11 ޖުލައި 2024 - 13:55
"އައި ރަނާސް"އިން އިންތިޒާމްކުރާ "މޯލްޑިވްސް ހާފް މެރަތަން 2024"ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ސޮއިކޮށްފި އެވެ.
ޓްރީ ޓޮޕްއިން ބުނީ މި ޕާޓްނާޝިޕްގެ ދަށުން، ދުވުން އޮންނަ ދުވަހު ސިއްހީ ހިދުމަތާއި ފަސްޓް އެއިޑް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ދަށުން އިއްޔެ އޮތް މޯލްޑިވްސް ހާފް މެރަތަން އެކްސްޕޯގައި ދުވުންތެރިންނަށް ހިލޭ ބޭސިކް ހެލްތު ޗެކަޕްގެ ހިދުމަތް ދިން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކޮށް "ހެލްތީ ލައިފްސްޓައިލް" ޕްރޮމޯޓް ކުރާ މިފަދަ ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މަރުހަބާ ކިޔާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން އެއްބާރުލުންދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މޯލްޑިވްސް ހާފް މެރަތަންއަކީ "އައި ރަނާސް"ގެ ފަރާތުން މުޖުތަމައުގައި ސިއްހީ ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ ދުވުމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މީގެ ކުރިން ވެސް ރާއްޖޭގެ މަޝްހޫރު ދުވުންތަކާއި، އިޖުތިމާއީ އެކި ހަރަކާތްތަކަށް ފަސްޓް އެއިޑް އަދި މެޑިކަލް ސަޕޯޓް ވަނީ ފޯރުކޮށްދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy