ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ: ކުއްލި މައްސަލަތައް ހުށަހަޅަން އޮންނަ އުސޫލް ހަރުކަށިކުރަން ބައެއް މެމްބަރުން ވަނީ ގޮވާލާފައި. --ފޮޓޯ | މަޖިލިސް
08 ޖުލައި 2024 - 14:06
ރައްޔިތުންގެ މަޖިލީހުގެ މުހިއްމު މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް "ވަގުތު ބޭކާރުކުރަން"، ކުއްލި މައްްސަލަ ހުށަނޭޅޭ ގޮތަށް ގަވައިދު ހަރުކަށިކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެމްބަރުން މިއަދު ގޮވާލައިފި އެވެ.
ދައުލަތުގެ ހަރަދުގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމަށް ބުނެ އެމްޑީޕީން މިއަދު ކުއްލި މައްސަލައެއް ހުށަހެޅުމުން ޕީއެންސީގެ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރު ކޮށްލައިފަ އެވެ. މިދިޔަ ހަފްތާގެ ބުދަދުވަހު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް ވެސް ޕީއެންސީން ވަނީ ބޭރުކޮށްލައިފަ އެވެ.
ކޮޕީ ރައިޓްސް ގާނޫނަށް ގެނައި އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ބައެއް މެމްބަރުން ވިދާޅުވީ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހަޅަމުން ދަނީ "ވަގުތު ބޭކާރު ކުރަން" ކަމަށެވެ. މިގޮތަށް ވަގުތު ނަގާލަން ފުރުސަތު ނުދޭން، ކުއްލި މައްސަލަތައް ފަސޭހަ އިން ހުށަނޭޅޭ ގޮތް ހެދުމަށް މެމްބަރުން ގޮވާލެއްވި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް ވިދާޅުވީ މަޖިލީހުގެ މުހިއްމު މަސައްކަތްތައް ހުއްޓުވައި ލަސް ކުރަން އިރުއިރުކޮޅާ ކުއްލި މައްސަލަތައް އިދިކޮޅުން ހުށަހަޅަމުންދާ ކަމަށެވެ. އެފަދަ މައްސަލަތައް ހުށަހަޅަނީ ކަން އޮތް ގޮތުގެ ހަގީގަތް އޮޅުން ނުފިލުވާ ކަމަށާއި އެއީ ފަަސޭހައިން ސާފު ކޮށްލެވެން ހުރި މައުލޫމާތުތައް ކަމަށް މަމްދޫހު ވިދާޅުވި އެވެ.
"މި މަޖިލީހުގައި ކުރަން ހުރި މުހިންމު ގައުމީ މަސައްކަތްތަކަށް ހުރަސް އަޅަންވެގެން މިއަދު އަނެއްކާވެސް ކުއްލި މައްސަލައެއް ހުށަހެޅީ. އަޅުގަނޑު ގަބޫލު ކުރަނީ މި ކަންކަމަށް ކޮންމެވެސް ކަހަލަ ބެރިއާއެއް އަންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުއްލި މައްސަލަތައް ހުށަހަޅަމުން ދަނީ، މި ހިނގާ 20 ވަނަ މަޖިލީހަކީ ބޭކާރު މަޖިލީހަކަށް ހެދުމަށެވެ. އެފަދަ މައްސަލަތައް މަޖިލީހަށް ފަސޭހައިން ނުވެއްދޭނެ ގޮތަކަށް އުސޫލް ފަރުމާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ދުވަހެއް މި ފައްޓަނީ ތާކުންތާކު ނުޖެހޭ އެއްވެސް އުސޫލެއް، އަސްލެއް ނެތް ކަމެއްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކި އަދަދެއް ހަމަވެގެން ނޫނީ ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން ޖެހެ އެވެ.
މަޖިލީހުގައި ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް އެހެން މެންބަރުން ވެސް ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ.
