ވިޔަފާރި / ވިޔަފާރި ޕްރޮމޯޝަން

ޕްރިންޓްލެބް: 15 އަހަރުވީ ކާމިޔާބު ކުންފުންޏެއް

ޕްރިންޓް ލެބް އޮފީސް

ސަރުކާރުން ބާއްވާ ބޮޑެތި އިވެންޓުތަކާއި ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ ހަފުލާތަކުގެ ޕްރިންޓިން މަސައްކަތުގައި އެތައް ބަޔަކު އެންމެ ބޮޑު އެހީތެރިކަމެއް ހޯދާ އެއް ކުންފުންޏަކީ ޕްރިންޓްލެބެވެ. މި މަސައްކަތުގައި އެ ކުންފުންޏަށް މި އަހަރު 15 އަހަރުވީ އިރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، ރާއްޖޭގައި މި މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކުފުންޏަށް ވުމެކެވެ.

ޕްރިންޓްލެބުން ރިސޯޓުތަކާއި އަމިއްލަ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ޕްރިންޓިން މަސައްކަތްތައް ކުރެ އެވެ. މިދިޔަ 15 އަހަރު އެ ކުންފުނި އެހާ ބޮޑަށް ފުޅާވީ، ޕްރިންޓިން ދާއިރާގެ ފުލް ސޮލިއުޝަން ފޯރުކޮށްދޭތީ އެވެ. އެ ކުންފުނިން ޕްރިންޓިންގެ ތަފާތު 10 ހިދުމަތެއް އެކި ފެންވަރުގައި ފޯރުކޮށްދެ އެވެ.

ޕްރިންޓުލެބްގެ ވެރިޔާ މަދީހު ޖަމާލު ވިދާޅުވީ، އެ ކުންފުނި އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ، ކުލަގަދަ ހަފުލާތަކެއް ބާއްވައި، ޕްރިންޓިން މަސައްކަތްތަކަށް ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ. މިއަދު އެ ކުންފުންޏަށް އެކަން ހާސިލް ކޮށްދިނުމަކީ ލިބިވަޑައިގެންނެވި އެންމެ ހިތްހަމަޖެހުން ކަމަށް ވިދާޅުވި އެވެ.

މަދީހު ވިދާޅުވީ ޕްރިންޓްލެބް ފެށީ ހަތަރު މުވައްޒަފުންނާ އެކު ކަމަށާއި މިއަދު 70 އަށް ވުރެ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރާ ކަމަށެވެ.

އެ ކުންފުނީގައި ދިވެހިން އޮޕަރޭޓު ކުރާ ޕްރިންޓިން 25 މެޝިނަރީޒް ބޭނުން ކުރަމުންދެ އެވެ.

ޕްރިންޓްލެބްގެ އޮފީސް.

"ޕްރިންޓްލެބުން ހިދުމަތް ނުހޯދާ ބަޔަކު ނޫޅޭނެ. ކުންފުންޏެއް ވިޔަސް، އެންޖީއޯއެއް ވިޔަސް އަދި ސަރުކާރު ހިއްސާވާ ކުންފުންޏެއް ވިޔަސް،" އޭނާ ވިދާޅުވި އެވެ.

މަދީހު ވިދާޅުވިގޮތުގައި، އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ކަސްޓަމަރުންނަށް ބޭނުންވާ ވަގުތަށް ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތައް ކަމަށްވާ ބީއެމްއެލް އާއި ދިރާގާއި އެމްޓީސީސީ ފަދަ ކުންފުނިތަކާއި ސަރުކާރުން ބާއްވާ އެންމެ ބޮޑެތި އިވެންޓްތަކުގެ ޕްރިންޓިން މަސައްކަތްތައް ކުރުމުގެ ފުރުސަތު ޕްރިންޓްލެބަށް ލިބިފައިވާ ކަން އޭނާ ފަހަގަކުރެއްވި އެވެ. ކުންފުނިތަކުގެ އިތުރުން، ރިސޯޓުތަކުގެ އިވެންޓްތަކަށް ބޭނުންވާ ޕްރިޓިން ސޮލިއުޝަންތައް އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރިންޓްލެބުން މިވަގުތު ބެކްޑްރޮޕް ޕްރިންޓިން އާއި ލޭޒާ ކަޓިން އެންޑް އެގްރޭވިން އާއި ސީއެންސީ ކަޓިން އެންޑް އެންގްރޭވިން އާއި ޔޫވީ ޕްރިންޓިން އާއި އެކްރިލަކް އެންޑް ވުޑް ސައިނޭޖާއި ފްލެގް އެންޑް ފެބްރިކް ޕްރިންޓިން އާއި ފޮޓޯ ޕްރޭމިން އާއި އެވޯޑް އެންޑް ޕްލެކް ޕްރިންޓިން ގެ އިތުރުން ފޮޓޯ ފްރޭމިން ފަދަ ހިދުމަތްތައް އަންނަނީ ދެމުންނެވެ.

ޕްރިންޓްލެބުގައި ބޭނުންކުރާ މެޝިނެއް

"ޕްރިންޓް ލެބަކީ ފުލް ސޮލިއުޝަން ދޭ ބައެއް. އަޅުގަނޑުމެން ޓީމުން ގޮސް އެ އިވެންޓް އޮންނަ ތަނަކަށް ގޮސް އެ މަސައްކަތް އިންޓްރޯލް ކޮށްދީ ވެސް ހަދާނެ،" އޭނާ ވިދާޅުވި އެވެ.

މަދީހު ވިދާޅުވީ، ދިވެހިންނަށް ހާއްސަ އިސްކަމެއް ދޭ ކުރާ ޕްރިންޓްލެބުގެ ހިދުމަތް ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުންޏަކުން ބަލައިގަތީ އެހެންވެ އެވެ. ކުރިއަށް އޮތްތަނުގައި ވެސް ޕްރިންޓިން ދާއިރާގެ އާ ހިދުމަތްތައް ފުޅާކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ. މިދިޔަ 15 އަހަރަށް ވުރެ ކާމިޔާބު އަހަރުތަކަކަށް މަދީހު އުންމީދު ކުރައްވަނީ އެހެންވެ އެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 7%
icon inlove icon inlove 40%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454