ވިޔަފާރި / ދިރާގު

މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!

މިސްތަފާ. އޭނާއަށް ވަނީ ޓެސްލާއެއް ލިބިފައި --

ޓެސްލާ ކާރުގެ ނަސީބުވެރިޔާއޭ ދިރާގުން ރޭ ގުޅާފައި ބުނުމުން މުސްތަފާ މުހައްމަދު، 55، އަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ފުރަތަމަ ހީކުރީ ސްކޭމް ކޯލެއް ކަމަށެވެ. އިރުކޮޅަކުން އޭނާ ދަންނަ އެތައް ބައެއްގެ ކޯލު ފުލުފުލުގައި އަ އެވެ. ޓެސްލާގެ ނަސީބުވެރިއަކަށް ވީ އޭނާކަން ޔަގީންވީ އެ ހިސާބުންނެވެ.

"ފުރަތަމަ ގުޅާލީމަ ގަބޫލެއް ނުކުރަން. އެއީ މިހާރު ސްކޭމުް ކޯލުތަކާ އެއްޗެހި ކުރާތީ. ދެން އަޅުގަނޑު ބަލާލީ، ފޭސްބުކާ އެއްޗެހި. ދަންނަ މީހުންގެ ކޯލްތައް ލިބެން ފެށި. ދެން އެ ހިސާބުން އެނގިއްޖެ ލިބުުނުކަން،" މުސްތަފާ ބުންޏެވެ.

ތުލުސްދުއަށް އުފަން މުސްތަފަ ބުނީ ދިރާގުން މިހާތަނަށް ދިން އެންމެ އަގު ބޮޑު އިނާމު، ޓެސްލާގެ މޮޑެލް 3 ގެ ކާރު ލިބޭ ޕްރޮމޯޝަންގައި ބައިވެރިވީ އެއްވެސް ވަރަކަށް އެ އިނާމު ލިބޭނެ ކަމަކަށް އުއްމީދުކޮށްގެން ނޫން ކަމަށެވެ.

ދިރާގުން މާ ދުރާލައި ތައްޔާރުވެ، އީދު ޝޯގައި އިނާމު ދޭނެކަން އިއުލާންކުރި ނަމަވެސް މުސްތަފާ އީދު ބަންދަށް ރަށަށް ދިޔައީ، އެ ކަހަލަ ނަސީބެއްގައި ދުވަހަކު ވެސް އޭނާގެ ނަން ލައްވާނުލާތީ އެވެ.

ހުޅުމާލޭގައި ގުރުއަތުލުން ކުރިއަށް ގެންދިޔަ ސަރަހައްދަށް އައުމަށް ދިރާގުން އޭނާއަށް ރޭ ގުޅައި އެދުނެވެ. އެކަމަކު އީދު ބަންދަށް މިވަގުތު އޭނާ ރަށުގައި ހުރުމުން ނުދެވުނީ އެވެ. ޓެސްލާގެ ގުރުއަތަށް ފަހު، ދިރާގުން ވީޑިއޯ ކޯލެއް މުސްތަފާއަށް ކުރަން ބޭނުންވި ނަމަވެސް ފުލުފުލުގައި އަންނަން ފެށި ކޯލުތަކުގެ ސަބަބުން، ދިރާގަށް މުސްތަފާއާ ރޭގައި ފަހުން ނުވެސް ގުޅުނެވެ.

މުސްތަފާ. އޭނާ މަސައްކަތް ކުރަނީ ކަސްޓަމްސްގައި --

މުސްތަފާ ބުނީ، ރާއްޖެއަށް މޯބައިލް ތައާރަފް ކުރި ފަހުން އޭނާ އަކީ ދިރާގުގެ ކަސްޓަމަރެއް ކަމަށެވެ. އޭރުއްސުރެން ގެންގުޅެނީ ވެސް ނަސީބުގައި ހޮވުނު ނަންބަރެވެ. އެ ނަންބަރު އޭނާ ގެންގުޅޭތާ 20 ވަރަކައަށް އަހަރު ވެއްޖެ އެވެ.

"ރާއްޖެއަށް މޯބައިލް ތައާރަފްވި އިރު އަޅުގަނޑު ނެގި ނަންބަރު މިއީ. ހަމަ އެ ނަންބަރަށް މި ގުރުއަތުގައި ހޮވުނީ،" އޭނާ ބުންޏެވެ

މުސްތަފާ މަސައްކަތް ކުރަނީ ކަސްޓަމްސް އޮފިސަރެއްގެ ގޮތުގަ އެވެ. އޭނާ މާލޭގައި ވަޒީފާ އަދާކުރި ނަމަވެސް، އާއިލާ ދިރިއުޅެމުން އަންނަނީ، ރަށުގަ އެވެ. ތިން ކުދިންނާ އެކު އާއިލާގެ ހުރިހާ ހަރަދުތަކެއް ހަމަޖައްސަނީ އޭނާއަށް ލިބޭ މަހު މުސާރައިންނެވެ.

