ސްރީ ލަންކާގެ ދީނީ އެއްވުމެއްގައި އެތްތަކެއް ޒީނަތްތެރިކޮށްގެން ހިންގުވަނީ.
08 ޖުލައި 2024 - 05:37
ސްރީ ލަންކާގައި ހިންދޫންގެ ބަޔަކު ބޭއްވި އެއްވުމެއްގައި އެތްތައް ޒީނަތްތެރިކޮށް ހިންގުވާފައި ދަނިކޮށް އެތެއް ރުޅިގަދަވެ ދުވަން ފެށުމުން އުފެދުނު ހާސްކަމުގެ ތެރޭގައި އެތައް ބަޔަކަށް ހޮނިހިރު ދުވަހު އަނިޔާވެއްޖެ އެވެ.
އާންމުވެފައިވާ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި ރުޅިގަދަވެ ދުވަމުން ދިޔަ އެތް ހުއްޓުވަން އެކި ގޮތްގޮތުން މަސައްކަތްކޮށް ކާމިޔާބު ނުވެގެން އެކަކު އެތުގެ ނަގުލުގައި ހިފައިގެން ވެސް އުޅެ އެވެ. އަދި އެންމެން ސަލާމަތްވާން ގޮވަމުން ދިޔަ އެވެ.
ވެރިރަށް ކޮލަމްބޯގެ ދެކުނުން 280 ކިލޯމީޓަރު (175 މޭލު) ދުރުގައި އޮންނަ ކަޓަރަގަމާގައި ހިނގި މި ހާދިސާގައި 13 މީހަކަށް ހޮސްޕިޓަލުގައި ފަރުވާން ދޭން ޖެހުނު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ހޮސްޕިޓަލުން ބުނީ މީހުންނަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށާއި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
At least 10 were injured in Kataragama as an elephant goes on a rampage during the Ruhunu Kataragama Perahera last night. 🐘 #SriLanka #Kataragama #Perahera #LKA pic.twitter.com/1F196598ME
— Sri Lanka Tweet 🇱🇰 (@SriLankaTweet) July 7, 2024
ލަންކާގައި މާތްކޮށް ހިތާ ޖަނަވާރެއް ކަމަށްވާ އެތް ދީނީ ކަންކަމުގައި ބޭނުންކުރާ ގޮތުގެ ސަބަބުން، ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ މީހުން ނުރުހުން ފާޅުކުރެ އެވެ. ދީނީ އެއްވުންތަކުގައި ބާރަށް ލަވަ ޖެހުމާއި ހަވާ އެރުވުން ފަދަ ކަންކަން ކުރުމުން އެތް ބިރުގަނެ ސަލާމަތްވާން އުޅުމުގެ ތެރޭގައި ނުރައްކާތެރި އެކި ހާދިސާތައް ހިނގަ އެވެ.
ރަސްމީ ރެކޯޑްތަކުން ދައްކާ ގޮތުގައި ލަންކާގައި ގާތްގަނޑަކަށް 200 ވަރަކަށް އެތް އޮޅުކޮށްގެން ގެންގުޅެ އެވެ. އަދި ޖަންގަލީގައި ގާތްގަނޑަކަށް 7،500 ވަރަކަށް އެތް އުޅޭ ކަމަށް އަންދާޒާކުރެވެ އެވެ.
ޖަންގަލީގައި އުޅޭ އެތް ހިފުން ސަރުކާރުން މަނާކޮށްފައި އޮތަސް ވިހައިގެން އުޅޭ ބޮޑެތި އެތް މަރާލައި އޭގެ ދަރިން ވަރަށް ނަގައިގެން ގެންގޮސް އޮޅުކުރުމުގެ މައްސަލަތައް ހިނގަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
09 July 2024
ޝިރުކު ކުރަމުން ދުވާ މީހުންނަށް ހެޔޮ ވިސްނުން ދެއްވާ އިސްލާމް ދީނުގެ ހެޔޮ ނިއުމަތް ދެއްވާންދޭވެ.
2024
08 July 2024
ތިވީޑިއޯކުރީ މީހުންގެ ސަމާލުކަންހޯދަން..... ބޮއިހަލަކި
ބުޅާގޯނި
08 July 2024
އެތެއް ރުޅިގަދަވެ ދުވާތަނެއް ނުފެނޭ އެތެއް ރުޅިގަދަވެއްޖެ ނަމަ އެތުގެ ކައިރިއަށް އެއްވެސް މީހަކަށް ނުކުރެވޭނެއެވެ އެތުގެ ހޯނުގަޑާ ފައިން ޖަހާ އެމީހަކު މަރާލިސް ތީއެމީހުން އެހެން މީހުންގެ ސަމާލުކަން ހޯދުމަށް ނޫނިއްޔާ ތިޔަ އިވެންޓް ޕްރޮމޯޓްކުރުމަށް ހިންގި ކަމަކަށް ވާނީ