ގުރުއަތުން ޓެސްލާ ކާރު ލިބުނު މުސްތަފާ -- ފޮޓޯ: މިހާރު
27 ޖޫން 2024 - 14:09
ދިރާގުގެ އެތައް ހާސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު ޕްރޮމޯޝަންގައި އަގު ބޮޑު ޓެސްލާ ކާރު ލިބުނު ފަރާތުން ކާރު ވިއްކާލަން ނިންމައިފި އެވެ.
'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ކ. ތުލުސްދޫ، މުސްތަފާ މުހައްމަދެވެ.
އޭނާ "މިހާރު" އަށް މިއަދު ބުނީ، ކާރު ވިއްކާލަނީ 8 ލައްކަ އެއްހާ ރުފިޔާ އަށް ކަމަށެވެ. އޭނާ އަށް ޓެސްލާ ކާރު ލިބުމާ އެކު، ބައެއް މީހުން ކާރު ގަންނަން ގުޅި ކަމަށް ވެސް ބުންޏެވެ. މުސްތަފާ ބުނީ، ކާރުގެ އަގު ކަނޑައެޅީ، ބާޒާރުގައި އެ ކާރު ހުރި އަގު ބަލާފައި ކަމަށެވެ.
މާލޭގައި ކަސްޓަމްސްގައި ވަޒީފާ އަދާކުރާ އުމުރުން 55 އަހަރުގެ މުސްތަފާ ބުނީ ދިރާގުން މިހާތަނަށް ދިން އެންމެ އަގު ބޮޑު އިނާމު، ޓެސްލާގެ މޮޑެލް 3 ގެ ކާރު ލިބޭ ޕްރޮމޯޝަންގައި ބައިވެރިވީ އެއްވެސް ވަރަކަށް އެ އިނާމު ލިބޭނެ ކަމަކަށް އުއްމީދު ކޮށްގެން ނޫން ކަމަށެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު (ވ) މުސްތަފާއާ އިއްޔެ ޓެސްލާ ކާރު ހަވާލު ކުރަނީ.
ދިރާގުން އިއްޔެ ވަނީ މުސްތަފާއާ ޓެސްލާ ކާރު ހަވާލުކޮށްފަ އެވެ.
މުސްތަފާއަކީ ރާއްޖެ އަށް މޮބައިލް ފޯނުގެ ހިދުމަތް ތައާރަފުކުރި ހިސާބުން ފެށިގެން ދިރާގުގެ ހިދުމަތް ބޭނުން ކުރަމުން އަންނަ ކަސްޓަމަރެކެވެ.
ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ބޭއްވި ޕްރޮމޯޝަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
29 June 2024
ތިކާރު އެންމެކަމުދާނީ ލ.ގަމުގައި ދުށްވަން، މާލެ ހުޅުމާލޭގައި ތީގެ ސުޕީޑުވެސްނަގާނުލެވޭނެ!
ސައިނީސް
28 June 2024
ތީ މެއިންޓެނަންސް އެހާ ބޮޑު އަދި ރާއްޖެއިން ސާރވިސް ކުރެވޭ އެއްޗެއް ނޫން ، އަލުން ދިރާގަށް ވިއްކާލާ ދޯ!
ދަގަތްފާނު
28 June 2024
މަބުނީ ގަރާޖުސިޓީއާ ޓެކްސީބޯޑާ އެކީގަތަ ވިއްކަނީ.
ގުދުގުދާބެއްޔާ
27 June 2024
ތިޔަ ކާރު ބާދަގަނޑައް ވާއިރުވެސް ތިޔަ އަގަކައް ވިއްކާ ނުލެވޭނެ!
މމމމޖހހހހ
28 June 2024
ހަސަދަވެރި ނުވޭ
ޓެސްލާަ
27 June 2024
ކޮބާ ކާރުގެ ސްޕެކްސް؟ ތި ޓެސްލާ އަކީ ރިއަ ވީލް ޑްރައިވް ކާރެއްތޯ، އޯލް ވީލް ޑްރައިވްތޯ ނޫނީ ލޯންގް ރޭންޖް މޮޑެލް އެއްތޯ؟ މިހެން ލައްކަ ކަސްޓަމައިޒޭޝަން ހުރޭ.
މމމމޖހހހހ
28 June 2024
ޓެސްލާ މޮޑެލް 3 ގޫގަލް ކޮއްލަވާ. އޭރުން އިގިލައްވާނެ
ލޮލްް
27 June 2024
ދުވާރުމައްޗަށް މެމްބަރެއް އިތުރުވާން އުޅޭ ކަހަލަ.
ގަރާޖުސިޓީ
27 June 2024
ކޮބާތަ ގަރާޖުސިޓީ
ޖަގޭ
27 June 2024
8 ލައްކަވީމަ ބޮޑު 680000ރ އަށް ގަންނައަގާއި ފުރައިޓާއި އަދި ކަސްޓްމްސް ޑިއުޓީއާއި އެކު ލިބޭނެ އެހެންވީމަ 8 ލައްކަ ބޮޑު ...
ތައްޓޭ
28 June 2024
ނުލިބޭނެ . ލިބެންޔާ ގެނެބަލަ.
އަބްޑޫޅް +
27 June 2024
އަހުރެންނަށް އަންގާލި ނަމަ 12 ލައްކަޔަށް ގަތީމުސް.
ހެޔޮހިތުން
27 June 2024
ކާރުވިއްކާލާއިރު ޓެކްސް ދަށްކާނެކަމަށް އުއްމީދުކުރަން. އެހެން ގައުމުތަކުގަ ތިގޮތަށް ލިބޭ އިނާމުތަށް އަތަށް އަރަނީވެސް ޓެކްސްއަށް ކަނޑާފަ