ދިރާގުން ބޭއްވި ޓެސްލާ ނަސީވެރި ފަރާތެއް ހޮވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން ދިން ޓެސްލާއާ މުސްތަފާއެއް އަދި ހަވާލެއް ނުވެ އެވެ. އެހެންވެ، އެ ކާރަށް ހަދާނެ ގޮތަކާ މެދު ވެސް އޭނާ އަދި ނުވިސްނަ އެވެ. މީގެ ކުރިން އޭނާ އަކީ ކާރު ދުއްވި މީހެއް ނޫނެވެ. އެކަމަކު ކާރު ލައިސަންސް އޭނާ އޮތީ މާކުރިން ނަގައިފަ އެވެ.

"ވަކި ގޮތެއް ނުނިންމަން. ވިއްކާލާނީތޯ ދުއްވާނީ ނުނިންމަން. މީގެ ކުރިން ދުވަހަކު ވެސް ކާރެއް ނުދުއްވަން. އެކަމަކު އޮންނާނެ ލައިސެންސް،" އޭނާ ބުންޏެވެ.

މުސްތަފާ އާއިލާއާ އެކު: ޓެސްލާއަށް ހަދާނެ ގޮތެއް އަދި ނުވިސްނާ

ދިރާގުން ދޭ ޓެސްލާ ކާރުގެ އަގު ދުނިޔޭގެ ބާޒާރުގައި އުޅެނީ 600،000ރ. އާއި 700،000ރ. އާ ދެމެދުގެ އަގެއްގަ އެވެ.

"ފުދޭ ވަރެއްގެ ބަދަލެއް ދިރިއުޅުމަށް ގެނެވިދާނެ އެއްޗަަކަށް ވާނެ. ދެން އަޅުގަނޑު އެކަމާ އެހާވަރަކަށް އަދި ނުވިސްނަން،" އޭނާ ބުންޏެވެ.

ދިރާގުން ދޭ ޓެސްލާ ކާރު ދިރާގު ކައިރީގައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއީ މުސްތަފާގެ ހަޔާތުގައި ވެސް ލަކީ ޑްރޯއެއް ކާމިޔާބުވި ފުރަތަމަ ފަހަރެވެ. އޭނާ ހުރީ މިފަދަ އަގު ހުރި އިނާމެއް ލިބުނީީތީ ވަރަށް ބޮޑަށް އުފަލުންނެވެ.

ދިރާގުން "ވިން އަ ޓެސްލާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަން މުސްތަފާ ކާމިޔާބުކުރި އިރު އެ ޕްރޮމޯޝަން ދިރާގުން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

ޓެސްާލާގެ ނަސީބުވެރިޔަކަށް މުސްތަފާ މިވީ އެ ކާރު ގުރުއަތުން ލައްވާލަފާނެ ކަމުގެ އުއްމީދުގައި އެތައް ބަޔަކު ތިއްބަ އެވެ. އަގު ބޮޑު ކާރެއްގެ އުއްމީދު މުސްތަފާ ނުކުރި ނަމަވެސް ޓެސްލާއެކު އެ އާއިލާއަށް ވެސް ލިބުނީ ބޮޑު އުފާވެރިކަމެކެވެ.

މި އީދުގައި އޭނާވީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ނަސީބުވެރިޔާއަށެވެ.

13 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 79%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެދުސިއްކަ

22 June 2024

ތިޔަ ޕާކު ކުރާނީ ޕޭމަންޓު މަތީ

The name is already taken The name is available. Register?

ކަބުލޮ

19 June 2024

ހީކުރި ތހވެސް ލިބޭނީ ފ.ނިލަންދޫ އަށް ކަމަށް.. މިފަހަރު ރޯދަގެ ހުރިހާ އިނާމެއް ވެސް ދިވެހިރާއްޖެ އަޑުން އައި ހުރިހާ ޕްރޮގްރާމް އިންވެސް ފ.ނިލަންދޫއަށް. ހުޅުމާލޭ ފްލެޓް ގޯތިވެސް ފ.ނިލަންދޫއަށް ވިއްޔާދޯ

The name is already taken The name is available. Register?

raajje

18 June 2024

މަރުހަބާ މުސްތަފާ! ސޯލާކަރަންޓުން ޗާޖުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ބުއްދިވެރިވާނެ، އެހެންނޫނީ މިރާއްޖޭގައި ކަރަންޓުބިލުހެދުމުގައި ގެންގުޅޭ އުސޫލުގެސަބަބުން ކާރު ޗާޖުކުރަންފެށުމުން، ކަރަންޓުބިލު ޑަބަލް ނުވަތަ ޓުރިޕަލްވުމުގެ ފުރުސަތުވެސް އެބައޮތް!

