ޔޫރޯ އަށް ހާއްސަކޮށް "މިހާރު" އިން ޔޫރޯ މެގަޒިން ދީމާ ނެރެދެނީ.
15 ޖޫން 2024 - 13:32
ޔޫރޯ އަށް ހާއްސަކޮށް "މިހާރު" އިން ޔޫރޯ މެގަޒިން ނެރެފި އެވެ.
އެ ފޮތް ނެރެދިނީ ސޮނީ ސްޕޯޓްސްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އެންޖެލާ މަރީ ފްރެންސިސްކޯ އާއި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ. ފޮތް ނެރުމުގެ ރަސްމިއްޔާތުގައި "މިހާރު"ގެ ޔޫރޯ ވެބް އެޑިޝަނާއި ސްކޯ ޗާޓު ވެސް ވަނީ ލޯންޗުކޮށްފަ އެވެ.
"މިހާރު" ގެ ޔޫރޯ މެގަޒިން ރޭ ނެރެނީ.
ޔޫރޯ މެގަޒިނަކީ ޔޫރޯގެ ތާރީހީ މައުލޫމާތުތަކާއި މި އަހަރު ކުޅޭ ޓީމުތަކާއި ޓީމުތަކުގެ ކުޅުންތެރިންގެ މައުލޫމާތުތައް ހިމެނޭ މެގަޒިންއެކެވެ. މިހާރުގެ ޔޫރޯ ވެބްއެޑިޝަން އަކީ ޔޫރޯގެ އެންމެ ފަހުގެ މައުލޫމާތުތައް ކިޔުންތެރިންނަށް ގެނެސްދިނުމަށް "މިހާރު"ގެ ވެބްސައިޓުގައި ހަދާފައިވާ ހާއްސަ ވެބް ޕޭޖެކެވެ.
މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ދީމާ، "މިހާރު" ގެ ޔޫރޯ މެގަޒިން ރޭ ބަލަނީ.
"މިހާރު" އިން ޔޫރޯ އަށް ހާއްސަކޮށް ސްކޯ ޕްރިޑިކްޝަން ޕްލެޓްފޯމެއް ވެސް ވަނީ ހަދައިފަ އެވެ. އެއީ އެކި ކުންފުނިތަކުގެ ގުރޫޕުތައް ހިމެނޭ، ގިނަ އިނާމުތަކެއް ހުށަހަޅާފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން އާއްމުންނަށް އަމިއްލަ ޕްރައިވެޓް ގްރޫޕުތައް ވެސް ހެދޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް.
15 June 2024
ގައިޑް ލިބޭނެ ތަނެއްގެ ނަން ނެތީމަ އެހާ ފުރިހަމައެއް ނޫން.
ހެސް
15 June 2024
މީ މިފަހަރު ނެރުން ޔޫރޯ ފޮތްތަކުން އެންމެ ސަޅި ޑިޒައިން އާ އެންމެ މަޢުލޫމާތު އަޕްޑޭޓަޑް ފޮތް. މިހާރު ނޫސް ނެވަރ ޑިސެޕޮއިންޓްސް.