އިސްކަންދަރު ކޮށީގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި، ހޯމް މިނިސްޓަރު އިހުސާން އަދި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
30 ޖޫން 2024 - 12:03
ގޭންގު ކުށްތައް ހުއްޓުވަން ހާއްސަ ޑިޕާޓްމަންޓެއް ހަދައި، ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެނެސްފި އެވެ.
ފޮލިސް ވެބްސައިޓުގައި މިއަދު ބުނީ، ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރަން ހަދާފައިވާ އުސޫލަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.
އެ ބަދަލުތަކުގެ ތެރޭގައި ގޭންގް ކްރައިމް އެންފޯސްމަންޓްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ހެދުން ހިމެނެ އެވެ. ގޭންގު ކުށްތަކާ ބެހޭ މައްސަލަ މިހާރު ބަލަނީ އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.
ވެބްސައިޓުގައި ބުނި ގޮތުގައި އާ އޮނިގަނޑު ހަދާފައިވަނީ ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭ ގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ގޭންގު ކުށްތައް ބަލަން ވަކި ކޮމާންޑަކާއި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އެންޑް ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ގާއިމްކުރުން ހިމެނެ އެވެ.
ހުޅުމާލޭގައި ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ގާއިމްކޮށްފައިވާ ކަމަށް ވެބްސައިޓުގައިވެ އެވެ. ހުޅުމާލޭގައި މިހާރު ވެސް ފޭސް 1 އަދި ފޭސް 2 ގައި ޕޮލިސް ސްޓޭޝަން ހަދާފައިވެ އެވެ. އެ ދެ ތަން ވެސް ދެން ހިންގާނީ، ހުޅުމާލެ ޕޮލިސް ކޮމާންޑުގެ ދަށުންނެވެ. ފުލުހުން ބުނީ އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާ އެކު ގޭންގް ކުށްތައް މަދުކުރަން ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިއްމު މަގުސަދެއް ކަމަށެވެ.
ތައުލީމާއި ތަމްރީނަށް ބަލައި ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ އައްޔަންކޮށްފަ އެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ހިދުމަތުގެ ނިޒާމެއް ކަނޑައެޅުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރު1
01 July 2024
ރާއްޖޭގައި ހުރި މިކަހަލަ ބޮޑެތި މައްސަލަތަށް ހައްލުކުރަން މިސަރުކާރުން މަސައްކަތް ކުރެވޭތޯ އެބަ ބަލާ . ދެން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ކޯޓްތަށް ހަރުދަނާ ކޮއްފައި ޤ.އ ގައި ހުރި ލޫޕްހޯލްތަށް ނައްތާލަންވީ
ލީވާންް
01 July 2024
މިއީ ތޯ ތޯ ސަރުކާރެއްނޫން. ރައްޔިތުންގެ ސަލާމަތަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް މިސަރުކާރު މިއޮތީ.
ޖީހާންް އަތީފްްZ
01 July 2024
ރާއްޖޭގެ ކަންކަން އިސްލާހްކުރުމަށް މި ސަރުކާރުން ފަސްޖެހުމަކާނުލާ އަޅަމުންދާ ފިޔަވަޅުތަކަށް ހަމަ ސާބަސް ދަންނަވަން.
ފާއިޒްް
01 July 2024
ގޭންގްތަކަށް ބިރުން މިސަރުކާރުން ނޫޅޭނެކަން މިނިސްޓަރ އިހްސާންގެ މަސައްކަތްތަކަށް ބަލާލީމާވެސް ރައްޔިތުންނަށް އެގިސާފްވެގެންދާނެ.
މާހިޒްް
01 July 2024
އިމްރާން ހޯމްމިނިސްޓަރުކަމުގައި އެތަކެއް ގޭންގްތަކާއި ޑީލްތަށް ހެދި ޖަލުގައިވެސް ގައިދީންއުޅުނީ ފެންވަރުގައި. މިސަރުކާރުން މިދަނީ އިމްރާޏްގެ އިހްމާލްތަކުންވެފަހުރި ގެއްލުންތަށް ފޫބައްދާ އަވަސް ފިޔަވަޅު އަޅަމުން.
