ޚަބަރު / މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މެންބަރުންގެ އަދަދު ހިފަހައްޓަން ހުށަހެޅި ގަރާރު ދިރާސާކުރަން ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ. --ފޮޓޯ | މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަޖިލީހުގެ ކޮންމެ ދައުރަކު ވެސް އިތުރުވަމުންދާ މައްސަލަ ހައްލު ކުރުމާ މެދު މެންބަރުންގެ ހިޔާލު ހޯދަން ހުށަހެޅި ގަރާރު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މެންބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ ބަދަލުކުރުމާ މެދު މެންބަރުންގެ ހިޔާލު ހޯދަން ގަރާރެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

އެ ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި އިއްޔެ އާއި މިއަދު މެންބަރުން ބަހުސް ކުރައްވައި، ނެގި ވޯޓުގައި 78 މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ ގަރާރު ބަލައިގަތުމަށެވެ. އެހެންވެ ރިޔާސަތުން އިއުލާން ކުރީ އެ ގަރާރު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވުމަށެވެ.

އެ މައްސަލާގައި ބަހުސް ކުރެއްވި ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް ވަނީ މަޖިލިސް މެންބަރުންގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށާއި މިހާރު ތިއްބެވި މެންބަރުންގެ އަދަދު ވެސް ގިނަ ކަމަށް ވިދާޅުވެފަ އެވެ. މެމްބަރުންގެ އަދަދު މަދުކުރަން ކުރާ މަސައްކަތަށް އެއްބާރުލުން ދީގެން ކުރިޔަށް ގެންދަން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ތާއީދު ކުރި އެވެ.

މެމްބަރުންގެ އަދަދު މަދުކުރާނެ ގޮތަކާ މެދު އެކި މެމްބަރުން ތަފާތު ހިޔާލު ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހިޔާލު ހުށަހެޅުއްވީ ބައެއް ގައުމުތަކުން އެ ހިސާބު ޖަހާ ގޮތަށް ކިއުބް ރޫޓް ރިލޭޝަންޝިޕް ފޯމިއުލާ ބޭނުން ކުރުމަށެވެ. އޭރުން މަޖިލީހުގައި ތިއްބަވާނީ 72 މެންބަރުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދެވަނަ ގޮތަކީ ގާނޫނުއަސާސީގައި 5،000 މީހަކަށް މެންބަރެއް ކަނޑައަޅަން ޖެހޭ ގޮތަށް އޮތް އޮތުން 10،000 އަށް ބަދަލު ކުރުމެވެ. އޭރުން ކުރިއަށް އޮތް 25 އަހަރު ތެރޭގައި ވެސް 70 މެމްބަރުންގެ ގޮތުގައި މަޖިލީހުގެ އަދަދު ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ 5،000 މީހުން ތަމްސީލް ކުރާ މެންބަރުންގެ އަދަދު 1 އަށް ދަށްކުރުމުން މަޖިލިހުގެ މެންބަރުންގެ އަދަދު 72 އަކަށް ބަދަލުވާނެ ކަމަށެވެ. އެ މާއްދާގައި ބަޔާން ކުރާ އަދަދު 5،000 އިން 7،000 އަށް ބަދަލު ކުރަން ފެންނަ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ.

އެހެން ނަމަވެސް ގާނޫނުއަސާސީގައި ބުނާ އަދަދު ބަދަލު ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދެއް ނުކުރައްވަ އެވެ. ސަބަބަކީ ގާސިމް ވިދާޅުވި ގޮތުގައި އާބާދީ އިތުރުވުމުން އަލުން ގާނޫނުއަސާސީ ބަދަލުކޮށްގެން އަދަދު އިތުރު ކުރަން ޖެހުމެވެ.

