަނީ 46 މިނެޓު ތެރޭގައި 29 ސުވާލަށް ޖަވާބު ދީފަ އެވެ. މިނެޓް ތޯ ސިކުންތު ތޯ؟
ޙުސޭނުބެ
02 June 2024
އޮނަރޭ އަށް އިނާމެއް ނުލިބޭތަ؟