ވިޔަފާރި / ސިމްޑީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް "މޮނިން ކަޕް" ބާއްވަނީ

ތާޖް އެގްޒޯޓިކާ ރިސޯޓުގެ ކްލަސްޓާ ޖެނެރަލް މެނޭޖަރު ކޮރީނާ ލުއެބާ އާއި ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު އާއި ހެޑް އޮފް ސިމްޑީ ބެވް، އެޑަމް ރެނިކް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިމްޑީއިން އެތެރެކޮށް ވިއްކާ "މޮނިން" ބްރޭންޑުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "މޮނިން ކަޕް"ގެ 15 ފައިނަލިސްޓުން އިއުލާނުކޮށް، މި މަހުގެ 22ގައި މުބާރާތް ނިންމާ އިއުލާނުކޮށްފި އެވެ.

މިކަން އިއުލާނުކޮށްފައި ވަނީ މިއަދު ސިމްޑީގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މޮނިން ކަޕް" އަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މިކްސޮލަޖިސްޓުންނަށް އަމާޒުކޮށް ބާއްވާ މުބާރާތެކެވެ. ގައުމީ ފެންވަރުގައި މި މުބާރާތް ބާއްވަނީ ބައިނަލްއަގުވާމީ "މޮނިން ކަޕް"ގައި ވާދަކުރާނެ އެންމެ މޮޅު ފައިނަލިސްޓު ހޮވުމަށެވެ. މި މަހު ބާއްވާ "މޮނިން ކަޕް"ގެ 15 ފައިނަލިސްޓުން ހޮވާފައި ވަނީ 40 އަށް ވުރެ ގިނަ މިކްސޮލަޖިސްޓުން އެޕްލިކޭޝަނާ އެކު ހުށަހެޅި ރެސިޕީއަށް ބެލުމަށް ފަހު އެވެ.

ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގައި މިކްސޮލަޖިސްޓުންގެ ހުނަރުތައް ދައްކާލާ، އެ ހުނަރުތައް ތަރައްގީކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި ސިމްޑީ އަކީ ރާއްޖޭގައި ޓޫރިޒަމް އެކި ދާއިރާތަކުން ތަރައްގީކުރުމަށް މަސައްކަތްކުރާ ކުންފުންޏަކަށް ވާތީ، މި މުބާރާތުގެ ސަބަބުން މިކްސޮލަޖީގެ ދާއިރާ އިތުރަށް ތަރައްގީވެ، ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

"މި މުބާރާތަށް ލިބެމުންދާ ތަރުހީބަށް ބަލާ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މުބާރާތް ބޭއްވުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަދި "މޮނިން" ބްރޭންޑުގެ ޕްރޮޑަކްޓުތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ވިއްކުމަށް ވެސް މި އަންނަނީ މަސައްކަތްކުރަމުން." ޔޫޝައު ވިދާޅުވި އެވެ.

ހެޑް އޮފް ސިމްޑީ ބެވް، އެޑަމް ރެނިކް "މޮނިން ކަޕް"އާ ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މޮނިން ކަޕް"ގެ އިތުރުން "މޮނިން" ބްރޭންޑު މެދުވެރިކޮށް މިކްސޮލަޖިސްޓުންނަށް ޓްރެއިނިންތައް ހިންގާފައިވާނެ ކަމަށާއި ސިމްޑީއިން ވިއްކާ އެކި ބްރޭންޑުތަކުގެ ޓްރެއިނިންތަކާއި މުބާރާތްތައް ސިމްޑީއިން ހިންގާފައިވާކަން ވެސް ޔޫޝައު ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ހެޑް އޮފް ސިމްޑީ ބެވް، އެޑަމް ރެނިކް ވަނީ މުބާރާތަށް ރިސޯޓުތަކުން ލިބުނު ތަރުހީބު ފާހަގަކުރައްވައިފަ އެވެ. އެޑަމް ވިދާޅުވީ މި މުބަރާތުގައި ޖަޖު ކުރާނީ ރެސިޕީއަށާއި، ތައްޔާރުކުރާ ގޮތާއި ޑްރިންކްގެ ޕްރެޒެންޓޭޝަން ކަމަށެވެ.

އެޑަމް ވިދާޅުވީ މި މުބާރާތުގެ އެއް ވަނަ އަށް ދާ މިކްސޮލޮޖިސްޓަށް މި އަހަރު ފްރާންސްގައި އޮންނަ އިންޓަނޭޝަނަލް "މޮނިން ކަޕް"ގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ދެ ވަނަ އާއި ތިން ވަނަ އަށް ދާ ބައިވެރިއަކަށް މެލޭޝިއާގައި ހުންނަ "މޮނިން"ގެ ފެކްޓްރީއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މިއީ މި ބްރޭންޑު އިތުރަށް ދަސްކުރުމަށް ލިބޭނެ ފުރުސަތެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

މި މުބާރާތް ބޭއްވުމަށް ޕާޓްނާ ވެފައިވާ ތާޖް އެގްޒޯޓިކާ ރިސޯޓުގެ ކްލަސްޓާ ޖެނެރަލް މެނޭޖަރު ކޮރީނާ ލުއެބާ ވަނީ މި ފަދަ މުބާރާތެއް ހޯސްޓުކުރުމަކީ ރިސޯޓަށް ލިބޭ އުފަލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި މި ޕާޓްނާޝިޕުން އެ ރިސޯޓުގެ މިކްސޮލަޖިސްޓުންނަށް ވެސް މި މުބާރާތުގެ ސަބަބުން މިކްސޮލަޖީ އިތުރަށް ދަސްކޮށް، އެ ދާއިރާ އެކްސްޕްލޯކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މޮނިން ކަޕް" އަކީ "މޮނިން" ބްރޭންޑުން 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ ބައިނަލްއަގުވާމީ މުބާރާތެކެވެ. މިއީ ރާއްޖެއަށް މި މުބާރަތުގައި ވާދަކުރުމަށް ލިބޭ ފުރަތަމަ ފުރުސަތެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުވަރޭ

08 June 2024

މިކްސޮލޮޖީ މިއީ ކޮންކަމެއްކަން ލިޔެލިނަމަ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454