އޭގެ ބަދަލުގައި ގާސިމް ހުށަހެޅުއްވި ހައްލަކީ މަޖިލީހުގައި ދާއިރާތަކަކީ ކޮބައިކަން ކަނޑައަޅައި މަޖިލީހުގައި ތިއްބަވާނެ މެންބަރުންގެ ސީދާ އަދަދެއް ގާނޫނުއަސާސީގައި ލިއުމެވެ. އޭރުން އެ މާއްދާ ފަހުން ބަދަލު ކުރަން ނުޖެހި ދާއިމަށް ހައްލު ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވީ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލައި ކޮންމެ 10،000 މީހަކަށް މެންބަރެއް ބެހެއްޓުމަށެވެ. އެގޮތަށް ބަދަލު ކުރުމުން މަޖިލީހުގައި ތިއްބަވާނީ 52 މެންބަރުން ކަމަށާއި އޭރުން 31 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.

އޮގަސްޓް 7، 2008 ގައި އަމަލުކުރަން ފެށި މިހާރުގެ ގާނޫނުއަސާސީގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ ހަތަރު އިންތިހާބެއް މިހާތަނަށް ބާއްވާފައިވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލިހަށް 77 މެމްބަރުން 2014 ގައި 85 އަދި 19 ވަނަ މަޖިލިހަށް 87 މެމްބަރުން އިންތިހާބުކުރި އެވެ. ވިހި ވަނަ މަޖިލިސް އިންތިހާބުކޮށް މިހާރު ކުރިއަށް ދަނީ 93 މެމްބަރުންނާ އެކުގަ އެވެ.

11 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަގޭ ދާއިރާ

04 July 2024

5000 ން 10000އަށް ބަދަލުކުރީމަ ކިހިނެތްތަ މަ ވޯޓް ގަންނާނީ؟ ކިރިޔާ ހޮވޭވަރު މި ކޮށްލެވެނީ މިހާރުވެސް.

The name is already taken The name is available. Register?

އަފްރާސިޔާބު

03 July 2024

ދެއްކުންތެރިކަން ނޫން އެހެން ކޮންކަމެއް. ތިޔަ ތަނަކުން އެންމެ ލާރިއެއްވެސް އެއްވެސް މީހަކު އުނިކުރަން އެއްބަހެއްނުވާނެ. އަދި ވެސް ލިބޭ ބޮޑިވަރު މަދުވެގެން ވާހަކަ ދައްކަނީ. ކާކުތަ ބުނީ ދާއިރާ އަށް ޚަރަދު ކުރާށޭ. ގަވާއިދުގައި ލިޔެފައި އެބައޮތްތަ ދާއިރާގެ މީހުންނަށް މެންބަރުގެ މުސާރައިން ފައިސާ ދޭށޭ. އަދި ވޯޓުގަންނަން ޚަރަދު ކުރާށޭ. ނުވަތަ ވޯޓަކަށް ހާހެއް މަގުން ގަންނާށޭ ޖެހޭނީ. ހުސް ބުހުތާނު ދޮގު. ރައްޔިތުން ފެލައިގެން އުޅެނީ މެންބަރުން.

The name is already taken The name is available. Register?

ލަތީ

03 July 2024

ޙަމަ ތިކަމާއި އެކު، ޕޮލިސް، .އެމް.އެން.ޑީ.އެފް، ކޮމިޝަން ތަކުގެ މެމްބަރުން ގެ އަދަދު ވެސް މަދު ކުރަން ޖެހޭ. މިސާލަކަށް މި ކުޑަ ރާއްޖެ އަށް 15 ޖެނެރަލް 40 ކާނަލް ބޭނުމެއް ނުވޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 July 2024