މަޖިލީހުގެ ގަވައިދު މިހާރު އޮންނަ ގޮތުން ކޮންމެ މެންބަރަކަށް ވެސް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިދާނެ އެވެ. އެހެން ނަމަވެސް މިހާރު ވެސް އެ މައްސަލަ ބަލައިގަންނަން ނުވަތަ އެކަމަށް ބަހުސް ކުރާނީ މަޖިލީހުގެ މެޖޯރިޓީން އެ މައްސަލަ ފާސް ކުރުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
08 July 2024
އޭރުން ނުވޭ ދޯ ރައްޔިތުންގެ މަޖިލީހަކަށް! ހަހަހަހަ ސަރުކާރު މަޖިލިސް ހެދޭއިރުވެސް ނޭގޭ! ހަހަަހަހަ ދެބާރު މައްސުނިކޮށްލެވޭއިރުވެސް ނޭގޭ! ހަހަހަހަ ޗެކް އެންޑް ބެލަންސް ގެއްލޭއިރުވެސް ނޭގޭ! ހަހަހަހަ
ޙަނީފް
08 July 2024
ބަލަ ހުރިހާ ކަމެއް އޯކަޭ ކަމަށް ބުނެފަ އައިސް ކޮންހާސާރެއް ދަމާކައް. ޥެރިކަން ހޯދަން ޕޯޑިއަމް ތަކުގަ ދެއްކި ވާހަކަ ހަނދާންހުރި އެކަކުވެސް ނެތީދޯ މިހާރު. ޚޮބާތަ ލާރި ލިބޭނެ ގޮތާއި ވާނެކަމައް ބުނެ ހުރިހާދޮގު ހަދާފަ ލިބުނީމަ ގޮތްހުސްވީދޯ.އެއްތާކުން ެކަހޗެއްވެސްނުލިބުނުދޯ.ދެން އަތްޖަހަ..
ކޮމެންޓޭ1
08 July 2024
އެމްޑީޕީ އަށް ހީވަނީ ސަރުކާރު ހިންގަން ޖެހެނޭ މަޖުލިހުންހެން. އެވެރިން މަޖިލިސް މެޖޯރިޓީ އޮތް އިރު ކޮންމެ ކަމަކަށް ކޮމެޓީ ހަދާފަ މިނިވަން މުއްސަސާތަކުގެ މަސައްކަތުގެ ތެރެއަށްވެސް ވަދެ ތިބީ. ހިއުމަންސް ރައިޓސް ކޮމިޓި އަކާ ޖުޑިޝަލް ކޮމިޓީއަކާ ނަންހުސްކޮށް. މިހާރު ދިވެހިން ބުނެފި ބަރުލަމާނީ ބޭނުްނެތޭ. މަޖިލިސް ގެ މަސައްކަތަކީ ގާނޫނު ހަދުން. ސަރުކާރު ޒިންމާ ކުރުވާނެ މިނިވަން ކޮމިޝަންތަކާ ޝަރުއީ ދާއިރާ އެއޮތީ.
ޟމމމމ
08 July 2024
ކީހާ ޅެން ފަރިއްސަވެ ނިމެނީ. މައިނޯރިޓީގެ އަޑު އެއްކޮށް ކަނޑުވާލަނީ.
ކައުންސެލަރު...
08 July 2024
ދިވެހިރައްޔިތުން ބުނަނީ މިދައުރަށް މައިނޯރިޓީއެއްގެ ބޭނުމެއްނެތޭ.. ވަރަށް ސަލާން
ކޮބާ
08 July 2024
ދެން ކައޭމެން އިދިކޮޅުގައި ތިބިއިރު ހުށަނާޅަންތަ؟ ފުރުސަތު ވެސް ދިނެއްނު
އަސްލު
08 July 2024
އޭރުގަ މިގޮތައް ޖެއްސުން ކުރާކައް ކުއްލި މައްސަލަ ހުށަނާޅާ ކޮންމެ ދުވަހަކު. އޭރު ހުށަހަޅަނީ މުހިންމު ކަނަތަކައް ފުލު ފުލުންނެއް ހުށަ ނާޅާ
ނިކާ
08 July 2024
އެމީހުންގެ ނިޔަތަކީ ޖެއްސުން ކުރުން ކުރެވުނުގޮތަކަށް
އަފްރާސިޔާބު
08 July 2024
ކުއްލި މައްސަލަ ހުށަހެޅޭ ގޮތް ހަރުކަށިކުރުމަކީ ރަނގަޅުކަމެއް. ތިން ހަތަރު ދުވަހު ހުށަހެޅީމާ ނޫނީ ތަޅުމުގައި ބަލައިގަތުމަށްވެސް ވޯޓް ނުދޭންވީ. ދެން ކުއްލި މައްސަލަ ހުށަހެޅޭނީ ސަރުކާރު ހިންގާ ޕާޓީ އިން ކަމަށް ހަދާ ގަވާޢިދަށް ބަދަލު ގެނައީމާ ނިމުނީ. އިދިކޮޅަކަށް ކުއްލި މައްސަލައެއް ހުށަހެޅުން އޮންނަ ދޮރު އެއްކޮށް ބަންދު ކޮށްލަން ފެންނަނީ.
