ވިޔަފާރި / މިހާރު

ޔޫރޯއަށް "މިހާރު" އިން ގިނަ އިނާމުތަކެއް ލިބޭ ސްކޯ ޕްރިޑިކްޓާއެއް

މިއަހަރުގެ ޔޫރޯއަށް ހާއްސަކޮށް, އަގުހުރި ގިނަ އިނާމުތަކަކާ އެކު "މިހާރު" އިން ސްކޯ ޕްރިޑިކްޓާ ލޯންޗުކޮށްފި އެވެ.

ސްކޯ ޕްރިޑިކްޓާ އަކީ ސްކޯ ދިމާ ކުރުމަށް އެކި ކުންފުނިތަކުން ހަދާފައިވާ ގްރޫޕުތަކެއް ހިމެނޭ ޕްލެޓްފޯމެކެވެ. އެ ގްރޫޕުތަކުގައި ކޮންމެ ކުންފުންޏަކުން ވެސް ވަކިވަކި އިނާމުތަކެއް ހުށަހަޅާފައިވެ އެވެ.

ބައިވެރިންނަށް ސްކޯ ޕްރިޑިކްޓާގައި ހިމެނޭ ހުރިހާ ގްރޫޕުތަކަށް ވަދެ، ސްކޯ ދިމާކޮށް އިނާމު ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އަދި ބޭނުންވާ ނަމަ އަމިއްލައަށް ޕްރައިވެޓް ގްރޫޕެއް ހެދުމުގެ ފުރުސަތު ވެސް ލިބެ އެވެ.

"މިހާރު"ގެ ސީއޯއޯ ހަސަން މާހިރު ވިދާޅުވި ގޮތުގައި ސްކޯ ޕްރިޑިކްޓާ ފަދަ ޕްލެޓްފޯމެއް ލޯންޗުކުރީ އާއިލާތަކާއި ރައްޓެހިންގެ މެދުގައި އޮންނަ ސްކޯ ދިމާކުރުމަށް އޮންނަ ސަގާފަތް އިތުރަށް ވާދަވެރިކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށް ދިނުމަށް ކަމަށެވެ.

"މި ޕްލެޓްފޯމްއިން އާއިލާތަކާއި ރައްޓެހިންނަށް ވަކިން ޕްރައިވެޓް ގްރޫޕްތައް ހަދާ ސްކޯ ދިމާ ކުރެވޭނެ. އަދި އިނާމެއް ބޭނުން ނަމަ, އަޅުގަނޑުމެންގެ ޕާޓްނަރުންގެ ޕަބްލިކް ގްރޫޕުތަކުގައި ބައިވެރިވެ, އިނާމު ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ. އުއްމީދަމީ ގިނަ ބަޔަކު ބައިވެރިވެ, ސްކޯ ޕްރިޑިކްޓުކޮށް, އަޅުގަނޑުމެންގެ ޕާޓްނަރުން ހުށަހަޅާފައިވާ ސަޅި އިނާމުތައް ވިން ކުރުން." ހަސަން ވިދާޅުވި އެވެ.

ސްކޯޕްރިޑިކްޓާގައި ބައިވެރިވާ ކުންފުނިތަކާއި އިނާމުތައް

ސޮނީ ސްޕޯޓްސް

1 ވަނަ އިނާމު: ރީބޮކް ޓްރެޑްމިލެއް 2 ވަނަ އިނާމު: 3000ރ. ގެ ވައުޗަރެއް 3 ވަނަ އިނާމު: ޕޫމާ ފުޓްސެލް ބޯޅައެއް

އެމްޔޫ ސްޓޯ

1 ވަނަ އިނާމު: 5000ރ. ގެ ގިފްޓް ހެމްޕާއެއް 2 ވަނަ އިނާމު: 3000ރ. ގެ ގިފްޓް ހެމްޕާއެއް 3 ވަނަ އިނާމު: 1500ރ. ގެ ގިފްޓް ހެމްޕާއެއް

ސަބްމޯ

1 ވަނަ އިނާމު: ދުބާއީ ދެކޮޅު ޓިކެޓް 2 ވަނަ އިނާމު: 4 މީހަކަށް ދޭ ޑިނާއެއް 3 ވަނަ އިނާމު: 2 މީހަކަށް ދޭ ޑިނާއެއް

މާލެ އޮޕްޓިކަލް

1 ވަނަ އިނާމު: 3000ރ. ގެ ފައިސާގެ އިނާމާއި މާލެ އޮޕްޓިކަލްއިން ބޭނުން އަވިއައިނެއް. 2 ވަނަ އިނާމު: 2000ރ. ގެ ފައިސާގެ އިނާމާއި މާލެ އޮޕްޓިކަލްއިން ބޭނުން އަވިއައިނެއް. 3 ވަނަ އިނާމު: 1000ރ. ގެ ފައިސާގެ އިނާމާއި މާލެ އޮޕްޓިކަލްއިން ބޭނުން އަވިއައިނެއް.