ދައުލަތުގެ ޤާނޫނުއަސާސީގެ 3 ވަނަ ބާބުގެ 70 ވަނަ މާއްދާގެ ށ ގެ ނުގުތާ 6 ގައި ބުނާގޮތާއި ޙިލާފަށް "ސީދާ ރައްޔިތުންގެ ބަހެއްނެތި" ރައްޔިތުންނަށް ދީފައިވާ ޑިމޮކްރަޓިކް ނިޒާމްގެ މަޤުސަދު މުޅިން ގެއްލިގެންދާގޮތަށް ޤާނޫނުއަސާސީގެ ރޫޙާއި ޙިލާފަށް ތިކަން ކޮށްގެން ނުވާނެ. # މިދެންނެވި ހަމަތަކުގެ ބޭރުން ރައްޔިތުންގެ އަސާސީ ޙައްޤަކަށް މަޖިލީހުން އަރައިގަތް ކަމުގައިވިޔަސް ސްޕުރީމް ކޯޓުން ތިޔަ ފާސްކުރާ ޤާނޫނު ބާތިލް ކުރަން ރައްޔިތުން ތެދުވާނެކަން ދަންނާތީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 July 2024

ދައުލަތުގެ ޙަރަދުކުޑަކުރަން ސަރުކާރު އޮފީސްތަކާއި ދައުލަތްޙިއްސާވާ ކުންފުނުތަކުގެ އޮފީހާއި ގުދަންހެދުމަށް ކ.އަތޮޅު މާލޭމީހުންގެ ގެދޮރު ކުއްޔަށްނަގައިގެން އެތަންތަނަށް ދައްކާ ފައިސާގެއަދަދު މަޖިލީހުގައިތިބި 93 މެންބަރުންނަށް ޙަރަދުކުރާވަރަށްވުރެން އެތައްގުނައެއް ބޮޑު. # އަދި ކ.މާލޭމީހާ ފައިސާހޯދާނެ ވަސީލަތެއްގެގޮތުގައި އެމީހުނަށްދީފައިވާ ފުލެޓްތަކުން ދައުލަތަށްލިބެންހުރި ބިލިޔަން ރުފިޔާ މަޖިލީހުގެ 5 އަހަރުދުވަހުގެ މުސާރައަށްވުރެން މާބޮޑު ނޫންތޯ!؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 July 2024

ހަމައެކަނި ސްޓަރ ކްލައުޑް، ސީ ޓްރެކް، ކަނީރުވިލާ، ގަދަމޫ، އޯކިޑްމާގެ، ބުޗާގެ، ހިތިގަސްދޮށުގެ، މައިޒާންދޮށުގެ، ސިކަންދަރު، މާލެހިޔާ އާއި އަސްރަފީ ވިލާ އަށް ކުލީގެ ގޮތުގައި (މިއީ އަދި ވަރަށްމަދު އަދަދެއްގެ ގޭގެނަން) އަހަރަކު އެތައްބިލިޔަން ރުފިޔާ ޙަރަދުކުރާއިރު ރާއްޖޭގެ ރައްޔިތުން ތަމްސީލުކުރާން މަޖިލީހުގައިތިއްބަވާ މެންބަރުންގެ މުސާރަބޮޑުވެގެން ދައުލަތްބަޤުރޫޓްވާކަމަށް އަޑު އަރުވާކަށް ނުޖެހޭ. އޮފީސް އިމާރާތް ހަދާ މިފައިސާ ޙަރަދު ކުރުން ހުއްޓާލާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 July 2024

ތިކަންކަމަށް ހައްލު ހޯދަންބޭނުންނަމަ، ކުދިކުދި އެތައް ދާއިރާގެބަދަލުގައި ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ މިދެންނެވި ދާއިރާތަކުގެތެރެއިން ކޮންމެދާއިރާއަކުން މަޖިލީހަށް އިންތިޙާބުކުރާނީ 30 މެންބަރުންކަމަށާއި އަދި މިބަދަލުގެސަބަބުން މަޖިލީހުގެ ޖުމްލައަދަދަކީ 90 ކަމަށް ނިންމާ، ރާއްޖެ އިދާރީ ޤާނޫނީ 3 ރީޖަނަށް ހިންގުމަށް ޤާނޫނުއަސާސީ އިސްލާޙްކުރޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 July 2024

