19 ޖޫން 2024 - 05:59
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި އަދި ވަރުގަދަ ހަމަލާގެ އިންޒާރު އޭގެ ދެތިން ހަފްތާ ކުރިން އިޒްރޭލުގެ އިންޓެލިޖެންސް ބްރީފިންއެއްގައި ދީފައިވާ ކަމަށް އިޒްރޭލު ޕަބްލިކް ބްރޯޑްކާސްޓަރު "ކާން" އިން ބުނެފި އެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ސިގްނަލްސް އިންޓެލިޖެންސް ޔުނިޓުން މި ބްރީފް ޑްރާފްޓް ކުރީ ސެޕްޓެމްބަރު މަހު ކަމަށާއި އެއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ފެށި ހަމާސް ހަމަލާގެ މަހެއް ވެސް ނުވަނީސް ކަމަށް ކާން އިން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވެ އެވެ.
އިޒްރޭލު އަސްކަރިއްޔާގެ ތެރޭ އޮންނަ، މުއާސަލާތީ ވަސީލަތްތަކުގެ ތެރެއިން ޖާސޫސްކުރާ [ސިގްނަލްސް އިންޓެލިޖެންސް] ޔުނިޓުން ހަމާސްގެ ހަމަލާއާ ބެހޭ ބްރީފިން ތައްޔާރުކޮށްފައި އޮތީ ހަމަލާ ދިނުމުގެ މަހަކަށް ވުރެ ވެސް ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށް ރިޕޯޓްގައި ބުންޏެވެ.
ކާން އިން ރިޕޯޓްކުރި ގޮތުގައި "ޔުނިޓް 8200" ގެ އިންޓެލިޖެންސް ޑްރާފްޓްގައި ހަމާސްގެ ވަރުގަދަ ހަނގުރާމަވެރިން އިޒްރޭލުގެ އަސްކަރީ މަގާމުތަކާއި އިޒްރޭލުގެ ދެކުުނުގައި އާންމުން އުޅޭ ގެތައް ރެއިޑްކުރުމަށާއި 200-250 މީހުން ރަހީނުކުރުމަށް ވެސް ރާވާ ކަމަށް ބުނެފައިވެ އެވެ.
މީގެ ކުރިން ހަމާސް އިން އިޒްރޭލަށް ދީފައި ނުވާ ފަދަ ގޮތަކަށް ދިން މި ހަމަލާތަކުގައި އިޒްރޭލުން 1،149 މީހުން މަރާލައި 251 މީހުން ރަހީނުކުރި އެވެ. މީގެ ތެރެއިން 116 މީހަކު މިހާރު ވެސް އިޒްރޭލުން ވަރުގަދަ އަށް ހަމަލާ ދެމުން ގެންދާ ޣައްޒާގެ ތެރޭގައި ފޮރުވައިގެން ގެންގުޅޭ ކަމަށް އިޒްރޭލުން ބުނެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިް ނަތަންޔާހޫ އާއި ސިޔާސީ އެހެން މީހުން ވެސް ބުނަނީ މިއީ އިންޓެލިޖެންސް ފެއިލްވިތޯ ނުވަތަ ނޫންތޯ ބެލުމަށް ވުރެ ހަމާސް ނައްތާލުމަށް ހަނގުރާމަކުރަންވީ ވަގުތު ކަމަށެވެ. އިންޓެލިޖެންސް ފެއިލްވި ކަމުގެ ވާހަކައަށް އަޅާނުލައި ނުވަ މަސް ކުރިން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 37،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްކަނި
21 June 2024
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަންޑިތަ ހާހޫރަހަދާ އެންމެން އެކުވެގެން ވިއަސް ނަތަންޔާހޫ ދުއްވާލަ ދީބަލަ!
އިހްސާސް
21 June 2024
ތިގޮތަށް ދުއްވާލުމުގެ ބޭނުމަކީ ކޮބާ؟ އިސްލާމް ދީނުގައި ތިކަންއޮތީ ތިގޮތަކަށް ނޫން.
މެކުސް
19 June 2024
ބޮޑަށް ހީވަނީ ގަތް ލަދުން ހަދައިގެން ދައްކާ ވާހަކައެއް ހެން.
ޙާމަނާއީ
19 June 2024
ކުރިން އެނގުންނަމަ ތިޔަހޫދީން މަޑުންތިބޭނެތަ? މިހާރުވެސް ހިޒްބުއްލޯ އިން ޑްރޯންއަކުން މުޅި އިޒްރޭލް އެތެރެ ވީޑިއޯކުރި އިރުވެސް ނޭނގުނު.. އެމީހުން އެވީޑިއޯ ނެރުނީމާ އެތިބެނީ ލަދުން.
ނަޒަރުން
19 June 2024
ހާދިސާ ހިނގައި ދިޔަ ގޮތަށް ބަލާލާއިރު ބުރަވެވެނީ ނޭނގި ދީފަ އޮތް ހަމަލާއަކާ..އެއީ އެމީހުންގެ ސެކިޔުރިޓީ ސިސްޓަމްތައްވެސް މަސައްކަތް ނުކުރާ ގޮތް ހަދާފައިވުން..ދެން އެފަދަ ދެވަނައެއް ނުވާ ކަމަށް ދައުވާކުރާ އިންޓަލިޖެންސަށް ނޭނގި ކޮށްފަ އޮތްކަމެއްކަމަށް އެއްބަސްވެއްޖެނަމަ މުޅި ދުނިޔޭގަވެސް ވާނެ ފަލީހަތް އެނގޭތީ އެނގެއޭ ކިޔާފަ ރިޕޯޓެއް ތައްޔާރު ކުރަން ކޮންމެހެންވެސް ޖެހޭނެ އެއްނުން..އަޔަން ޑޯމް ހުރީމަ އީރާނުގެ އެންމެ މިސައިލެއްވެސް އެރިކަމަކަށް