ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ވެމްކޯގެ މުވައްޒަފަކު ގަހެއް އިންދަނީ.-- ފޮޓޯ: ވެމްކޯ
06 ޖޫން 2024 - 20:56
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމްގެ ދަށުން އިއްޔެ އެކަނި ރާއްޖޭގެ އެކި ހިސާބުތަކުގައި 40،000 އަށް ވުރެ ގިނަ ގަސް އިންދައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ކައުންސިލްތަކާއި ރިސޯޓުތަކާއި ސްކޫލްތަކާ އަދި އަމިއްލަ ޖަމިއްޔާތަކުން ހިންގި ހަރަކާތްތަކުގައި 40،000 އަށް ވުރެ ގިނަ ގަސް އިއްޔެ އިންދާފައިވާ ކަމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޑަގިރި ޕިކްނިކް އައިލެންޑްގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: އެޗްޑީސީ
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލާ ގުޅޭ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިއްޔެ ފެށީ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެތަނުގައި އިންދާފައި ވަނީ ރާއްޖޭގެ މާހައުލުން ފެންނަ، މިހާރު ނެތިދިޔުމުގެ ބިރުހީވެފައިވާ ގަސްގަހާގެއްސެވެ. އޭގެ ތެރޭގައި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކި ބާވަތުގެ ގަހުގެ އިތުރުން މާގަސް ހިމެނޭހެން 22 ބާވަތުގެ ގަސް އިންދި އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެމްޕީއެލްގެ މުވައްޒަފުން ގަސް އިންދަނީ.-- ފޮޓޯ: އެމްޕީއެލް
އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ދެކަނބަލުންނާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އަދި ކެބިނެޓްގެ މިނިސްޓަރުންނާއި އެންބެސެޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިން ބުނެފައިވަ ގޮތުގައި، ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 90 އަށް ވުރެ ގިނަ ވައްތަރުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާނެ އެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި ކާބަން ނަގާ މިންވަރު ވެސް ވަޒަންކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒީމާާ
09 June 2024
ރައީސް މުއިއްޒު ރާއްޖޭގެ ތިމާވެއްޓަށް މި ފަސްއަހަރު އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެކަން ކަށަވަރު.
ޒާހިރްް
09 June 2024
ރައީސްގެ ވައުދުފުޅާއެއްގޮތަށް މި މަސައްކަތް ކުރެވިގެންދާތަން ފެނުމުން ވަރަށް އުފާވޭ.
ބޮކި
08 June 2024
ބަލަންވީ އިންދިއަދަދެއް ނޫން. އުނދުނުގައިޖަހައިގެންނަމަވެސް ރޯވިއަދަދެއް
ފިތްފަން
08 June 2024
ކުދިބަތް އަޅަިގެންތަ.
ދޮން ހަސީނާ
07 June 2024
ގަސް އެއްތަނުން އުފުރާލައިގެން ގެނެސް އަނެއްތަނުގައި އިންދާނަމަ ނަތީޖާއަކީ ސުމެއް. މިހެން ނުވާނެހެން 5 މިލިއަން އޮށުން ގަސް ފަޅުވައި އިންދުން މުހިއްމު
5 މިލިއަން
07 June 2024
5 މިލިއަން ގަސް ފަޅާވާހަކަ ކަންނޭގެ އެބުނީ. މަހަކު 83000 ގަސް އިންދުމަކީ ނުވާނެ ކަމެއް. އެކަމަކު ވިނައާއި ޒުވާރި ފަދަ ގަސް އޮށް ބޭނުން ކޮށްގެން 5 މިލިއަން ގަސް ފަޅުވައި ތަންތަނުގައި އިންދިދާނެ. ކޮބާ ބޭނުމަކީ؟
ގަލީލާ
07 June 2024
24 ގަޑިއިރު ތެރޭގަ 40000 ގަސް އިންދަން މިނެޓަކު މަދުވެގެން 28 ގަސް އިންދަންޖެހޭނެ.
