ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަލީ އިބްރާހީމް.--
09 ޖޫން 2024 - 10:22
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބައްޕާފުޅުގެ މަގާމުގައި ހުންނެވި އަލީ އިބްރާހީމް އަވަހާރަވެއްޖެ އެވެ. އަލީ އިބްރާހިމް އަކީ ސާޖިދާގެ ދޮންބައްޕާފުޅު ވެސް މެ އެވެ.
ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 78 އަހަރެވެ.
އަލީ އިބްރާހިމްގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގަ އެވެ.
ވީހާވެސް ގިނަ ބޭފުޅުން ކަށުނަމާދުގައި ބައިވެރިވެދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ޝުކުރިއްޔާ!
— Dr Mohamed Muizzu (@MMuizzu) June 9, 2024
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. pic.twitter.com/BedP4dnZ1f
ރައީސް މުއިއްޒު ވަނީ ޖަނާޒާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.
މެޑަމް ސާޖިދާގެ ދޮންބައްޕާފުޅު އަވަހާރަވުމުން ސަރުކާރުގެ މައި ޕާޓީ، ޕީޕީއެމް/ޕީއެންސީން ވަނީ ތައުޒިޔާ ކިޔައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނު ޖަވިޔަނި
10 June 2024
އެއީ މަޤާމެއް ކަމުގައި ވާނަމަ، އެ މަޤާމު ހުސްވުމުން އިތުރު ބޭފުޅަކު އަވަހަށް އައްޔަނު ކުރަން ފެނޭ!
ގެދާނޯމޮސް
09 June 2024
إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ މީ ކޮންމެ މުސްލިމަކު ހިތުން ޔަޤީންކޮށްގެން ހުންނަން ޖެހޭނެ ކަމެކެވެ . މަރުވުމަށް ފަހުނޫނީ ޙަގީގީ ޢާލަމަކަށް އެއްވެސް އިންސާނަކު ނުދާނެއެވެ . ނެތިފަނާ ވުމުއެއް ނުވާ އާޚިރަތުގެ ނަސީބުވެރިންނަކީ އެބަޔެއްގެ ހިތާއި ސިކުނޑިން ނަފްސް " ޕިއުރިފައި " ކޮށްގެން ﷲ ގެ ހަޟުރަތަށް ހިތްހަމަޖެހިގެން ވާ ސާފުހިތަކާއިގެން ރުޖޫއުވާނެ މީހުންނެވެ. މައްޔިތާއަށް ﷲ ގެ ރަޙްމަތް ލައްވާށި އެވެ. - އާމީން -
މުހައްމަދު
09 June 2024
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. އާއިލާ އަށް ކެތްތެރިކަން ދެއްވާށި. އަލީ އިބްރާހިމް.އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ' މިންވަރު ކުރައްވާށި. އާމީން