ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދީ ހަލާކުކޮށްލާފައިވާ ތަނެއްގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން: އިއްޔެ ރެޑް ކްރޮސް އޮފީހެއްގެ ކައިރީ ހަމަލާދިނުމުން 22 މީހަކު ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ
22 ޖޫން 2024 - 06:48
ފަލަސްތީނުގެ ޣައްޒާގައި ހުންނަ ރެޑް ކްރޮސްގެ އޮފީސް ކައިރީ އިއްޔެ ދިން ހަމަލާއެއްގައި 22 މީހަކު މަރުވެފައިވާ ކަމަށާއި އެ ހަމަލާގެ ސަބަބުން އޮފީހަށް ވެސް ގެއްލުން ވެފައިވާ ކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ބުނެފި އެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކެނޑިނޭޅި ހަމަލާދީ މިހާތަނަށް 37،000 މީހަކު ޣައްޒާއިން ޝަހީދުކޮށްލާފައި ވާއިރު މިއީ ކޮން ބަޔަކު ދިން ހަމަލާއެއް ކަމަށް ރެޑް ކްރޮސް އަކުން ނުބުނެ އެވެ.
އައިސީއާރްސީން އެކްސްގައި ބުނީ އޮފީހަށް ގެއްލުންވި ހަމަލާއަށް ފަހު އެ ސަރަހައްދުން 22 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި 45 މީހަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ. މި އެންމެން ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވާއިރު، މި ނޫނަސް އެތައް ބަޔަކު މަރުވެ އަދި ޒަހަމްވި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާގައި 25 މީހަކު މަރުވެ 50 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި މިއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ވެސް ބުންޏެވެ. އެ މިނިސްޓްރީން ބުނީ އަލް މަވާސީ ސަރަހައްދުގައި ރެފިއުޖީން އުޅޭ ޓެންޓުތަކަށް އަމާޒުކޮށް ވެސް އިޒްރޭލުން ހަމަލާ ދީފައިވާ ކަމަށެވެ.
އައިސީއާރްސީގެ އޮފީސް ކައިރިއަށް ހަމަލާއެއް ދިން ކަމަކަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ނުބުންޏެވެ. އޭއެފްޕީން ސުވާލުކުރުމުން ބުނީ "ބަލަމުން ގެންދަނީ" ކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން އަލް މަވާސީ ސަރަހައްދުގައި ރައްކާތެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ހިސާބަކަށް އިޒްރޭލު ސިފައިން ހަމަލާ ދީފައެއް ނެތް،" ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާންމުންނަށް އެހީ ފޯރުކޮށްދޭން ކޮންމެ ދުވަހަކު ވަކި ވަގުތުތަކެއްގައި އިޒްރޭލުން ހަމަލާތައް މެދުކަނޑާލާ ކަމަށް ބުނަމުން ދިޔަ ނަމަވެސް ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި މިކަމުގެ ސަބަބުން މާ ބޮޑު ރައްކާތެރިކަމެއް ނުލިބެ އެވެ. އަދި އެހީގެ މަސައްކަތަށް ފަސޭހައެއް ވެސް ނުވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ.
22 June 2024
ޔަހޫދީން ދުވަހަކުވެސް ތެދެއް ހަދާނެތަ؟ އަހަރެމެން ދިވެހީންވެސް މީހެއްގެ ނުބައިނުލަފާކަން ހައްދުފަހަނައަޅައިފިނަމަ އެމީހަކަށް ނިޞްބަތްކޮށް މިބުނަނީވެސް "އޭނާގެ ޔަހޫދީކަމާއެވެ" ފަދަ ޢިބާރާތެއް. މަތިއޮމާންކުރާނެ. އަޑިއޮންނަނީ ކުނިވެފައި. ތިޔަނުލަފާ ބައިގަނޑުގެ ކިބައިން އަޅަމެންގެ އިސްލާމީ އުންމަތް ސަލާމަތްކުރައްވާ ރައްކާތެރިކުރައްވާށި. އާމީން
އަބްޑޫޅް +
24 June 2024
އޭ އެއްކަލަ އިޒުރޭލު ޕާޝްޕޯޓު މަނާކުރާ ބިލު ފާސް ކުރަން ނުކެރުނީ ތަ؟ ހުޅަނގުން ސެންކުސަން ޖައްސައި، ކަލޭމެންގެ ފަތުރުވެރިކަން ފުނޑާލާނެ ކަމުގެ އިންޒާރަށް ބިރުގަތީ ދޯ؟ ޕޮސް ޕޮސް! ޕާސް ކަމަށް ޕީސް!