08 ޖުލައި 2024 - 21:19
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބާއި އެހެން މަގާމަކަށް ވެސް ވާދަކުރެއްވުމުގެ ފުރުސަތު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް (ރީކޯ މޫސަ)އަށް ނުދޭން ނިންމައިފި އެވެ.
އެމްޑީޕީގެ މާލެ ސިޓީ ރައީސް ކަމަށް ވާދަކުރައްވަން ފޯމު ހުށަހެޅުއްވުމުން އެ ފުރުސަތު އޭނާއަށް ނެތް ކަން އަންގައި އެ ޕާޓީން ދިން ޖަވާބުގެ ފޮޓޯއެއް މޫސަ މިއަދު ވަނީ "އެކްސް" ގައި ޕޯސްޓްކުރައްވައިފަ އެވެ.
އެމްޑީޕީން މޫސަށް ދިން ޖަވާބުގައި ބުނެފައި ވަނީ، އެ ޕާޓީން 2014 ވަނަ އަހަރު މޫސަ ވަކިކުރީ އަނބުރާ ޕާޓީއާ ގުޅިވަޑައިގެންފި ނަމަ ވެސް އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެއްވެސް މަގާމަކަށް އަދި އިންތިހާބަކަށް ވާދަ ނުކުރެއްވޭ ގޮތަށް ކަމަށެވެ.
ފިޔަވަޅު އަޅާ ކޮމިޓީގެ އެ ނިންމުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީ އަށް ފެންނާތީ، ނޮވެމްބަރު 9، 2022 އިން ފެށިގެން ފަސް އަހަރު ދުވަހަށް ޕާޓީގެ އެއްވެސް އިންތިހާބެއްގައި ބައިވެރި ނުވެވޭނެ ކަމަށް މޫސައަށް ވަނީ އަންގައިފަ އެވެ.
އެހެންވެ މާލެ ސިޓީގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ހުށަހެޅުން ގަބޫލު ނުކުރާ ކަމަށް މޫސައަށް ދިން ޖަވާބުގައި ބުނެފައިވެ އެވެ.
މޫސަ 2014 ގައި އެމްޑީޕީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ވޯޓަކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މައްސަލައެއްގަ އެވެ.
އެމްޑީޕީން މޫސަ ވަކި ކުރުމުން އަމިއްލަ މެންބަރެއް ގޮތުގައި ހުންނެވުމަށް ފަހު، އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ޕީޕީއެމްއާ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވުމުން ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
އެންމެ ފަހުން ބޭއްވި، އެމްޑީޕީއަށް ނާކާމިޔާބުވި ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވެސް އެ ޕާޓީގެ ހަރަކާތްތަކާއި ދަތުރުތަކުގައި މޫސަ އިސްކޮށް އުޅުއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސިއްޕެ ލޯޔަރު
09 July 2024
ރައީސް ޔާމީނައް ދަންނަވާ ރީކޯއައް ގުޅުއްވާފަ ޕީއެންއެފް އައް ސޮއިކޮއްލަން ވަޑައިގަންނަވާށޭ. ވަރައް ބާރައް އަތްޖަހާ އެއްލަކިން ލަނޑުދީފަ ފިލާނެ. ޝަމްނާޒު އައްވެސް ގުޅާފި ޕީއެން އެފް އައް ސޮއިކުރަން. ނަމަ ނަމަ ރީކޯ މި ސަރުކާރާ ގާތްނުކުރާތި
ޛުލީނާ
10 July 2024
ކޮމެންޓް ކުރުމުގެ ކުރިން، ދިވެހިބަހުގައި އަލިފު ސުކުނާއި ށަވިޔަނި ސުކުން ކުރެވޭ ހަމަތައް ދަސްކޮށްލަން ފެނޭ.
ރަސްތަ
09 July 2024
ވަރަށް ރަނގަޅު ނިންމުމެއް. ކަނޑައެޅިގެން އެނގިތިބެ ކަތުރުފަންޏެއް އަމިއްލަ ގެއަށް ވައްދަން ހެޔޮނުވާނެ.
ވެންގަބޯ
09 July 2024
ވަލުތެރެއަށް ގޮސް ދަރުހޯވާ މީހާވެސް މީދާ ކޭ އުނބެއް ނުނަގާނެ މިހާރު ވިސްނިއްޖެ ކަމަށް ހީކުރަން!
ރަދީފްއޮފިޝަލް
09 July 2024
ހެހެހެހެހެ.އެމްޑީޕީގެ ނިންމުން ވަރަށް ރަނގަޅު. މިކަހަލަ މީހުން ސިޔާސީ ދާއިރާއިން މުޅިން ބޭރުކުރަން މަސައްކަތްކުރަން ޖެހޭ.
ވާނުވާހޭ
09 July 2024
ސަރުކާރަށް ދައްކަން ޖެހޭ ކުލި ތަކާ ދަރަނިތައް ދައްކާ ޚަލާސް ކޮށްލަބަލަ!
ގުދުގުދާބެއްޔާ
09 July 2024
ދެފުއްކެހެރި މޫސަޔަށް ފުރުސަތު ދޭނެ ކަމެއް ނެތް!
މުކޭ.
09 July 2024
ލީޑަރސިޕު ފެއިލު ވެފައި އޮތް ޕާޓީ އަކައް މޫސަކީކުރަން ތިދަނީ
ސޮލާހު މީޫސާ
09 July 2024
އެއީ ހަގީގީ ޑިމެކޮރޮސީ..
ބަނޑުއަކިރި
09 July 2024
ތިއުޅެނީ ކޮންމެސް އެއްޗެކޭ ކިޔައިގެން މުއިއްޒުއާ ގާތްވެވޭތޯ
ނެހެރޫ
09 July 2024
މަޑުކޮށްބަލަ. މަ ހީކުރީ މޫސަ އުޅެނީ ރ.ޔާމީން ޕާރޓީގަ ކަމަށް. އެހެން ނޫން ތަ ވީކީ. އޭރު މޑޕ އިން ބޭރުކޮށްލީމަ ގޮސް ވަނީ ޔާމީނު ޕާރޓީ އަށްށެނު؟؟