ގތފ
08 July 2024
އުސޫލު ހަރުކަށި ކުރާނެ ކަމެއް ނެތް އިދިކޮޅު 12 މެމްބަރު ންގެ އަނގައިގަ ތަޅު އަޅުވާ. އޭރުން މާ ބޮލަށް ފަސޭހަ ވާނެ.
މުހިއްމު ކަންކަން
08 July 2024
އެއްވެސް މީހެއްގެ އަނގައިގަ ތަޅެއް ނާޅުވާނެ ޖެއްސުންކޮއް ވަގުތު ގެއްލުވާލަން އުޅެންޏާ އެހެން ނުވާނެ ހެން ހެދުން މުހިއްމު
މެޖޯރިޓީގެއުކުޅު
08 July 2024
ސަރުކާރުކޯލިޝަންގާހިމެނޭ މެންބަރަކަށްނޫނީ ކުއްލިމައްސަލައެއް ހުށަނޭޅޭނެގޮތަށްހަދަނީ !!
އެހެނަސް
08 July 2024
ވަކިބަޔަކައް ނޫޅޭ އެއްޗެއް ހުށަނޭޅޭ ގޮތް ހަދާކައް. މަޖިލިހުގެ މަސައްކަތައް ހުރަސް ނޭޅޭ ގޮތައް ހަދަން އުޅެނީ އެހެން ނޫނީ އަސްލު މަސައްކަތް ނުކޮއް އަބަދުވެސް ކުއްލި މައްސަލައިގެން އުޅެން ޖެހޭނީ
ނިރު
08 July 2024
ދިވެހި އެއްވެސް ދަރިއަކަށް ދެރަގޮތެއް ވާކައް ކާކުތޯ އެ ދޭނީ. އެކަމަކު މިޔަދު މަޖިލިސް މެމްބަރުން ނަށް މިކަމުގަ ބަހުސް ކުރުން މުހިންމެއްނުވި. ވަރަށް ހިތާމަ ހުރި ކަމެއް
އިސްމާލި
08 July 2024
ކިހާ ދެރަ ކަމެއް؟ މި އުޅެނީ ދިވެހި ދަރިއަކަށް ދެރަގޮތް ވާތީ އެކަން މެންބަރުންނަށް މުހިއްމު ނުވެގެންތަ؟ ބަލަ އެކަހަލަ ކުދިކުދި ކަންކަމާ ވަގުތު ބޭކާރު ނުކުރާށޭ ތިކަމަކީ އެ ފައިސާ ދޫކުރާ ވުޒާރައެއްގައި އަހާލައިގެން ނިމޭނޭ ކަންކަމޭ! ދެން ބުނާނެ 82 ހާސް މުސާރައަށް ނަގައި ކުރި ކަމެއްް ނެތޭ.
ކިހިނެއް
08 July 2024
އެއްވެސް މީހަކު ނޫޅޭ ދިވެހި ދަރިއަކައް ދެރަގޮތެއް ހަދާކައް. ގައުމުގެ ހާލަތު ހުރިވަރަކުން ކަންތައް ކުރަމުންދަނީ.
ރީއްޗެއްނު
08 July 2024
ބަޔަކު ގައުމު ދަރުވާލާފަ ދިޔައިމަ ވާނެ ހުރިހާ ކަމެއް ވެސް. ބަޔަކު ރުފިޔާ ޖަހަމުން އަދި ލޯނު ދައްކަން ލޯނު ނަގަމުން 5 އަހަރު ނިންމާލީ