ބުނެވިދިޔަ ބަދަލުތައް ޤއ އަށް ގެނައުމުން މަޖިލިސް ގޮނޑީގެ އަދަދު 90 އަށް އަދި 19 އަތޮޅު ކައުންސިލާއި 5 ސިޓީކައުންސިން އުވި ބަދަލުގައި 3 ޤަވަރު ނަރުންނަށް އަދި ރަށު ކައުންސިލް ތަކުގެބަދަލުގައި ރީޖަނަލް މުނިސިޕަލް ކައުންސިލަރުން އިންތިޙާބުކުރާން ފެއްޓީމާ އެއަދަދުވެސް ބޮޑުތަނުންމަދުވެ ދައުލަތުގެ ޙަޒާނާއިން އަހަރަކު އެތައްމިލިޔަން ރުފިޔާ ސަލާމަތްވެ ތަހުޒީބް ޤައުމުތަކުގައި މިކަންކަންކުރާގޮތަށް ޒަމާނީ ނިޒާމަކަށް ޑިސެންޓްރަލައިޒްކޮށް ޤައުމު ހިންގޭނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 July 2024

މިމީހުންގެ އަވާގައިޖެހި ވިސްނާނުލާ "އަވަސް އަރުވާލައިގެން އަހަރުމެން ގޮތްނިންމައިފިނަމަ" ދިވެހިން މަރަށް ފުރާނައަށް ބެލުމެއްނެތި ނިކުމެގެން ހޯދައިގަތް މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމް ނެތިކޮށްލުމަށްޓަކާ، ފޮރުވިގެންތިބެ ސިއްރިޔާތުގައި ބަޔަކު ކުރާކަންކަމަށް އަހަރުމެނަށްވެސް އެއްބާރުލުން ދެވިދާނެ. # އެހެންކަމުން މަޖިލިސް މުސާރަކުޑަކުރުމާއި، މެންބަރުންގެއަދަދު 90 އަށްވުރެން މަދުކުރުމަށް އެއްގޮތަކަށްވެސް ތާއީދު ކޮށްގެން ނުވާނެ. އެއުޅެނީ ގޯހެއް ހަދަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 July 2024

މޖިލިސް މެންބަރުންގެ އަދަދު ގިނަކަމަށާއި، މުސާރަ ބޮޑު ކަމަށް އަޑުއަރުވައި ރައްޔިތުންނަށް އެކަން ވިސްނައިދީގެން މަޖލިސް މެންބަރުންގެ އަދަދަދީ ޤާނޫނުއަސާސީ އިސްލާޙް ކުރުމުގެ ކުރިން އޮތް އަދަދު ކަމަށާއި (ކ.އަތޮޅު މާލެއަށް އަދި އިދާރީ ކޮންމެ އަތޮޅަކަށް 2 މެންބަރުން ކަމަށާއި މުސާރަވެސް ސްޓޭޓް މިނިސްޓަރެއްގެ މުސާރައަށްވުރެން ކުޑަކޮށްލާން އަޑު އުފުލާ ގިނަމީހުންނަކީ ދިވެހިން ހޯދައިގަތް މަލްޓިޕާޓީ ޑެމޮކްރަސީ ނިޒާމާއި މުޅިންދެކޮޅު މީހުންކަން ފާހަގަ ކުރެވޭ.

The name is already taken The name is available. Register?

އަހުމަދުބޭ

03 July 2024

މެންބަރުންގެ އިޚްލާސްތެރިކަމެއް ގައުމަށް ހުރިނަމަ މެންބަރުން ތިކަންކުރާނެ، އަދި އެއަށްފަހު އަވަހަށް ލޯކަލް އިންތިހާބު ބޭއްވުމުގެ ކުރިން ކައުންސިލްތަށްވެސް މަދުކޮއް އަދަދު މަދުކޮއްދީ، އަދި ތައުލީމީ ފެންވަރެއްވެސް ކަނޑައަޅައި ދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454