މޯލްޑިވިއަން އެއާބަސް މިއަދު ދަތުރުކުރި ރޫޓު: ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ވަނީ ޖައްސާފައި --
23 ޖޫން 2024 - 20:55
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ޓްރެވެންޑްރަމަށް ނައްޓާލި މޯލްޑިވިއަންގެ އެއާބަސް މަރުކާގެ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އަނބުރާ ޖައްސައިފި އެވެ.
މޯލްޑިވިއަން އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު މެންދުރު ފަހު މާލެއިން ޓްރިވެންޑްރަމަށް ދަތުރުކުރި ބޯޓު، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ.
އެ ފްލައިޓު ކެންސަލް ކޮށްފައިވަނީ މާލެއިން ފުރައިގެން ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން އަނބުރާ ޖެއްސުމަށް ފަހުގަ އެވެ.
މިކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް "މިހާރު"އަށް ވިދާޅުވީ، ބޯޓު އަނބުރާ ޖައްސާފައިވަނީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އިންޖީނުގައި އަލިފާން ރޯވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި އޭނާ ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށެވެ.
މިކަމުގައި ފަސިންޖަރުންނަށް ދިމާވި ދަތިތަކާ ގުޅިގެން މޯލްޑިވިއަން އިން ވަނީ މާފަށް އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުބެއްޔާ
24 June 2024
ފުލައިޓް ނައްޓާލިތާ އިރުކޮޅެއްފަހުން ބޭރުން ބާރު އަޑެއް އިވުން، ކެބިން ކުރޫ އަކު އަޅުގަނޑު ކައިރިން އަޑު އިވުން ތޯ ސުވާލުވެސް ކުރި، އަލިފާނުގެ ހާދިސާ ހިނގިހެނެއް ނުވޭ. ޢެފަދަ ކަމެއްހިނގިނަމަ ބޯޓް ޖައްސާފަ އިމަރޖެންސީގަ މީހުން ފްލައިޓް އިން ބޭލީސް، ބޯޓުން ޕެސެންޖަރުން ބޭލީވެސް ބައިގަޑިއެއްހާ އިރު ފަހުން
ހުސޭނު232
24 June 2024
ދިމާވި މައްސަލަ ސާފުކޮށްދީ
ވެންގަބޯ
24 June 2024
ހުސޭން232 ދިމާވި މައްސަލަ ސާފުކުރަން. ދާނީ މައުމާތު ލިބިގަތުމާއި މައެލޫމާތު ސަފްކުރުމާ ބެހޭ އިދާރާއަށް
ވެންގަބޯ
24 June 2024
ހުސޭން232 ދިމާވި މައްސަލަ ސާފުކުރަން. ދާނީ މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމަށް މައްސަލަ ސާފުކޮށްދީ ލިބިގަތުމާއި މައެލޫމާތު ސަފްކުރުމާ ބެހޭ އިދާރާއަށް ދާންވީނުން ދޯ