އަކްމަލްް
01 July 2024
ކުރީގެ ހޯމް މިނިސްޓަރ އުޅުނީ ގޭންގް ކުށްކުރާމީހުންއަތުން ކަޓުނަގައިގެން. އެހެންވެތާ 5 އަހަރުވެގެންދިޔައިރު މިކަމަށް އެކަށޭނެ ހައްލެއްނުގެނެވުނީ.
ކޮމާންޑް
01 July 2024
ފާޑު ފާޑުގެ ކޮމާންޑް ނަމުގަ އޮނިގަނޑަށް ބަދަލު ގެނެސްގެން އެ ކޮންމެ ތަނަކަށް ލާ ވެރިން ވަކި ލެވެލް އަކަށް ޕްރޮމޯޓްކޮށް، ކޮންމެ މީހަކަށް ކާރާ ޑްރައިވަރުން ލައިގެން ބަޔަކު ކުޅޭ ކުޅިވަރެއް ތިއަ ތަނަކީ. އެސްޕީން ނަކީ އެސިސްޓެންޓް ޑިރެކްޓަރުން ލެވެލް ގެ މަގާމެއް، އެ މަޤާމަށް މީހުން ލާފަ އެ ކޮންމެ މީހަކަށް ކާރު ދީގެން 1.2 ބިލިއަން ދިވެހިން ތި ތަނަކަށް ކުރާ ހަރަދުގެ އިންސާފު ބުނެދެވޭނެ އެއްގޮތެއްވެސް ނޯންނާނެ.
ޕީސީބީ
01 July 2024
"ގޭންގް ކްރައިމް އެންފޯސްމަންޓް" އެހެންވީމާ، މިޑިޕާޓްމަންޓް އިން އެފަދަ ކުއްތަށް ކުރާނީތަ؟
ދޮންބެސީދީ
01 July 2024
އިހަށް ގޭންގު ކުށްތައް ބަހައްޓާ. ކުރަންޖެހޭކަމަކީ ގޭންގުތައް ރޫޅާލާ މަގުމަތީ އަވިއްސެއްހެންއުޅޭ ކުދިން ބަދެހައްޔަރުކޮށް އަދަބުދީގެންވިއަސް އެކުދިންނަށް ފައިދާހުރިގޮތަކަށް ތަރުބިއްޔަތުކުރަންވީ. މަގުމަތީ ރާއްޖެބަލިޖެހިފަ ތިބޭމީހުން ސުވާލެއްނެތި ދެމަސްތިންމަހަށް އޮބިއަޅާތިބެވޭނެ ގާނޫނުހަދާ އަމަލުކުރޭ. މިނޫން ފޯމިއުލާއެއްނެތް.ޑިޕާޓުމެންޓުހަދާ ރޭވުން ރާވައިގެން ޒީރޯ. އެމްޑީޕީ ސަރުކާރުން ފުލުހަކާއި ސިފައެއް ކާލިޖެހިން މަގުމަތީ އުޅުނު. ވީކަމެއް ހަރާން.
އަހުމަދުބޭ
30 June 2024
ޑިޕާރޓްމެންޓް ހެދިދާނެ، އެކަމަކުވެސް ފުރަތަމަ ކުރަންޖެހޭ ކަންކަން ނުކޮއްތިޔަ ޑިޕާރޓްމެންޓް ހެދުމަކުން ނަތީޖާއެއް ނުނެރެވޭނެ، ފުރަތަމަ ކުރަންވީ ކަމަކީ ގޭންގް މާރާމާރީ ޑުރަގް އަށް ހެދިފައިވާ ގާނޫނުތަށް އިސްލާހް ކުރަންވީ، ފުލުހުން ކިތައްމެ އިޚްލާސްތެރި މަސައްކަތެއް ކުރިކަމުގައިވިޔަސް ކޯޓްތަކާ ހިސާބުން ތިޔަކުރާ ހުިރިހައި މަސައްކަތެއް ފެނަށްދަނީ، ކޯޓުތަކުންވެސް ކަމެއްކުރެވޭނީ ހެދިފައިވާ ގާނޫނާއެއްގޮތަށް.