ފިޔޯރީގެ މަގެއް މަތީގައި ބަޔަކު މަޑުކޮށްލައިގެން.
23 ޖޫން 2024 - 11:00
ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ އަށް އަހަރުގެ ކުއްޖާ ފެނުނީ، ގެ ކައިރީގައި ހުރި ފަޅު ގެއެއްގެ ތެރޭގައި ހޭނެތިފައި އޮއްވާ ކަމަށް އެ އާއިލާއިން މިއަދު ބުނެފި އެވެ.
އަށް އަހަރުގެ ކުއްޖާގެ ބައްޕަ، މުހައްމަދު ރަޝީދު ބުނީ އިއްޔެ ހަވީރު 5:00 ހާއިރު އެ ކުއްޖާ ގެއިން ނުކުތީ މަންމައާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ. މީގެ ކުރިން ވެސް ގެއިން ދިޔަ ނަމަވެސް، އެންމެ ލަސްވެގެން 6 ޖަހާއިރު ގެއަށް ވަންނަ ކަމަށް ރަޝީދު ބުންޏެވެ.
އެކަމަކު، އާއިލާ އިން ކަންބޮޑުވީ 6 ޖެހިއިރު ވެސް ގެއަށް ނައުމުންނެވެ. ފުލުހުންނަށް ރިޕޯޓްކޮށް، އާއްމުންނާ އެކު އެ ކުއްޖާ ހޯދަން ފެށީ އެ ހިސާބުންނެވެ.
ރަޝީދު ބުނި ގޮތުގައި ގެ ކައިރީގައި ހުންނަ އެ ފަޅު ގެ ދެ ފަހަރެއްގެ މަތިން ބެލި އެވެ. އެކަމަކު، ދަރިފުޅުގެ އެއްވެސް ނިޝާނެއް އޭރު ނެތް ނަމަވެސް، ރޭގަނޑު 12 ޖަހަން އުޅެނިކޮށް އެ ގޭ ތެރޭގައި ދަރިފުޅު ވެއްޓިފައި އޮއްވާ ފެނުނީ، އެ ކުއްޖާ ހޯދަން ނުކުމެ އުޅުނު ބަޔަކަށެވެ.
"ބޭރު ފުށުން އެއްވެސް އަނިޔާ އެއް ނެތް ފެންނާކަށް. ރޭގައި ފެނިގެން ވަގުތުން ހެލްތު ސެންޓަރަށް ގެންދިޔައީ. ފެން ޖެހިތަނާ ހޭ އެރި. އެކަމަކު، ރަނގަޅަށް ކިޔައި ނުދެވޭތީ ވީ ގޮތެއް އަދި ސާފެއް ނުވޭ،" ރަޝީދު ބުންޏެވެ.
އިތުރު ޓެސްޓުތައް ހަދަން އެ ކުއްޖާ މިއަދު ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސް، އެ ރަށުގައި އަންނަނީ ފަރުވާ ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީކޭ؟ މީގެކުރިން ވެސް ގެއިން ނިކުމެގެން ދެއޭ!
23 June 2024
"އެކަމަކު ލަސްވެގެން 6 ޖަހާއިރު ފެއަށް ވަދެ އޭ!" މި ޖުމްލައިން ވެސް ދަރިފުޅު ބަލަހައްޓައި ތަރުބިއްޔަތު ކުރުމުގައި މަންމަ އާއި ބައްޕަ ވެސް އިހުމާލު ވެފައިވާކަން ޔަޤީން ކޮށްދެއެވެ. އެންމެ 8 އަހަރުގެ އަންހެން ދަރިއަކު އުޅޭނޫޅޭ ތަނެއް، ކުރާނުކުރާ އެއް ނޭނގޭ ފަދަ ގޮތަކަށް ދޫކޮށްލެވިގެން ނުވާނެ އެވެ.
ބުނެދީ ބުނެދީ
23 June 2024
އެކުއްޖާގެ ބައްޕަ އެބުނި ކަންތައް ތަކާއި މެދު އަހަރެން ހަމަ ހައިރާންވެ އަންތަރީސް ވާ ވަރުވޭ. 8 އަހަރުގެ ކުއްޖެއް މަންމައާ ދެބަސްވެ ގެއިން ބޭރަށް ދިއުން. ކުޑަކުދިން ބޮޑާހާކާފަ ބޭރަށް ގޮސްފިއްޔާމުން އެކުދިން ފަހަތުން، ޕޭރެންޓް ދާންޖެހޭނެ. އެކުއްޖާ އުޅޭނޫޅޭ ގޮތް ބަލަންޖެހޭނެ. އެކުއްޖާ ކޮށްފާނެ ކަމެއް ބަލަން ޖެހޭނެ. އެވަރުގެ ކުޑަ ކުއްޖެއް އުޅޭތާކު އުޅެން، ދޫކޮށްލެވިގެން ނުވާނެ. ހުސް އިހުމާލު. ޕޭރެންޓުން ވިސްނަން ވެއްޖެ އެއްނުން..
