ތޮއްޑޫ ކައުންސިލް އިދާރާގައި މިދިޔަ ހަފުތާގައި މުޒާހަރާކުރަނީ.
10 ޖޫން 2024 - 11:20
އއ. ތޮއްޑޫގައި ދަނޑުވެރިކަން ކުރާ އެއް ސަރަހައްދުން ދޫކުރާ ބިންތަކުގެ މުއްދަތު އިތުރުކުރަން ނިންމުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކުގައި، ކައުންސިލްގެ އިދާރާއަށް ގެއްލުން ދިން މައްސަލައިގައި އެ ރަށުން ބަޔަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރާތީ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މިދިޔަ ބުދަ ދުވަހު މުޒާހަރާކުރީ، އެ ރަށުގައި ދަނޑުވެރިކަން ކުރާ ތިން ސަރަހައްދުގެ ތެރެއިން އެއް ތަނެއްގައި، ދަނޑު ހައްދަން ދޫކުރާ މުއްދަތު ފަސް އަހަރުން 15 އަހަރަށް އިތުރުކުރަން ނިންމުމުންނެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ އެއް ދަނޑު ހާއްސަކޮށްފައިވަނީ ރޯދައަށް ކަރާ ހައްދަން ކަމަށެވެ. ބާކީ އޮތް ދެ ދަނޑު ދޫކުރަނީ ފަސް އަހަރަށް ކަމަށް ވިއަސް، އެ މުއްދަތަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް އިންވެސްޓުކުރަން އެކަށީގެންވާ ވަގުތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ކައުންސިލުން ނިންމާފައިވަނީ ތިން ވަނަ ދަނޑު ދޫކުރާ މުއްދަތު އިތުރުކުރާށެވެ.
"ކައުންސިލްގެ އެ ނިންމުން ބަދަލުކޮށް، އަލުން ވޯޓަކަށް ދާން ގޮވާލައި މުޒާހަރާކުރީ. އޭގައި ވިއްސަކަށް މީހުން ބައިވެރިވޭ،" ކަރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުން 800 އަކަފޫޓުގެ ބިން ދޫކުރާނީ ކަރަންޓާއި ފެން ވެސް ލިބޭ ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިފުތު
10 June 2024
ޑިމޮކްރަސީ އެއް ކަމަކު ގަޔަށް ބޮލަށް އަރާ ސަރުކާރާއި، މީހުން ގެ މުދަލަށް ގެއްލުން ދިނުން ހަރުކަށި އަދަބު ދީގެން ވެސް ހުއްޓުވަން ޖެހޭ. ވަލު ޖަނަވާރުންގެ އުސޫލު ދޫކޮށް، ރިވެތި އަޚުލާޤު އިސްކުރަށްވާ
ކޮރަލް
10 June 2024
ތޮއްޑޫ ރައްޔިތުންނަށް ގެއްލުންދޭ ކައުންސިލަރުންގެ މައްސަލަ ވެސް ބަލަން ވީ އެވެ. އެލްޖީއޭ އިން ވެސް އަނގައިން ނުބުނެ އެވެ .