ވިޔަފާރި / އެމްޕީއެލް

އެމްޕީއެލްގެ ހަރަދުތައް މިހާރު ވެސް ފަސް ޕަސެންޓު ކުޑަކޮށްފިން، އަމާޒަކީ އެ އަދަދު ދެ ގުނަ ކުރުން: ވަޖީހު

11 ޖުލައި 2024 - 15:32

1 comments

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހިންގުމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާރު ވެސް އެ ކުންފުނީގެ ހަރަދުތައް ފަސް ޕަސެންޓު ކުޑަކޮށްފައިވާ ކަމަށާއި އަމާޒަކީ މުސްތަގުބަލުގައި އެ އަދަދު 10 ޕަސެންޓަށް އިތުރު ކުރުން ކަމަށް ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މި ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވަޖީހު ވިދާޅުވީ، އެމްޕީއެލް ހިންގުމާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވެވަޑައިގެންނެވިއިރު، ކުންފުނީގެ ދަރަނި ހުރީ 383 މިލިއަން ރުފިޔާގައި ކަމަށެވެ.

"އަޅުގަނޑު ފުރަތަމަ ދުވަހު ވެސް ކުންފުނީގެ ވެރިންނާ ބައްދަލުކޮށް ދެންނެވިން، ހިނގާށޭ އެއް އަތުން ގަދަޔަށް މަސައްކަތް ކުރަން އާމްދަނީ އިތުރު ކުރަން. އަނެއް އަތުން އުޅޭށޭ ހަރަދުތައް ކުޑަކުރަން،" ވަޖީހު ވިދާޅުވި އެވެ.

އޭގެ ފަހުން ކޮންމެ މަހަކު ވެސް ހަރަދު ކުޑަކުރުމުގެ ކަންކަން ވަރަށް ގާތުން ބެއްލެވި ކަމަށާއި ފާއިތުވި ހަ މަހެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ ހަރަދުތައް އެވަރެޖުކޮށް ފަސް ޕަސެންޓު ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި، ގައުމުގެ މާލީ ހާލަތު މިވަގުތު ހުރި ގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ވެސް ކުޑަކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމްޕީއެލްގެ ހަރަދުތައް އެ އަށް ވުރެ ވެސް ކުޑަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އަދި އިތުރު ފަސް ޕަސެންޓު އިތުރުކޮށްލައި، 10 ޕަސެންޓުން ހަރަދުތައް ކުޑަކޮށްލުން،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ފުރަތަމަ ދުވަހު ވެސް ކުންފުނީގެ ވެރިންނާ ބައްދަލުކޮށް ދެންނެވިން، ހިނގާށޭ އެއް އަތުން ގަދަޔަށް މަސައްކަތް ކުރަން އާމްދަނީ އިތުރު ކުރަން. އަނެއް އަތުން އުޅޭށޭ ހަރަދުތައް ކުޑަކުރަން،"--- ވަޖީހު

ހަރަދުތައް ކުޑަކުރުމާ އެކު، ވަޖީހު ވިދާޅުވި ގޮތުގައި، އެމްޕީއެލް އަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ވެސް ހޯދައި، ބައެއް ކަންކަމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

އޭގެ ތެރޭގައި، ތިލަފުށީގައި ބޯޓު ޔާޑަކާއި ފަންނީ ތަމްރީނު ދޭ މަރުކަޒެއް ގާއިމުކުރުމާއި ބޮންޑެޑް ވެއާހައުސްގެ ކެޕޭސިޓީ އިތުރުކުރުމާއި އަދި ސީ ޓު އެއާ ކާގޯގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު މިދިޔަ ހޯމަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މީގެ އިތުރުން، ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އަންނަ މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ބަންކަރިންގެ ހިދުމަތާ އެކު، ރާއްޖޭގެ އުތުރަށް ގެންނަ އާ ހިދުމަތްތަކުގެ ތެރޭގައި އުލިގަމުގައި ޔޮޓު މެރީނާއެއް ގާއިމުކުރުމަށް އެ ކުންފުނިން ވިސްނާފައިވާ ކަމަށެވެ.

ޔޮޓު މެރީނާ ހެދުމަށް އޭނާ ވިދާޅުވި ގޮތުގައި މިހާރު ތުރުކީ އަދި ޗައިނާގެ ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އެކަމަކު ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ބޭރުގެ ބަޔަކު މި މެރީނާ ތަރައްގީ ކުރިޔަސް، ތަން ހިންގާނީ އެމްޕީއެލް އިން ކަމަށް ވަޖީހް ވިދާޅުވި އެވެ. އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިންގެ މަޝްރޫއުގެ ތެރެއިން ވެސް އެމްޕީއެލް އަށް އާމްދަނީ އިތުރު ކުރެވޭނެ މަގުތައް ތަނަވަސް ކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާމްދަނީ

11 July 2024

ހަރަދާއި އެއްވަރަށް އާމްދަނީ ވެއްދުން އެއީ މަސައްކަތަކަށް ވާން ވީ ކަމަކީ.. ކޮންމެ މީހަކަށް ވެސް ހަރަދު ކުނޑަ ކުރެވިދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454