The name is already taken The name is available. Register?

ބަބޫ

18 June 2024

ޗާޖް ކޮށް ނިމޭއިރު އަނެއްމަހު ނުކައި ތިބެން ޖެހޭނީ. ހަތަރު ވަރަކަށް ހާދް ރުފިޔާ ކާލާނެ

The name is already taken The name is available. Register?

ރަސްނައު

18 June 2024

ما شاء الله . އަހަރެން މިހިރީ ދިވެއްސަކަށް ތީތި ލިބުނީތީ، ލިބުނު މީހާއަށްވުރެން ވެސް އުފަލުން. މަ ހީކުރީ ތީތި ލައްވާލާނީ، ގައުމުގެ މެޖޯރިޓީ އާބާދީ ބަންގާޅީ އަކަށް ކަމަށް.

The name is already taken The name is available. Register?

ރަމްޒު123

20 June 2024

ما شاء الله އަހަރެން މިހިރީ މުސްތަފާޔަށް ތިލިބުނީތީ ވަރަށް އުފަލުން ދުވަސް ކޮޅަކު މަށާއެކު ތިލަފުށީގައި މަސައްކަތް ކުރަން އުޅުނު ވަރަށް ރަނގަޅު ހިތްހެޔޮ އެކުވެރިޔެއް މަރުހަބާ ކުރިޔަށް އޮތްތަނުގައި މިފަދަ ގިނަ ނަސީބު ލައްވާނެކަމަށް ދުޢާ ކުރަން އަދިވެސް އެއްފަހަރު مرحبا ކިޔަން

The name is already taken The name is available. Register?

މުޑަހަންޖާ

18 June 2024

މިސޮރަށް ގަރާޖުސިޓީ ހޯދަދޭން ކުރެވުނުކަމެއް ކޮށްދޭގޮތަށް ވަކިއެއްޗެއް އަންގަންދެން އަހަރެމެން މިތިބީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 June 2024

ވިޔަފާރީގެ އިސްތިހާރަކަށް Sonee Hardware ދިން 1 މިލިޔަން ރުފިޔާ އަކީ މިހާތަނަށް ރާއްޖޭގައިދިން އެންމެބޮޑު އިނާމް. އެކަންއޮޅޭގޮތަށް ޙަބަރުތައް ގެނައުން ރަނގަޅެއްނޫން. # ތުލުސްދޫ އާއި ކ.އަތޮޅު މާލެއަކީވެސް ތިފަދަ ކާރެއްދުއްވަން ރަނގަޅުތަނަކަށްނުވާތީ ކާރު ވިއްކާލާފައި (އެއްފަހަރާ ފައިސާ ދޭފަރާތަކަށް) ލިބޭ ފައިސާކޮޅު އެހެންކަމަކަށް އިންވެސްޓް ކުރުން. ރަނގަޅުއަގެއްގައި ކާރު ގަންނާނެމީހެއްހުރިނަމަ މުސްތޮފާ އަވަހަށް ތިކަމުން ސަލާމަތްވުން ބުއްދިވެރި.

The name is already taken The name is available. Register?

ޙަސަނަނާ

18 June 2024

600000 އަކީ ޓެސްލާއިން ވިއްކާ އަގު، ރާއްޖެއަށް އިމްޕޯޓު ކުރާނަމަ އިތުރު %100 ޑިއުޓީ ދައްކަންޖެހޭ! ޢެހެން ވީމަ 1200000 މީގެ އެންމެ ކުޑައަގަކީ!

The name is already taken The name is available. Register?

ޢަލިކޮއެ/ހުޅުމާލެ

19 June 2024

ޙަސަސަސަނާ ކޮންމެސް ވަރަކަށް ބަލާލަބަލަ ލިޔެނެގުމުގެ ކުރިން. ޓެސްލާ އެއީބެޓެރި އެއްޗެއް. ޢޭގެ ޑިއުޓީއަކީ ސުމެއް

The name is already taken The name is available. Register?

މުހައަމަދު50

18 June 2024

މަރުހަބާ މުސްތޮ..

The name is already taken The name is available. Register?

ފިރާގު

18 June 2024

އީލަން މަސްކް އަށް އެނގޭބާ މިކަން؟ އޭނަ ކައިރީ ބުނަން ވާނެ އެއްނު؟

The name is already taken The name is available. Register?

ﷲ ދެއްވި ނިޢުމަތް

18 June 2024

ماشاءالله تبارك الله، ވަރަށް ވެސް އުފާވެރި ޚަބަރެކެވެ. އުފާވަނީ ވަރަށް އާދައިގެ މީހަކަށް ތިފަދަ އަގުހުރި އިނާމެއް ލިބުނީމަ އެވެ. މުޞްތޮފާ އަށް ވަރަށް ހޫނު مرحبا އެއް ފޮނުވަމެވެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454