ވ. ސަލާމް
23 June 2024
އެއްވެސް ހަގީގަތެއް ބެލުމެއްނެތި ފެންނަ ކޮންމެއެއްޗެއް ބުނުމަކީ ރަނގަޅުކަމެއްނޫން. މުޖުތަމައުގެ އަމާންކަމާއި މަސަލަސްކަން ދެމެހެއްޓުމަށް ފަރުދީގޮތުންނާއި، ވެށީގެގޮތުން އަދިން މުއައްސަސާތަކުންވެސް ފައިދާކުރަނިވިގޮތުގައި މަސައްކަތްކުރަންޖެހޭ، ޒިންމާދާރުވާންޖެހޭ!!
ފަގުޑި
23 June 2024
"ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތިއްޔާ، އެތެރެފުށުން އަނިޔާއެއް ހުރިތޯބަލާބަލަ.
ދެރަ
23 June 2024
އިރުއޮއްސޭ ވަގުތަކީ ޖިންނި ޝައިޠާނުންގެ ނުރައްކާ އެންމެބޮޑުވާ ވަގުތު. އެވަގުތަށް ރައްކާތެރިވެ ގޭގެ ކުޑަދޮރުތަކާއި ބޮޑު ދޮރުތައްވެސް ލައްޕަން ރަސޫލާ ޙަދީސްކުރައްވާފައިވަނީ އެގަޑީގެ ނުރައްކާތެރިކަން ބޮޑުކަމުން. އެކަމަކު އަހަރެމެންނަށް އެކަން އެއްވެސް ކަމަކަށްނުވޭ. ކުދިން މަގުމައްޗަށާއި އެހެނިހެން ތަންތަނަށް ދޫކޮށްލަންވެސް ވަކިވަގުތެއްނޯވޭ. އަހަރެމެން އިޞްލާޙްވެގެން އަހަރެމެންގެ ދަރިން އިޞްލާޙްވާނީ.
ކިރުސައި
23 June 2024
ޝިރުކުގެ ބަސްތަކާއި އަމަލުތަކާއި ދުރުވެ ﷲގެ ބަސްފުޅަށް ކިޔަމަންވުމަށް ނަސޭހަތްތެރިވަން. ﷲ ފިޔަވައި އެހެން އިލާހަކު ނުވޭ. އެކަލާނގެއީ އަހަރެމެންނަށް ރައްކާތެރިކަންދެއްވާ ވެރިރަސްކަލާނގެ.
ެއަޒުމް
23 June 2024
ދަރިން ވިޔަސް އެހެން މީހަކު ވެސް ހިތުގަ ހެޖޭ ކަމެއް ނުކުރުމަކި މައުދެއްކަމަށް ހުރިހާމިހުން ވެސް ދެކެން ޖެހޭ. ތިމާ އާ ބައްދަލުކުރާމީހާ އެފަދަ ގޮތަކަށް ތިމާދުކޮށްފަ ދިޔަ ނުދެން އަޒުމުން ކަޑަ އަޅަންޖެހޭ. އެއީ ކޮންމެ ވަގުތަކު ކޮންމެ މިހަކަށްވެސް ހީނުކުރާ ފަދަ އަސަރެއް އަނެއް މީހާ އަށް ހަމަ އެއްކަމަކުން ކޮށްފާނެ.
ފޮނިޓައްޕު ހަސަނު
23 June 2024
ޖެންޑާ މިނިސްޓރީގެ ޓީމެއް ތިޔަ ރަށަށް ފޮނުވައިގެން ތިޔަ ކުއްޖާ ގެއިން ފިލަން ޖެހޭ ސަބަބު އެބަ ޖެހޭ ތަހުގީގު ކުރަަން. ގަބޫލު ކުރެވެނީ މައިންބަފައިން އެކުއްޖާއާއި މެދު މުއާމަލާމާތް ކުރުމުގެ މައްސަލައެއް އުޅެނީ ހެން.
ކޮރަލް
23 June 2024
ކައުންސިލަރުން ގޮސް މަންމަ އާ އެކުއްޖާ އާ ޖެހޭ މައްސަލަ ބަލާ މަންމަ އަށް ކައުންސިލިންގް ދޭން ވީ އެވެ. ނަފްސާނީ މައްސަލަ ޖިސްމާނީ މައްސަލަ އަށް ވުރެ ނުރައްކަލެވެ.
ވަސައީ
23 June 2024
ޢެވަރު ކުޑަކުއްޖެއް މަންމަ އާމެދު ހިތްހަމަޖުޖެހި ގެއިން ނުކުންނަނަމަ ތިޔައީ ގޯހެއް. ފުރަޔަމަކަމަކަށް ހިތްހަމަ ނުޖެހިގެން އެވަރު ކުޑަކުއްޖެއް ގެއިން ނުކުމެގެން ދާން ދޫކޮށްލުމަކީ ވެސް މައްސަލައެއް. ބެލެނިވެރިންގެ އިހުމާލު. ރަނގަޅަށް ތަހުގީގު ކުރަންޖެހޭ. ބެލެނިވެރިން އަނިޔާ ކުރަނީނޫންބާ؟