ކައިޓް ޕާފިއުމް

1 ވަނަ އިނާމު: ކައިޓް ގިފްޓް ސެޓެއް. 2 ވަނަ އިނާމު: 100 އެމްއެލްގެ ކައިޓް ޕާފިއުމް ސެންޓު ފުޅިއެއް. 3 ވަނަ އިނާމު: 50 އެމްއެލްގެ ކައިޓް ޕާފިއުމް ސެންޓު ފުޅިއެއް.

ދަމާސް ގްރޫޕް

1 ވަނަ އިނާމު: އިންޑެކްސް ފާނިޗަރުން ވިއްކާ "ޕިއާނޯ" ބްރޭންޑުގެ 5 ފޫޓުގެ އެނދެއް. 2 ވަނަ އިނާމު: ދަމާސް ހޯމް ފަރުނީޗަރުން ވިއްކާ ދެ ސީޓުގެ ސޯފާ ސެޓެއް. 3 ވަނަ އިނާމު: ދަމާސް ހާޑްވެއާއިން ވިއްކާ ލޫޝިއަން ބްރޭންޑުގެ ޕްރެޝާ ވޮޝަރެއް.

މުނިހޯމްކެއާ

1 ވަނަ އިނާމު: އެލް ޝޭޕްޑް ސޯފާއެއް. 2 ވަނަ އިނާމު: 4 ގޮނޑީގެ ޑައިނިން ސެޓެއް. 3 ވަނަ އިނާމު: ޓީވީ ކެބިނެޓެއް.

އޭބީއެސް ފާނިޗާސް

1 ވަނަ އިނާމު: ލަގްޒަރީ މޮޓޮރައިޒްޑް މޭޒެއް 2 ވަނަ އިނާމު: ކާރާ އާމްޗެއާއެއް 3 ވަނަ އިނާމު: ޓާކިޝް ރަގެއް

ޕްލާޒާ އޮންލައިން

1 ވަނަ އިނާމު: ރަސާސީ ހަވަސް އައިސް ސެންޓުފުޅިއެއް 2 ވަނަ އިނާމު: ރަސާސީ އައިސް ސެންޓުފުޅިއެއް 3 ވަނަ އިނާމު: ރަސާސީ ދާރީޖް ސެންޓުފުޅިއެއް

އެލް މޯބައިލް

1 ވަނަ އިނާމު: ސެމްސަންގް ނޯޓް 11 ޕްރޯ ޕްލަސް ފޯނެއް 2 ވަނަ އިނާމު: އޮނިކްސް ސްޓޫޑިއޯ 7 ބްލޫޓޫތް ސްޕީކަރެއް 3 ވަނަ އިނާމު: ބައިސްކަލެއް

ސްކޯ ޕްރިޑިކްޓާ ފަށަނީ މި ކުންފުނިތަކުގެ ގްރޫޕްތަކާއި އެކު އެވެ. "މިހާރު"ގެ މާކެޓިން ޓީމުން ބުނީ އިތުރު ކުންފުނިތަކުގެ ގްރޫޕްތައް މި ޕްލެޓްފޯމުން ފެންނާނެ ކަމަށާއި އަގުހުރި ގިނަ އިނާމުތަކެއް އަދިވެސް ލިބެމުން ދާނެ ކަމަށެވެ.

ސްކޯ ދިމާކުރުމަށް ހުޅުވާލާނީ ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިންނެވެ. އަދި މެޗު ފެށެންދެން ސްކޯ ފޮނުވޭނެ އެވެ.

"މިހާރު"ގެ ވެބްސައިޓުން ޔޫރޯ ކަވަރޭޖަށް ހާއްސަ ބަޔަށް ވަނުމުން ސްކޯ ޕްރިޑިކްޓާގެ ބެނާ ފެންނާނެ އެވެ. އެ ބެނާއަށް ފިއްތާލުމުން، ސްކޯ އަދިި ޕްރިޑިކްޓާގައި ރަޖިސްޓްރީ ވެވޭނެ އެވެ. އީމެއިލް ނުވަތަ ފޭސްބުކް އަދި ޓުވިޓާ އެކައުންޓު ބޭނުންކޮށްގެން ރެޖިސްޓާ ކުރެވޭނެ އެވެ. ރަޖިސްޓާވުމުން އެ ސްކޯ ޕްރިޑިކްޓާގައި ހިމެނޭ ކޮންމެ ގުރޫޕަކަށް ވަދެ, ސްކޯ ދިމާކުރުމަށް ބޭނުން ސްކޯއެއް ޖެހޭނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454