މަތީގާ
07 June 2024
މަތީގަ އިންފޮޓޯގަ އިނީ ގައިގަނޑަކަށް 28 މީހުން. އެމީހުން 24 ގަޑިއިރުވަންދެން ނުކައި ނުބޮއެ ނުނިދާތިބެގެން ކޮންމެ މީހަކު މިނެޓަކު ގަހެއް އިންދީކަންނޭގެ.
ގަލީލާ މަތީގާ
07 June 2024
ގައުމުގެ އެންމެ ތަންކޮޅެއްގަތަ ގަސް އިންދީ؟
ޝެން
07 June 2024
40000 (ސާޅީސް ހާސް) މީހުން އެއްފަހަރާ އެކި ތަންތަނުގައި ( މުޅި ރާއްޖޭގައި) ގަސް އިންދީމަ މިނެޓް ކަލްކިއުލޭޝަން ހަދާކަށް ނުޖެހޭނެ. ތިނަދޫ ސިޓީގަ އެކަނިވެސް 1000 ގަސް އިންދި ގަޑި އިރަކުން. ބައެއް ދިވެހިން އަދިވެސް ފިނުތަވެރިކަމަށް މަގުފަހިކުރަނީ. ހެޔޮވިސްނުންދެއްވާ މުޖުތަމައު ރަނގަޅު މިސްރާބަކަށް ގެންދަވާށި.
ރަންނަ
07 June 2024
މަހަކު 83400 ގަސް ނިއިންދާ 5 މިލިއަނެއް 5 އަހަރަކުން ހަމައެއް ނުވާނެ. އެކި ތަންތާ ހުރި ގަސްތައް އުފުރައިގެން ގެނެސް ފޮޓޯނެގުމަކީ ގަސް އިންދުމެއްނޫން. ނާސަރީ ތަކުގަ ގަސް އާލާކޮށް އިންދީމަ އެއްޗަކަށްވާނީ. ތެދެއް، އަމާބުނީ ފަރަށްދާން، ބޮލިހިލާކަށް ނުބުނޭ
ރަންނޫ
07 June 2024
އެތަނުން އެއްބަޔަކު އެ އިންދަނީ ފިތުރޯނު ގޮފިހެން ހީވާ އެއްޗެއް. ފިތުރޯނު ގޮތްޕަކީ އެހެން އިންދައިގެން ފަޅާ އެއްޗެއް. ނާސަރީއެއް ބޭނުންވާ އެއްޗެއް ނޫން އެއީކީ.
ގެދޮރުވެރިޔާ
07 June 2024
އަލަށް ގަސް އިންދީކީ ނޫން. ރީލޮކޭޓް ކޮށްލީ ނޫންތޯ?
ބަލަހައްޓަންވާނެ
07 June 2024
ތިހެން ހަމަ ބިމަށް ކުޑަކުޑަ ގަހެއް ނުވަތަ ރޯ އޮފިކޮޅެއް ޖަހާލައި ފަސްލާފައި ދޫކޮށްލުމުގެ ބަދަލުގައި، އިންދާ ކޮންމެ ގަހަކަށް ސީރިއަލް ނަންބަރެއްދީ، ޓެގެއް ކަހަލަ އެއްޗެއް އަޅުވާފައި ބަހައްޓައިގެން ކޮންމެ ގަހަކަށް ވާނުވާ އެކަށީގެންވާ ރަނގަޅު ގޮތަކަށް މޮނިޓަރުކޮށް ބަލަހައްޓައިގެން ނޫނީ ތިޔަ އިންދާ ގަސްތަކަށް ވާއެއްނުވާއެއް ނޭނގޭނެ. ރައީސް މައުމޫންގެ ދައުރުގައި އިންދިހައި ގަސްތަކަށް ވީ ގޮތެއް އެނގޭތޯ؟